ވީއޭއެމް ކަޕް ފައިނަލުގައި ސިފައިންނާ ދެކޮޅަށް ނުކުންނާނީ އެޗްޑީސީ ކަޓުވާލި އެމްޓީސީސީ

Aug 20, 2026, 1:25 AM
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން: އެމްޓީސީސީގެ އަހްސަން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން: އެމްޓީސީސީގެ އަހްސަން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ ފިރިހެން ޑިވިޝަނުގެ ފަައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ކްލަބް އެމްޓީސީސީއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ. 

އެމްޓީސީސީ އާއި ސިފައިން ވާދަކުރީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް މެޗުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން އެމްޓީސީ ބަލިކޮށްފަ އެވެ. އެކަމަކު، ސެމީ ފައިނަލް މެޗުގައި ގްރޫޕް އޭގެ އެއް ވަނަ ހޯދި ކްލަބް އެޗްޑީސީއާ ދެކޮޅަށް ފެނުނީ ވަރުގަދަ ރޫހެއްގައި އޮތް އެމްޓީސީސީ އެކެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، އެޗްޑީސީ އަތުން ފަހަތުން އަރައި އެމްޓީސީސީން ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި، ލަޔަންސް ރެކްރިއޭޝަން ކްލަބް އަތުން ސިފައިން މޮޅުވީ ވެސް ފަހަތުން އަރައި 3-1 ސެޓުންނެވެ. 

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި އެޗްޑީސީން ސެމީ ފެށީ ރަނގަޅަށެވެ. މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)ގެ ކޯޗުކަމުގައި ވީއޭއެމް ކަޕްގައި ކުޅޭ އެޗްޑީސީން ވަނީ ފުރަަތަމަ ސެޓު، 25-20 އިން ގެންގޮސްފަ އެވެ. އެކަމަކު، އެމްޓީސީސީ ޓީމުގައި ތިބި ބްރެޒިލްގެ ދެ  ކުޅުންތެރިން ކަމަށްވާ މުރީލޯ އާއި ޖޮނަސްގެ ތަފާތާ އެކު، އެ ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ރަނގަޅު މަސައްކަތްތަކެއްކޮށް، ދިވެހި ކުޅުންތެރިންގެ ހިތްވަރާ އެކު މެޗު އަނބުރާލީ އެވެ. އެމްޓީސީސީގެ ކެޕްޓަނަކީ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ. 

އެމްޓީސީސީން ސެޓުތައް ގެންދިޔައީ، 21-25، 18-25 އަދި 21-25 އިންނެވެ. 

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން: ސިފައިންގެ ފައިރޫޒް އާއި ނަވީދު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން: ސިފައިންގެ ފައިރޫޒް އާއި ނަވީދު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސެމީ ފައިނަލް ދެ ވަަނަ މެޗުގައި، ސިފައިން ވަނީ ފަަހަތުން އަރައި ލަޔަންސް ބަލިކޮށްފަ އެވެ. އަލީ ހުޒާމް (ހުޒަންޓެ)ގެ ކެޕްޓަންކަމުގައި ކުޅޭ ލަޔަންސް އިން ފުރަތަމަ ސެޓު، 19-25 އިން ގެންދިޔަ އެވެ. އެކަމަކު، ފުރަތަމަ ސެޓުގައި ލަޔަންސް އިން އެ ދެއްކި ކުޅުން ދެ ވަނަ ސެޓުަގައި ތަފާތު ނުކުރެވުނީ، ސިފައިން ރަނގަޅު ފޯމެއްގައި ކުޅެލުމުންނެވެ. ސިފައިން ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 25-23، 25-19 އަދި 25-23 އިންނެވެ. 

ސިފައިންގެ ޓީމުގައި ހިމެނޭ ބްރެޒިލްގެ ލުއިސް ފިލީޕޭ އާއި އިންޑިއާގެ ނަވީދު ހާންގެ ބޭނުން އެ ޓީމުގެ ކޯޗު، ޖުނައިދު އަބްދުﷲ (މާމަ) ވަނީ ރަނގަޅަށް ހިފައިފަ އެެވެ. އަދި، ދިވެހި ކުޅުންތެރިންނަށް ބަލާއިރު، ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު)، އާދަމް ނަަސީމް (އެޑަމް)، ހުސެއިން ރަޒާން އަދި އާދަމް ފައިރޫޒް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. 

މުބާރާތުގައި މާދަމާ ހަވީރު، 16:00 ގައި ފަށާ ތިން ވަނަ ހޮވާ މެޗުގައި، ލަޔަންސް އިން ކުޅޭނީ އެޗްޑީސީއާ އެެވެ. އަދި، މާދަމާރޭ 20:30 ގައި ފަށާ ފައިނަލުގައި އެމްޓީސީސީ އާއި ސިފައިން ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox