އެމްބާޕޭގެ ހެޓްރިކާ އެކު ސޮސިއެޑާޑް އަތުން ރެއާލަށް މޮޅެއް

Aug 27, 2026, 5:55 AM
ރެއާލަށް ލަނޑު ޖަހައިދިނުމަަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

ރެއާލަށް ލަނޑު ޖަހައިދިނުމަަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

މެޑްރިޑް (އޮގަސްޓް 27) - ކީލިއަން އެމްބާޕޭގެ ހެޓްރިކާ އެކު، 4-1 އިން ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން މޮޅެއް ހޯދައިފި އެވެ. 

ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން، ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ފަހު ވަގުތު މޮޅުވީ އެސްޕަންޔޯލް އަތުން 2-1 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އަމިއްލަ ދަނޑުގަައި ރެއާލް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ރެއާލް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކާ އެކު އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން އޭރިއާތެރެއިން އެމްބާޕޭ ފޮނުވާލި ހަަމަލާ ސޮސިއެޑާޑްގެ ކީޕަރު، އަލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގިއިރު، އެ ގޯލުގައި ފެނުނީ އެމްބާޕޭ އާއި ފެޑެރީކޯ ވަލްވޭޑޭގެ ކޮމްބިނޭޝަން އެވެ. ވަލްވޭޑޭ، ދިން ބޯޅަ، އެމްބާޕޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. 

Advertisement

ކުރިހޯދި ނަމަވެސް، ރެއާލަށް ލީޑުގައި އޮވެ، ފުރަަތަމަ ހާފު ނިންމައެއް ނުލެވުނެވެ. އެ ގޮތުން، މެޗުގެ 44 ވަނަ މިނިޓްގައި އުފެއްދި ކައުންޓަ އެޓޭކަކުން، ސޮސިއެޑާޑުން ލަނޑު ޖަހައި އެއްވަރުކުރި އެވެ. މިއީ، ރެއާލްގެ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން، ލޫކާ ސުޗިޗް ޖެހި ގޯލެކެވެ. 

މެޗުގެ 60 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ ރެއާލަށް މި މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. މިއީ، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން އޭރިއާތެރެއިން އެމްބާޕޭ ޖެހި ގޯލެކެވެ. އޭގެ އަށް މިނިޓް ފަހުން، ބެލިންހަމް އޭރިއާތެރެއިން ބޯޅައެއް ހޯދައި ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތަކުން ވިނީޝިއުސް ވަނީ ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ 80 ވަނަ މިނިޓްގައި، ވިނީޝިއުސް ދިން ބޯޅައަކަށް އަރައި، އެމްބާޕޭ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ. 

ރެއާލުން ވަނީ އިތުރު ވަަގުތުގެ ފުރަތަމަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ބްރަހިމް ޑިއާޒް ޖެހި މި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެެވެ. 

ރެއާލްގެ ކޯޗު، މޮރީނިއޯ ވަނީ މެޗަށް ފަަހު، އެމްބާޕޭ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި، ފީފާ ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރަަނގަޅު ރެކޯޑެއް އޮތް އެމްބާޕޭ އަކީ ރެއާލް މެެޑްރިޑްގައި ވެސް ތާރީހުގައި ލިޔެވޭނެ ކަންތައްތަކެއް ހާސިލްކުރާނެ ކުޅުންތެރިއެއް ކަމަށާއި ލަނޑު ޖެހުމުގެ އިތުރުން ވެސް އެމްބާޕޭ އަކީ މުޅި ޓީމުގެ ކޮމްބިނޭޝަނަށް ވެސް މުހިންމު ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ފާހަގަކުރި އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox