ބީއެމްްއެލްއަށް ބޯޑުގެ މެޖޯރިޓީ ލިބޭ ގޮތަށް ހަންކެޑެ ތަރައްގީކުރާ ކުންފުނި އެކުލަވާލައިފި

Aug 30, 2026, 12:52 PM
އައްޑޫގައި ޓޫރިޒަމަށް ހާއްސަކޮށްފައިވާ ހަންކެޑެ: މި ރަށް ތަރައްގީކުރަން ފަށަނީ ކަމަށް ބުނާތާ ދެ އަހަރާ ބައި ވެއްޖެ --- ފޮޓޯ: އިންފްރާސްޓްރަކްޗާ  މިނިސްޓްރީ

އައްޑޫގައި ޓޫރިޒަމަށް ހާއްސަކޮށްފައިވާ ހަންކެޑެ: މި ރަށް ތަރައްގީކުރަން ފަށަނީ ކަމަށް ބުނާތާ ދެ އަހަރާ ބައި ވެއްޖެ --- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

އައްޑޫ އަތޮޅުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލްގެ ދަށުން ތަރައްގީކުރާ ހަންކެޑެ ތަރައްގީކުރަން ހާއްސަކޮށްގެން ސަރުކާރުން އުފެއްދި އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެޖޯރިޓީ އޮންނަ ގޮތަށް އެކުަލަވާލައިފި އެވެ. 

ހަންކެޑެ ތަރައްގީކުރާ ކުންފުންޏަކީ މިދިޔަ މަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ދައުލަތުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގައި ބީއެމްއެލްގެ އެއްވެސް ހިއްސާއެއް ނެތެވެ.

ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބީއެމްއެލްގެ ހިއްސާއެއް ނެތް ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑުގެ ފަސް ޖާގައިގެ ތެރެއިން ތިން ޖާގަ ދީފައި ވަނީ އެ ބޭންކުގައި އިސް މަގާމުތަކުގައި ތިބި މީހުންނެވެ. ބާކީ ތިބި ދެ ބޯޑު މެންބަރުންނަކީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު 

  • އައިޝަތު ޒަމްރާ ޒާހިރު - މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު [ބީއެމްއެލްގެ ޗީފް ކޮމާޝަލް އޮފިސަރު]
  • އަބްދުالله އަތީގު މުހައްމަދު - ބޯޑު މެންބަރު [ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓެއް]
  • ސަހާރު ވަހީދު - ބޯޑު މެންބަރު [ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޗީފް އޮފަރޭޓިން އޮފިސަރު]
  • އަމާން އަލީ - ބޯޑު މެންބަރު [ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން އަދި ކޮމާޝަލް ޕާފޯމަންސް ޑިރެކްޓަރު]
  • ހަދީޖާ މިލްހާ - ބޯޑު މެންބަރު [ފިނޭންސް މިނިސްޓްރީގެ ޑެޓް ފައިނޭންސިން ކޮންސަލްޓަންޓް]

ބީއެމްއެލް އާއި މި ކުންފުންޏާ އޮތް ގުޅުމަތީ ކޮބައިތޯ ސާފުކުރަން އެ ބޭންކުގައި ސުވާލުކުރުމުން ބުނީ ބުނާނެ ވަކި އެއްޗެއް ނެތް ކަމަށެވެ. ފިނޭންސް މިނިސްޓްރީގައި މި ސުވާލުކޮށްގެން އަދި ޖަވާބެއް ނުލިބެ އެވެ.

ހަންކެޑެ ތަރައްގީކުރަން އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދައިފި

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި މުއިއްޒު އުފެއްދެވި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ތަރައްގީކޮށް، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް އެ ސިނާއަތުގެ މަންފާ މުޅި އަތޮޅަށް ފޯރުކޮށްދިނުން.

މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި މިއީ ބީއެމްއެލްއިން ފައިނޭންސްކޮށްގެން ރާއްޖޭގެ ދެ ބިތުގައި ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ދަށުން ކުރި ކަމެކެވެ. މީއީ މީގެ ކުރިން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އިޝާރާތްކުރައްވާފައި ކަމެއް ވެސް މެ އެވެ. 

ޓޫރިޒަމް ސިނާއަތުގައި ބީއެމްއެލްގެ އިންވެސްޓުމަންޓުތައް ފުޅާކުރުމުގެ ގޮތުން މި ފަހުން އެ ބޭންކުން ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކޭތޯ މަސައްކަތްކޮށްފަ އެވެ. އެ ބޭންކުން ވަނީ މިދިޔަ އޭޕްރިލް 29، އިން މެއި 8، ވަނަ ދުވަހާ ދޭތެރޭގައި ސިންގަޕޫރާއި، ހޮންގް ކޮންގް އާއި އިނިގިރޭސިވިލާތުގެ ލަންޑަނުގައި އިންވެސްޓަރުންނާ ބައްދަލުކޮށްފަ އެވެ. މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ. 

ބީއެމްއެލް ބައިވެރިކޮށްގެން ހަންކެޑެ ތަރައްގީކުރަން އުޅޭއިރު، މި ސަރުކާރު އައިންސުރެން މި ތަން ތަރައްގީކުރަން އެތައް ގޮތަކުން މަސައްކަތްކޮށްގެން ވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ. މިހާރު މި ގެންގުޅޭ ޕްލޭނަކީ މި ތަން ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ހަތަރު ވަނަ ޕްލޭނެވެ. 

އެންމެ ފުރަތަމަ މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި މަޝްރޫއު އެ ގޮތަށް ކުރިއަށް ގެންދާށެވެ. އެއީ ބޭންކް އޮފް ޗައިނާއިން ހަމަޖެއްސި 142.9 މިލިއަން ޑޮލަރުގެ ލޯނު ފައިނޭންސިންގެ ދަށުންނެވެ. 

މި ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ފަށަން ކަމަށް ބުނެ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރާއެކު ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. ނަމަވެސް އޭގެ އަހަރެއް ވެގެން ދިޔަ އިރު ވެސް އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެހެން ދުވަސްގަނޑެއް އޮތުމަށް ފަހު، މިދިޔަ އަހަރުގެ ޖޫންގައި ސަރުކާރުން ވަނީ އެމްއެފްއެމްސީން ހަންކެޑެ އަތުލައި، އެ ރަށަކީ ހަލާލު ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މި ޕްލޭނަށް މާ ގިނަ ދުވަސްތަކެއް ނުވެ، ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް ޓޫރިޒަމް ރިއަލް އެސްޓޭޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައެޅި އެވެ. 

އެ ދުވަސްވަރު މުއިއްޒު ވަނީ އައްޑޫއަށް ވަޑައިގެން، ހަންކެޑެ ތަރައްގީކުރަން ތުރުކީގެ ކުންފުންޏަކާއެކީ ވަރަށް އަވަހަށް ސޮއިކޮށް މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. މި ބުނާ ތުރުކީ ކުންފުންޏެއްގެ ހަވާލުގައި ޕްރޮޖެކްޓު ފަށާނެ ކަމަށް ބުނި ނަމަވެސް އެ ކަމެއް ވެސް ކުރިއަށް ނުދެ އެވެ.

އެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި، ސަރުކާރުން ވަނީ މި ތަން އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާންކޮށްފަ އެވެ.  މިހާރު މި ގެންގުޅޭ ދައުލަތުގެ ކުންފުންޏެއްގެ ހަވާލުގައި ހަންކެޑެ ތަރައްގީކުރުމުގެ ޕްލޭނަކީ މި ގޮތަށް ވެސް އިންވެސްޓަރަކު ނުލިބިގެން ސަރުކާރުން ނިންމި ގޮތެވެ. 

މީގެ ދެ އަހަރުކުރިން ފެށި ކަމަށް ބުނި ހަންކެޑެއަށް އާ ޕްލޭނެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އަމީން ވިދާޅުވެއްޖެ

ވަރަށް އަވަހަށް އައު ޕްލޭނެއް އިއުލާނުކުރާނެ ކަމަށް ބުނި ހަންކެޑެއަކީ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.

ހަންކެޑެ ތަރައްގީނުކުރެވި ދިގުލައިގެންދާއިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ވަރަށް އަވަހަށް އިއުލާންކުރެވިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. އަމީން މިހެން ވިދާޅުވިތާ ދެ މަސް ވެގެންދާއިރު، އަދި އެ ބުނާ ޕްލޭނެއް އާންމު ނުކުރެ އެވެ.

ހަންކެޑެގެ އިތުރުން މި ސަރުކާރުން ވަނީ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ގެ ނަމުގައި އައްޑޫ ސިޓިގައި 6،000 އެނދު ތަރައްގީކޮށް، 10،000 ވަޒީފާ އުފެއްދުމުގެ ބޮޑު ޕްލޭނެއް އިއުލާންކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ސީޕްލޭން ހަބެއް ގާއިމުކޮށް، ކަލްޗަރަލް ވިލެޖާއި ވެލްނެސް ޒޯންތަކާއި، މެރިން ޕްރޮޓެކްޓެޑް އޭރިއާތަކާއި، ހޮސްޕިޓާލިޓީ ސްކޫލް ގާއިމުކުރުން ފަދަ ކަންކަން ކުރާނެ ކަމަށް ބުންޏެވެ. 

އައްޑޫ އައްސޭރި ޓޫރިޒަމް ޕްލޭނަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިއުލާންކުރި ކަމެކެވެ. ނަމަވެސް ސަރުކާރުގެ ދައުރުގެ ދެ ބައި ކުޅަ އެއް ބައި ނިމިގެން ދިޔަ އެންމެ އެދެއްގެ މަސައްކަތް ވެސް ނުފެށެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox