ބިލްބާއޯ ވެސް ބަލިކޮށް ބާސެލޯނާގެ ފުރިހަމަ ފެށުން ކުރިއަށް

Aug 28, 2026, 8:53 AM
ރޭގެ މެޗުގައި ބިލްބާއޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާ އިން އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ބިލްބާއޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާ އިން އުފާފާޅުކުރަނީ.

ބާސެލޯނާ (އޮގަސްޓް 28) - އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލިކޮށް، ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ އިން ކުޅުނު ދެ ވަނަ މެޗުން ވެސް ރަނގަޅު މޮޅެއް ހޯދައި، ފެށުން ވަރުގަދަކޮށްފި އެވެ. 

ބާސެލޯނާ އިން މި ފަަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރަށުންބޭރުގައި އެލްޗޭ އަތުން ވަނީ 5-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗު އަމިއްލަ ދަނޑުގައި ކުޅުނުއިރު، ޖުމްލަކޮށް ބަލާއިރު، މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. 

ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަަމަ ހަމަލާ ފެނިގެންދިޔައީ 23 ވަނަ މިނިޓްގަ އެވެ. އޭރިއާތެެރެއަށް ހުރަސްވި ބޯޅައަކުން ރަފިނިއާ ބޮލުން ފޮނުވާލިއިރު އަމާޒުވީ ދަނޑިއަށެވެ. ރީބައުންސަކަށް ނުކުތް ވަގުތު ބާސެލޯނާގެ ލަމީން ޔަމާލް ފޮނުވާލި ޝޮޓް ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ. 

މެޗުގެ 28 ވަނަ މިނިޓްގައި ޕެޑްރީ ވަނީ ބާސެލޯނާ އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، އެ އެޓޭކް އެންމެ ފުރަތަމަ ފެށިއިރު، ޔަމާލް އޮފްސައިޑް ވުމުން، ގޯލު ބަލައިނުގަންނަން ނިންމީ އެވެ. އެކަމަކު، މެޗުގެ 38 ވަނަ މިނިޓްގައި ބާސެލޯނާ އިން ލަނޑު ޖަހައި ލީޑުނެގި އެވެ. މިއީ، ޕެޑްރީ ދިން ބޯޅައަކަށް އަރައި، ބިލްބާއޯގެ ކީޕަރު، އުނާއި ސިމޯން ކައިރިން ނައްޓާފައި ރަފީނިއާ ޖެހި ގޯލެކެވެ. މިއީ، ލީގުގެ ފުރަތަމަ ދެ މެޗުން ރަފީނިއާގެ ތިން ވަނަ ގޯލެވެ.

ލީޑުފުޅާކުރަން މެޗުގެ 40 ވަނަ މިނިޓްގައި ޔަމާލަށް ލިބުނު ފުރުސަތުގައި ހުސްކޮށް އަރައި ޖެހި ޝޮޓް ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެންތަނީ ގޯޑަން އަށް ދިން ނަމަ ގޯލަށް ފޮނުވާލަން އޭނާ އަށް މާ ބޮޑު ފުުރުސަތެއް އޮތެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ހަތް މިނިޓް ތެރޭ ޔަމާލް ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. 

މެޗުގެ 75 ވަނަ މިނިޓްގައި ބިލްބާއޯ އިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ރޮނގުކައިރިން އޮއިހާން ސަންކޭ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ހަ މިނިޓް ފަހުން، ބާސެލޯނާ އިން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ބިލްބާއޯގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މި ލަނޑު ޖެހީ ފާމިން ލޮޕޭޒް އެވެ. ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ވެސް ފާމިން ލޮޕޭޒް ވަނީ ލަނޑު ޖަހައިފަ އެވެ. 

ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކަރީމް އަޑެޔޭމީ ޖެހި ޝޮޓް މީޕަރު ސިމޯން ވަނީ ހުއްޓުވައިފަ އެވެ. 

މި ފަހަރުގެ ސީޒަނުގައި ކޮންމެ ޓީމެއް ލީގުގައި ދެ މެޗު ކުޅުނުއިރު، ހަތަރު ޓީމެއް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެެވެ. އެއީ، އެއް ވަނައިގައި އޮތް ބާސެލޯނާ، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް، ތިން ވަނައިގައި އޮތް ސެވިއްޔާ އަދި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox