ބާސެލޯނާ އިން ފެށީ ފަަސް ގޯލުގެ މޮޅަކުން

Aug 24, 2026, 9:16 AM
އެލްޗޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.

އެލްޗޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.

ވެލެންސިއާ، ސްޕެއިން (އޮގަސްޓް 24) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުން އެލްޗޭ އަތުން 5-0 އިން މޮޅުވެއްޖެ އެވެ. 

ރަށުންބޭރުގައި ކުުޅުނު ބާސެލޯނާ އިން ވަނީ 14 ވަަނަ މިނިޓްގައި ލީޑުނަގައިފަަ އެެެވެ. މިއީ، އެލްޗޭގެ ވިކްޓަ ޗުސްޓް އެ ޓީމުގެ  އޭރިއާތެރެއިން ބާސެލޯނާގެ ރަފީނިއާ އަށް ކުރި ފައުލަކަަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރަފީނިއާ ވަނީ އެ ޕެނަލްޓީ ގޯލަށް ވައްދާލައި، ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. 

ނަތީޖާ ހަަމަހަމަ ކުރެވޭތޯ އެލްޗޭ އިން އެޓޭކްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން، ބާސެލޯނާ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ވަނަ ލަނޑެއް ޖަހައި ލީޑުފުޅާކޮށްފަ އެެވެ. މި ލަނޑު ކާމިޔާބުކުރީ މި ފަަހަރުގެ ޓްރާންސްފާގައި ބޮރޫޝިއާ ޑޯޓްމަންޑުން ބާސެލޯނާއާ ގުޅުނު ފޯވާޑް، ކަރީމް އަޑެޔޭމީ އެވެ. 

ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ދެ ގޯލުގެ ލީޑެއް ލިބިފައި އޮތުމުން ހަމަޖެހިލައިގެން ކުޅެމުންދިޔައިރު، ހަތަރު މިނިޓްގެ ތެރޭގައި އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން، 67 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލާއި 71 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ކާމިޔާބުކުރި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނީ މި ފަހަރުގެ ޓްރާންސްފާގައި ނިއުކާސަލް ޔުނައިޓެޑް ދޫކޮށް ބާސެލޯނާ އަށް ދިޔަ އެންތަނީ ގޯޑަން އެވެ. 

މެޗުގައި ބާސެލޯނާ އިން ޖެހި ފަހު ގޯލު ކާމިޔާބުކުރީ ވެސް ފާމިން އެވެ. މިއީ، 79 ވަނަ މިނިޓްގައި ޒަވީ އެސްޕާޓް ދިން ބޯޅައަކުން ފާމިން ޖެހި ގޯލެކެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އަނިޔާގެ މައްސަލައެއް ދިމާވި ފާމިން އަލުން ރިކަވާވެގެން އެނބުރި އައިސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. 

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ވަނީ 2-2 އިން ވިޔަރެއާލްއާ އެއްވަރުވެފަ އެވެ. މާކް ޕިއުބިލްގެ ލަނޑުން އެތުލެޓިކޯ ލީޑުނެގި މި މެޗުގައި ވިޔަރެއާލުން އެއްވަރުކުރީ ޖެރާޑް މޮރޭނޯ ޖެހި ޕެނަލްޓީންނެވެ. އަދި، ޖިއޯޖެސް މިކައުޓަޑްޒޭގެ ޕެނަލްޓީން ވިޔަަރެއާލުން ލީޑުނެގިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު އެތުލެޓިކޯ އަށް 86 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޖޫލިއާނޯ ސިމިއޯނީ އެވެ. އެތުލެޓިކޯގެ ޑިފެންޑަރު، ރޮބިން ލެ ނޯމަން އަށް 76 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox