ވީއޭއެމް ކަޕް ވިމެންސް: ސެމީގެ ފުރަތަމަ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ

Sep 2, 2026, 11:19 PM
ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މި ފަހަރު ވެމްކޯ އިން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މި ފަހަރު ވެމްކޯ އިން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ހޯދައިފި އެވެ. 

ވެމްކޯ އިން ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީގައި އެ ޓީމުން ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ކްލަބް އެމްޓީސީސީއާ ދެކޮޅަށް ކުޅެ، ވެމްކޯ އިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުގައި، ވެމްކޯ އިން ވަނީ މިރޭ ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ) އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން، މިއަދު ހަވީރު އެމްޓީސީސީން ވަނީ ރާއްޖެ ވޮލީބޯލް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. 

ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ގްރޫޕް ބީގެ ތާވަލުގެ ކުރީގައި އޮތީ ހަ ޕޮއިންޓާ އެކު ވެމްކޯ އެވެ. ދެ ވަނައިގައި އޮތް އެމްޓީސީސީ އާއި ތިން ވަަނައިގައި އޮތް ޖީޖީ ސްޕޯޓްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ރާއްޖެ ވޮލީބޯލް ކްލަބުން ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ. 

މި ގްރޫޕްގެ ފަހު މެޗުތައް ހުކުރު ދުވަހު އޮތްއިރު، ހަވީރު ކުޅޭ މެޗުގައި ވެމްކޯ އިން ކުޅޭނީ ރާއްޖެ ވޮލީބޯލް ކްލަބާ އެވެ. އެރޭ ކުޅޭ މެޗުގައި، އެމްޓީސީސީން ބައްދަލުކުރާނީ ޖީޖީ ސްޕޯޓްސްއާ އެެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕުން ސެމީގެ ދެ ވަނަ ޖާގަ ލިބޭނެ އެވެ. 

ވެމްކޯ އިން ޖީޖީ އަތުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 25-12، 25-06 އަދި 25-20 އިންނެވެ. މުޅި މެޗަށް ބަލާއިރު، ވެމްކޯ އިން ކޮންޓްރޯލް ނަގައިގެން ކުޅެ، މެޗު ޑޮމިނޭޓްކުރި އެވެ. އަދި، ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނެވެ. 

ފުރަަތަމަ މެޗުން ބަލިވެފައި އޮތުމުން، އެމްޓީސީސީން މިއަދުގެ މެޗަށް ނުކުމެ، ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރި އެވެ. އެމްޓީސީސީން ރާއްޖެ ވޮލީބޯލް ކްލަބަށް އެއްވެސް ފުރުސަތެއް ނުދީ މެޗުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 25-08، 25-11 އަދި 25-18 އިންނެވެ. 

މުބާރާތުގައި މާދަމާ އޮތީ ގްރޫޕް އޭގެ ފަހު މެޗުތަކެވެ. އެ ގޮތުން، ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ރަނަރަޕް، ޕޮލިސް ކްލަބުން ކުޅޭނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ އެވެ. އަދި، މާދަމާރޭ ކުޅޭ މެޗުގައި، ހުރާ ކޮމިއުނިޓީ ކްލަބުން ސިޓީ ފްރެންޑްސް ކްލަބާ ކުޅޭނެ އެވެ. 

މި ނަތީޖާތަކަށް ބަލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ހުރާ އެވެ. ދެ ވަނައިގައި އޮތް ޕޮލިހާއި ތިން ވަނައިގައި އޮތް ސިޓީ ފްރެންޑްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. 

މި ގްރޫޕުން ސެމީގެ ފުރުސަތު އެންމެ ބޮޑީ ހުރާ އަށެވެ. ސިޓީ ފްރެންޑްސް އަތުން ފަސް ސެޓަށް ގޮސްގެން ބަލިވިޔަސް، ހުރާ އަށް ސެމީގެ ޖާގަ ލިބޭނެ އެވެ. 

މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކުޅުނީ ޕޮލިހާއި ވެމްކޯ އެެވެ. ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ވެމްކޯ އިން ވަނީ ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox