ތަށި ދިފާއުކުރަން ނުކުތް ސިފައިން ކައިރިން ބަދަލުހިފައި އެމްޓީސީސީން ވީއޭއެމް ކަޕް ޗެމްޕިއަންކަން ހޯދައިފި

Aug 21, 2026, 1:44 AM
ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް އެމްޓީސީން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް އެމްޓީސީން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ތަށި ދިފާއުކުރަން ނުކުތް ދިވެހި ސިފައިންގެ ކްލަބް ކައިރިން ބަދަލުހިފައި ކްލަބް އެމްޓީސީސީން ވޮލީބޯލް އެސޯސިއޭޝަން ކަޕް  (ވީއޭއެމް ކަޕް) ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި  އެވެ. 

މެޗަކުން ބަލިނުވެ، މިދިޔަ އަހަރުގެ ޗެމްޕިއަން، ސިފައިން މި ފަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލާ ހަމައަށް ދަތުރުކުރިއިރު، ގްރޫޕް ސްޓޭޖުގައި އެމްޓީސީސީ އަތުން ސީދާ ތިން ސެޓުން މޮޅުވި އެވެ. އެކަމަކު، ފައިނަލް މެޗުގައި އެމްޓީސީސީން ސިފައިންގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ތަށި މި އުފުލާލީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަނުން ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި އެމްޓީސީސީން ވަނީ، 2024 ވަނަ އަހަރުގެ ވީއޭއެމް ކަޕްގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އަތުން މޮޅުވެފަ އެވެ. 

ޒުވާނުންގެ މަަރުކަޒުގައި މިރޭ ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސޓުގައި ވެސް އެމްޓީސީސީން އެ ޓީމުގެ ތަފާތު ހިތްވަރު ދެއްކި އެވެ. އެ ގޮތުން، ސެޓުގެ އެންމެ މުހިންމު ހިސާބުގައި ޓީމު ވޯކުގެ ތަފާތު ދައްކައި، 25-23 އިން ސެޓު ގެންގޮސް އިތުބާރު ހޯދި އެވެ. އެމްޓީސީސީ ޓީމުގައި ހިމެނޭ ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ މުރީލޯ އާއި ޖޮނަސްގެ ބޭނުން އެ ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) މެޗަކަށް ފަހު މެޗެއް ރަނގަޅަށް ހިފަމުންދިޔަ އެވެ. އެމްޓީސީސީގެ ކެޕްޓަނަކީ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް)، އޭނާ އާއި މުހައްމަދު އަހުސަންގެ ރަނގަޅު މަސައްކަތުން، އެމްޓީސީސީން މުހިންމު ޕޮއިންޓްތަކެއް ހޯދައި، ދެ ވަނަ ސެޓު، 25-20 އިން ގެންގޮސް އިތުބާރު ބޮޑުކުރި އެެވެ. 

ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް އެމްޓީސީން މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް އެމްޓީސީން މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ފުރަތަމަ ދެ ސެޓު ގެއްލުމާ އެކު، ސިފައިންގެ ޓީމުން ތިން ވަނަ ސެޓުގައި ފަރުވާ ބަހައްޓައިގެން ކުޅުނެވެ. ނަތީޖާ އަކަށްވީ، މި ސެޓުގެ ފަހު ކޮޅުގައި، އެ ޓީމަށް މުހިންމު ވަގުތުުގަައި އިތުބާރާ އެކު ކުޅެވުމެވެ.  މި ސެޓުގައި، 23-23 އިން ވެސް އެއްވަރުވެފައި އޮއްވައި، ސިފައިންގެ ކޯޗު، ޖުނައިދު އަބްދުﷲ (މާމަ) ވަނީ ޓައިމް އައުޓެއް ނަގައިފަ އެެވެ. އެ އަށް ފަހު، ސިފައިންގެ އިންޑިއާ ކުޅުންތެރިޔާ، ނަވީދު ހާން އެ ޓީމަށް، ސެޓު ހޯދައިދޭން ޕޮއިންޓަކާ ކައިރިއަށް ގެންގޮސްދިނުމުން، އެމްޓީސީސީން ޓައިމްއައުޓެއް ނެގި އެވެ. އެކަމަކު، އެ ވަގުތަށްފަހު ކުޅެން އަރައި، ސާވިސް އަކުން ނަވީދު ހޯދި ޕޮއިންޓާ އެކު، ސެޓު، 23-25 އިން ގެންގޮސް، ސިފައިން އުންމީދެއް ހޯދި އެވެ. 

ހަަތަރު ވަނަ ސެޓު ފަށައިގެން، ސިފައިން ލީޑެއް ނެގި ނަމަވެސް، އެމްޓީސީސީން ރަނގަޅަށް ފަހަތުގައި ވިއްދައިގެން ކުޅުނެވެ. ސެޓުގެ ފަހު ޕޮއިންޓާ ހަމައަށް ދިޔައީ ވަރަށް ވާންކޮށެވެ. ދެ ޓީމަށް ވެސް މި ސެޓު ހޯދަން ފުރުސަތު ލިބިގެންދިޔަ ނަމަވެސް ބޭނުންކުރެވޭ ގޮތެއްނުވި އެވެ. މި ސެޓު، 30-30 އިން އެއްވަރުވެފައިވަނިކޮށް، އެމްޓީސީސީގެ ރަނގަޅު ޑިފެންސިވް މަސައްކަތަކަށް ފަހު، ސިފައިންގެ ނަވީދު ފޮނުވާލި ބޯޅައެއް ބޭރަށް ދިއުމާ އެކު، އެމްޓީސީސީ އަށް ޕޮއިންޓް ލިބި ލީޑެއް ލިބުނެވެ. މި ފަހަރު ސެޓު ނިންމަން ލިބިފައި އޮތް ފުރުސަތުގައި، ބޭނުންނުހިފުނީ، ނަވީދު ޕޮއިންޓެއް ހޯދައިދީ، 31-31 އިން އެއްވަރުކޮށްދިނުމުންނެވެ. އެކަމަކު، އޭގެ ފަހުން، އެމްޓީސީސީން ގާތްގާތުގައި ދެ ޕޮއިންޓް ހޯދައި، 33-31 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ. މި ދެ ޕޮއިންޓް ވެސް ހޯދައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ، މުރީލޯ އެވެ. ފަހު ބޯޅަ ނިންމާލީ ޖަމްޕް ސާވިސް އަކުން ހޯދި ޕޮއިންޓަކުންނެވެ. 

ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނާއި މޮޅު ކޯޗު ބޮޑޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ވީއޭއެމް ކަޕް 2026ގެ ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނާއި މޮޅު ކޯޗު ބޮޑޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، އެމްޓީސީސީގެ އަހުސަން، ހުސެއިން ޔޫސުފް (ޓޯއި)، ބަޓިސް، ސިފައިންގެ ހުސެއިން ރައްޒާން އާއި މުހައްމަދު މިމްރާހް ހަސަން (މިންމި) ، ލަޔަންސްގެ އަލީ ހުޒާމް (ހުޒަންޓެ) އަދި ކްލަބް އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް، އެމްޓީސީސީގެ ނަވީން ފައިސަލް އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އެމްޓީސީސީގެ ޖޮނަސް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ބޮޑޭ އެވެ. އަދި، އެންމެ މޮޅު ކުޅުންތެރިއަކީ އެމްޓީސީސީގެ އަހުސަން އެެެވެ. 

މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، ފަސް ސެޓަށް ކުޅެގެން އެޗްޑީސީ 3-2 އިން ބަލިކޮށް ލަޔަންސް ރެކްރިއޭޝަން ކްލަބުން ކާމިޔާބު ހޯދި އެވެ. މެޗުގެ ސެޓުތައް ދިޔައީ، 22-25، 17-25، 25-18، 25-16 އަދި 12-15 އިންނެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗުގައި ފަސް ސެޓަށް ގޮސްގެން ކުރިހޯދީ އެޗްޑީސީންނެވެ. އެކަމަކު، ތިން ވަނަ ހޮވި މެޗުގައި ލަޔަންސް އިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox