ވީއޭއެމް ކަޕް ވިމެންސް: ޗެމްޕިއަން ވެމްކޯ ފެށީ ގަދަކޮށް، ޖީޖީ އަށް މޮޅެއް

Sep 1, 2026, 9:05 AM
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ކްލަބް ވެމްކޯ އާއި ކްލަބް އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ކްލަބް ވެމްކޯ އާއި ކްލަބް އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) އަންހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަަތަމަ މެޗުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ. 

އަށް ޓީމު ވާދަކުރާ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރާއި ރޭ ކުޅުނީ ގްރޫޕް ބީގެ މެޗުތަކެވެ. އެ ގޮތުން، ވެމްކޯ އިން އިއްޔެ ހަވީރު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ކްލަބް އެމްޓީސީސީ އަތުން މޮޅުވިއިރު، ރާއްޖެ ވޮލީބޯލް ކްލަބް އަތުން ރޭ ކުޅުނު މެޗުގައި ގުޑް ގޭމްސް ސްޕޯޓްސް ކްލަބް (ޖީޖީ ސްޕޯޓްސް ކްލަބް) ވަނީ ކުރިހޯދައިފަ އެވެ. ޖީޖީ ސްޕޯޓްސް ކްލަބުން މި މެޗުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. 

ކްލަބް އެމްޓީސީސީ އަށް އެއްވެސް ފުރުސަތެއް ނުދީ ކްލަބް ވެމްކޯ އިން އިއްޔެގެ މެޗުގައި މޮޅުވިއިރު، މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ ވެސް ނިސްބަތުން ބަލާއިރު ރަނގަޅު ލީޑަކާ އެކު އެވެ. އެ ގޮތުން، ވެމްކޯ އިން ފުރަތަމަ ދެ ސެޓު، 25-14، 25-14 އިން ގެންގޮސް މެޗުގެ ކޮންޓްރޯލް ނެގި އެވެ. ކްލަބް އެމްޓީސީސީން މުޅި މެޗަށް ބަލާއިރު، ތިން ވަނަ ސެޓުގައި ރަނގަޅު ފައިޓެއް ދިނެވެ. އެ ގޮތުން، މި ސެޓުން އެމްޓީސީސީގެ މައްޗަށް ވެމްކޯ އަށް ކުރިހޯދުނީ 28-26 އިންނެވެ. ވެމްކޯ ޓީމުގައި އިއްޔެގެ މެޗުގައި ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރުގެ އިތުރުން، ދެން ހިމެނޭ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ނަރީމާ އިދުރީސް (ނަންނި) އާއި އައިޝަތު މާޖިދާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. 

މި ގްރޫޕްގެ އަނެއް މެޗުން، ޖީޖީ ސްޕޯޓްސް އިން ވަނީ 25-14، 25-20 އަދި 25-10 އިން ސެޓުތައް ގެންގޮސް، ރާއްޖެ ވޮލީބޯލް ކްލަބް ބަލިކޮށްފަ އެވެ. 

މުބާރާތުގައި މިއަދު ކުރިއަށްދާނީ ގްރޫޕް އޭގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބުން ކުޅޭނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ އެވެ. އަދި، މިރޭ ކުޅޭ މެޗުގައި، ޕޮލިސް ކްލަބުން ވާދަކުރާނީ ސިޓީ ފްރެންޑްސް ކްލަބާ އެވެ. ހުރާ އާއި ސިޓީ ފްރެންޑްސް އިން ވަނީ މި ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. 

މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކުޅުނީ ޕޮލިހާއި ވެމްކޯ އެެވެ. ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ވެމްކޯ އިން ވަނީ ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލައިފަ އެވެ.  ޕޮލުހުން މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި، ސިޓީ ފްރެންޑްސް އަތުން ނަތީޖާ ނެރެންޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox