ވީއޭއެމް ކަޕް ވިމެންސް: ހުރާ ސެމީއާ ގާތަށް، ޕޮޮލިހަށް ފުރަތަމަ މޮޅު

Sep 2, 2026, 10:10 AM
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ހުރާ އިން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް / ފޭސްބުކް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ހުރާ އިން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް / ފޭސްބުކް

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) އަންހެން ޑިވިޝަންގެ ސެމީ ފައިނަލާ ގާތަށް ހުރާ ކޮމިއުނިޓީ ކްލަބުން ޖެހިލިއިރު، ޕޮލިސް ކްލަބުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

ގްރޫޕް އޭގެ ހަތަރު ޓީމުގެ ދެ ވަނަ މެޗުތައް އިއްޔެ ކުރިއަށްދިޔަ އެވެ. އެ ގޮތުން، އިއްޔެ ހަވީރު ކުޅުނު މެޗުން، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ހުރާ މޮޅުވީ 3-1 ސެޓުންނެވެ. އަދި، ރޭ ކުުޅުނު މެޗުން ސިޓީ ފްރެންޑްސް ކްލަބް އަތުން ޕޮލިސް މޮޅުވީ 3-0 ސެޓުންނެވެ. 

މި ނަތީޖާތަކަށް ބަލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ހުރާ އެވެ. ދެ ވަނައިގައި އޮތް ޕޮލިހާއި ތިން ވަނައިގައި އޮތް ސިޓީ ފްރެންޑްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. 

މި ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، މާދަމާ ހަވީރު ޕޮލިހުން ކުޅޭނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ އެވެ. އަދި، މާދަމާރޭ ހުރާ އިން ކުޅެނީ ސިޓީ ފްރެންޑްސް ކްލަބާ އެވެ. ސިޓީ ފްރެންޑްސް އަތުން ފަސް ސެޓަށް ގޮސްގެން ބަލިވިޔަސް، ހުރާ އަށް ސެމީގެ ޖާގަ ލިބޭނެ އެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ހުރާ އިން މޮޅުވީ ފަހަތުން އަރަ އެވެ. ފުރަތަމަ ސެޓު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އިން 23-25 އިން ގެންދިޔަ އެވެ. އެކަމަކު، ހުރާ އިން ވަނީ ދެން ކުޅުނު ތިން ސެޓު، 25-22، 25-17 އަދި 25-19 އިން ގެންގޮސްފަ މެޗުން މޮޅުވެފަ އެވެ. 

ރޭގެ މެޗުގައި ޕޮލިހުން ސިޓީ ފްރެންޑްސް ކްލަބް ބަލިކުރިއިރު، ސެޓުތައް ގެންދިޔައީ، 26-24، 25-16 އަދި 25-23 އެވެ. 

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ކްލަބް އެމްޓީސީސީން ބައްދަލުކުރާނީ ރާއްޖެ ވޮލީބޯލް ކްލަބާ އެވެ. އަދި، މިރޭ ކްލަބް ވެމްކޯ އިން ބައްދަލުކުރާނީ ގުޑް ގޭމް ސްޕޯޓްސް (ޖީޖީ ސްޕޯޓްސް)އާ އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުތަކުން މޮޅުވީ، އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އާއި ޖީޖީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox