ކްލަބް އެޗްޑީސީ އާއި ސިފައިންނަށް ވީއޭއެމް ކަޕްގެ ގްރޫޕްގެ އެއް ވަނަ

Aug 18, 2026, 9:26 AM
ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ރޭ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެމްޓީސީސީ ކުޅުނު މެޗުގެ ތެރެެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ރޭ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެމްޓީސީސީ ކުޅުނު މެޗުގެ ތެރެެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެޗްޑީސީން، ގްރޫޕް އެއް ވަނައިގެ ގޮތުގައި ސެމީ ފައިނަލުގައި ކުޅެން ތައްޔާރުވެއްޖެ އެވެ. 

އެ ގޮތުން، މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނަ އެޗްޑީސީން ވާދަކުރާނީ ގްރޫޕް ބީގެ ދެ ވަނަ ކްލަބް އެމްޓީސީސީއާ އެވެ. އަދި، ގްރޫޕް ބީގެ އެއް ވަނަ ސިފައިން ނުކުންނާނީ ގްރޫޕް އޭގެ ދެ ވަަނަ ޓީމު ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. 

މުބާރާތުގައި އިއްޔެ ހަވީރު ކުޅެފައިވަނީ، ގްރޫޕް އޭގެ ފަހު މެޗެވެ. ޔުނައިޓެޑް ހެންވޭރިއަންސް އަތުން އެޗްޑީސީ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ، 25-19، 25-11 އަދި 25-18 އިންނެވެ. 

މުބާރާތުގައި ރޭ ކުޅެފައިވަނީ، ގްރޫޕް ބީގެ ފަހު މެޗެވެ. މި މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ގްރޫޕް ބީގެ އެއް ވަނަ ލިބޭ ގޮތަށް އޮތްއިރު، ސިފައިން ވަނީ އެމްޓީސީސީ އަށް އެއްވެސް ފުރުސަތެއް ނުދީ މެޗުން މޮޅުވެފަ އެެވެ. ސިފައިންގެ ޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 25-21، 25-16 އަދި 25-21 އިންނެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތަކަށް ފަހު، ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހަވީރާއި ރޭގަނޑެވެ. 

މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ފައިނަލުގައި ތަށި ދިފާއުކުރަން ނުކުތް، ކްލަބް އެޗްޑީސީ ބަލިކޮށް،  ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދީ 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 26-24، 23-25، 22-25، 25-20، 15-10 އިންނެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox