ރަފީނިއާ އާއި ޔަމާލްގެ ލަނޑުތަކާ އެކު ބާސެލޯނާ އިން ފަހަތުން އަރައި ރަޔޯ ބަލިކޮށްފި

Sep 1, 2026, 8:04 AM
ސްޕެއިންގެ ރަފީނިއާ އާއި ޔަމާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ..

ސްޕެއިންގެ ރަފީނިއާ އާއި ޔަމާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ..

ބާސެލޯނާ (ސެޕްޓެމްބަރު 1) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ އަތުން ފަހަތުން އަރައި 5-2 އިން މޮޅުވެއްޖެ އެވެ. 

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އަލްވާރޯ ގާސިއާ މެޗުގެ 12 ވަނަ މިނިޓްގައި ނަގައިދިން ހުރަހަކަށް އަރައި ސާޖިއޯ ކަމެލޯ ވަނީ ގޯލު ޖަހައި ރަޔޯ ވަޔެކާނޯ އަށް ލީޑުނަގައިދީފަ އެވެ. ބާސެލޯނާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. 

އެ ގޮތުން، މެޗުގެ 19 ވަނަ މިނިޓްގައި ރަޔޯގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ރަފީނިއާ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ރަޔޯ ވަޔެކާނޯ އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ލަމީން ޔަމާލް ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ހަ މިނިޓް ތެރޭ ބާސެލޯނާ އިން އިތުރު ލަނޑެއް ޖަހައި، ލީޑުފުޅާކުރި އެވެ. މިއީ، މެޗުގެ 51 ވަނަ މިނިޓްގައި ބާސެލޯނާގެ އެންތަނީ ގޯޑަން ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަޔޯ ވަޔެކާނޯގެ ފްލޯރިއަން ލެޖުއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލެޖުއިން އާއި ގޯޑަން ވަނީ އެކުގައި މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ. 

ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނެގިތާ އަށް މިނިޓް ފަހުން، މެޗުގެ 59 ވަނަ މިނިޓްގައި ކަމެލޯ ވަނީ ބޮލުން ގޯލެއް ޖަހައި، ރަޔޯ ވަޔެކާނޯ އަށް ފަރަގުކުޑަކޮށްދީފަ އެވެ. 

މެޗުގެ 71 ވަނަ މިނިޓްގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. މިއީ، ބެކްހީލް އަކުން ގޯޑަން ދިން ބޯޅައަކުން ރަފީނިއާ ޖެހި ގޯލެކެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ޔަމާލް އެވެ. މިއީ، ދެ ވަނަ ހާފުގައި. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަރުމަނުގެ ކަރީމް އަޑެޔޭމީ ތަނަވަސްކޮށްދިން ފުރުސަތަކުން ޔަމާލް ޖެހި ގޯލެކެވެ. މިއީ، ބާސެލޯނާ އަށް ޔަމާލް ޖަހައިދިން 51 ވަނަ ލަނޑެވެ. އޭނާ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ލީގެއްގައި އެއް ޓީމަކަށް އެ އަދަދަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. 

މި މޮޅާ އެކު، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއްވަރަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، ލަނޑުގެ ތަފާތުންނެވެ. ރެއާލަށް ވުރެ ފައިދާ ގޯލަށް ބަލާއިރު، ބާސެލޯނާގެ ދެ ލަނޑު އިތުރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox