ޕޮލިސް ކްލަބް ބަލިކޮށް ލަޔަންސް ވީއޭއެމް ކަޕް ސެމީ އަށް

Aug 17, 2026, 10:57 AM
ވީއޭއެމް ކަޕްގައި ޕޮލިހާއި ލަޔަންސް ކުޅުނު މެޗުގެ ތެރެއިން: ލަޔަންސް ޓީމުގެ ޝާއިންޓެ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ވީއޭއެމް ކަޕްގައި ޕޮލިހާއި ލަޔަންސް ކުޅުނު މެޗުގެ ތެރެއިން: ލަޔަންސް ޓީމުގެ ޝާއިންޓެ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ޕޮލިސް ކްލަބް ބަލިކޮށް ލަޔަންސް ރެކްރިއޭޝަން ކްލަބުން މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ސީދާ ތިން ސެޓުން ޕޮލިސް އަތުން ލަޔަންސް މޮޅުވި ނަތީޖާއާ އެކު، މި ގްރޫޕުން ކްލަބް އެޗްޑީސީން ވެސް ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ. 

އަށް ޓީމު ވާދަކުރާ އެސޯސިއޭޝަން ކަޕްގެ ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލަޔަންސް މި ވަގުތު އޮތީ އެއް ވަނައިގަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ފަސް ޕޮއިންޓް ހޯދި ކްލަބް އެޗްޑީސީ އެވެ. ތިން ވަނައިގައި އޮތް ޕޮލިސް ކްލަބަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑް ހެންވޭރިއަންސް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. 

މިއަދު ހަވީރު އެޗްޑީސީން ޔުނައިޓެޑް ހެންވޭރިއަންސް ބަލިކޮށްފިނަމަ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި، ސެމީގައި ކުޅެން ޖެހޭނެ އެވެ. 

އިއްޔެ ހަވީރު ކުޅުނު މެޗުގައި ލަޔަންސް އިން ވަނީ ފަސޭހަ ކަމާ އެކު ޕޮލިހުގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗުން މޮޅުވެގެން، ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތް ޕޮލިހަށް ލަޔަންސް ކައިރީގައި އެކަށީގެންވާ މަސައްކަތެއް ވެސް ނުކުރެވި ބަލިވީ އެވެ. ލަޔަންސް އިން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 25-15، 25-22 އަދި 25-20 އިންނެވެ. 

ރޭ ކުރިއަށްދިޔައީ ގްރޫޕް ބީގެ މެޗެކެވެ. މި ގްރޫޕުން ސެމީގެ ދެ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެމްޓީސީސީން ވަނީ ހޯދައިފަ އެވެ. ރޭ ކުޅުނީ މި ގްރޫޕްގެ ފުރަަތަމަ ދެ މެޗުން ބަލިވެފައި އޮތް ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސަން ސްޕޯޓްސް ކްލަބް އެވެ. މި މެޗުން، ދަޑިމަގު ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ދަޑިމަގުން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 25-17، 25-20 އަދި 25-23 އިންނެވެ. 

މުބާރާތުގައި މިއަދާއި މިރޭ ކުޅެން ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެއީ، ގްރޫޕް އޭގައި، މިއަދު ހަވީރު އެޗްޑީސީ އާއި ޔުނައިޓެޑް ހެންވޭރިއަންސް ކުޅޭ މެޗުގެ އިތުރުން، މިރޭ، ގްރޫޕް ބީގައި އެމްޓީސީސީ އާއި ސިފައިން ކުރިމަތިލުމަށް ހަމަޖެހިފައިވާ މެޗެވެ. މި މެޗުތަކަށް ފަހު، ގްރޫޕް އޭ އާއި ގްރޫޕް ބީން ސެމީ އަށް ދާ ޓީމުތަކުގެ ރޭންކްތައް އެނގިގެންދާނެ އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. އަދި، ތިން ވަނަ ހޮވާ މެޗު ބުރާސްފަތި ދުވަހު ހަވީރު ކުޅޭއިރު، ފައިނަލް މެޗު އެ ރޭ ކުޅޭނެ އެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox