ވީއޭއެމް ކަޕް ވިމެންސް: ފުރަތަމަ މޮޅު ހުރާ އާއި ސިޓީ ފްރެންޑްސަށް

Aug 31, 2026, 10:24 AM
ހުރާ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން.

ހުރާ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން.

އިއްޔެ ފެށި ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) އަންހެން ޑިވިޝަންގެ ފުރަތަަމަ މެޗުތަކުން ސިޓީ ފްރެންޑްސް ކްލަބް އާއި ހުރާ ކޮމިއުނިޓީ ކްލަބް މޮޅުވެއްޖެ އެވެ.

ޖުމްލަ އެކު އަށް ޓީމު ވާދަކުރާ ވީއޭއެމް ކަޕް އަންހެން ޑިވިޝަން ކުރިއަށްދަނީ އެންމެ ފުރަތަމަ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖެކެވެ. އެ އަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދިއުމަށް ފަހު، އޭގެ ފަހުން ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭ ގޮތަށެވެ. 

ގްރޫޕް އޭގައި ހިމެނެނީ، ޕޮލިސް ކްލަބް، ހުރާ ކޮމިއުނިޓީ ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ސިޓީ ފްރެންޑްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ، ކްލަބް ވެމްކޯ، ކްލަބް އެމްޓީސީސީ، ރާއްޖެ ވޮލީބޯލް ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް ކްލަބް (ޖީޖީ ސްޕޯޓްސް ކްލަބް) އެވެ. 

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗެވެ.

އެ ގޮތުން، ފުރަތަމަ މެޗުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ސިޓީ ފްރެންޑްސް ކްލަބް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ، 25-21، 25-22 އަދި 25-21 އިންނެވެ. ދެ ވަނަ މެޗުގައި، ޕޮލިސް ކްލަބް އަތުން ހުރާ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، 14-25، 23-25 އިން ގެންގޮސް މެޗުގެ ކޮންޓްރޯލް ހޯދި އެވެ. ތިން ވަނަ ސެޓު ފޯރިގަދަކޮށްދިޔައިރު، ޕޮލިހުން 29-27 އިން މި ސެޓު ގެންދިޔަ އެވެ. އެހެން ނަމަވެސް، އެ ފޯމުގައި ދެން އައި ސެޓުގައި ޕޮލިހުންނަށް ނުކުޅެވުނެވެ. ހުރާ އަލުން ރަނގަޅު ފޯމުގައި ކުޅެ، 23-25 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

މުބާރާތުގައި މިއަދާއި މިރޭ އޮތީ ގްރޫޕް ބީގެ މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ވެމްކޯ އިން ކުޅެނީ ކްލަބް އެމްޓީސީސީއާ އެވެ. އަދި، މިރޭ ކުޅޭ މެޗުގައި ރާއްޖެ ވޮލީބޯލް ކްލަބުން ނުކުންނާނީ ޖީޖީ ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ. 

މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކުޅުނީ ޕޮލިހާއި ވެމްކޯ އެެވެ. ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ވެމްކޯ އިން ވަނީ ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox