ސިފައިންނާއި އެމްޓީސީސީ ވީއޭއެމް ކަޕްގެ ސެމީ އަށް

Aug 16, 2026, 9:05 AM
ސަން ސްޕޯޓްސް ކައިރިން ޕޮއިންޓެއް ހޯދުމަށް ފަހު، ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ،---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސަން ސްޕޯޓްސް ކައިރިން ޕޮއިންޓެއް ހޯދުމަށް ފަހު، ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ،---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)، ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެމްޓީސީސީން ކުޅުުނު ދެ ވަނަ މެޗުތަކުން ވެސް މޮޅުވެ، ބާކީ މެޗެއް އޮއްވައި ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ. 

ޖުމްލަ އަށް ޓީމު ވާދަކުރާ ވީއޭއެމް ކަޕް ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް އެމްޓީސީސީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ސިފައިންގެ އޮތީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ސަން ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު އެމްޓީސީސީން ވަނީ ސީދާ ތިން ސެޓުން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފަ އެވެ. އެމްޓީސީސީން މެޗުގެ ސެޓުތައް ގެންދިޔައީ، 25-17، 25-21 އަދި 25-22 އިންނެވެ. 

މުބާރާތުގައި ރޭ ކުޅުނު މެޗުން ސަން ސްޕޯޓްސް ކްލަބް އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގައި، ދަޑިމަގު ކައިރިން ފަސް ސެޓު ކުޅެގެން މޮޅުވި ސިފައިން ރޭ ސަން ސްޕޯޓްސް ބަލިކުރިއިރު، ސެޓުތައް ގެންދިޔައީ، 25-14، 25-08 އަދި 25-20 އިންނެވެ. 

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. ބައްދަލުކުރާނީ، ޕޮލިސް ކްލަބާއި ލަޔަންސް ސްޕޯޓްސް ކްލަބް އެވެ. މި މެޗުން ލަޔަންސް މޮޅުވެއްޖެނަަމަ، އެ ޓީމާއި ކްލަބް އެޗްޑީސީ އަށް މި ގްރޫޕުން ސެމީ ފައިނަލް ޖާގަ ލިބިގެންދާނެ އެވެ. 

މިރޭ ކުޅޭ މެޗުގައި، ގްރޫޕް ބީން ދަޑިމަގުން ވާދަކުރާނީ ސަން ސްޕޯޓްސް ކްލަބާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ބީން ތިން ވަނަ ލިބޭނެ  އެވެ. 

މުބާރާތުގައި މާދަމާ އޮތީ ދެ ގްރޫޕްގެ ވެސް ފަހު މެޗެވެ. ހަވީރު ކުޅޭ މެޗުގައި ގްރޫޕް އޭ އިން ކްލަބް އެޗްޑީސީ ވާދަކުރާނީ ފުރަތަމަ ދެ މެޗުގައި ބަލިވެފައި އޮތް ޔުނައިޓެޑް ހެންވޭރިއަންސްއާ އެވެ. އަދި، މާދަމާރޭ ކުޅޭ މެޗު ވެގެންދާނީ ގްރޫޕް ބީގެ އެއް ވަނަ ކަނޑައަޅާ މެޗަށެވެ. އެ މެޗުގައި ބައްދަލުކުރާނީ، އެމްޓީސީސީ އާއި ސިފައިން އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. އަދި، ތިން ވަނަ ހޮވާ މެޗު ބުރާސްފަތި ދުވަހު ހަވީރު ކުޅޭއިރު، ފައިނަލް މެޗު އެ ރޭ ކުޅޭނެ އެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox