އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

Nov 24, 2026, 11:26 PM
އީގަލްސް ކޮޅަށް ލަނޑު ޖެހުމަށް ފަަހު ބުރުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އީގަލްސް ކޮޅަށް ލަނޑު ޖެހުމަށް ފަަހު ބުރުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުަގައި މިރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ލީގު ތާވަލުގައި ދަރަޖަތަކެއް ކުރިއަށްޖެހިލައިފި އެވެ. 

މި މެޗަށް ނުކުތްއިރު، ބުރު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ. އެކަމަކު، މި މެޗުން ހޯދި މޮޅާ އެކު، ހަތް މެޗުން ހަ ޕޮއިންޓް ހޯދައި ލީގުގެ ހަތް ވަނަ އަށް ވަނީ ޖެހިލައިފަ އެވެ. 

މެޗު ފަށައިގެން ބުރުން ބޯޅަ ހިފަހަައްޓައިގެން ކުޅެ ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފައްދަމުންދިޔަ އެވެ. އެ ގޮތުން، ބުރުގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ)، އޭރިއާބޭރުން ފޮނުވާލި ބޯޅައެއް އީގަލްސްގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. 

Advertisement

އޭގެ ފަހުން، ބުރުގެ އާޖެންޓީނާގެ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ، އޭރިއާބޭރުން ފޮނުވާލި ދެ ބޯޅަ ވެސް ހުއްޓުވީ ކީޕަރު ސާގިބް އެވެ. 

އީގަލްސް އަށް ލީޑުނަގައިދޭން ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން އޭރިއާތެރެއިން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ބުރުގެ ޑިފެންޑަރު، މުހައްމަދު ނަޒާމް ވަނީ ސަލާމަތްކޮށްފަ އެވެ. 

ފުރަތަަމަ ހާފު ނިމުމުގެ ކުރިން، ބުރުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، ލިބުނު ޕެނަލްޓީ އަކުން އެޑުއާޑޯ ޖެހި ގޯލެކެވެ. މިއީ، އީގަލްސްގެ އޭރިއާތެރެއިން އެ ޓީމުގެ މުހައްމަދު ފަރުހާން (ފަރުއްކޮ)، ބުރުގެ ކޮލަމްބިއާ ކުޅުންތެރިޔާ، ހެރޯލްޑް ވަލްޑޭޒަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފަށް ނުކުމެ އީގަލްސް އިން ލަނޑެއް ޖަހައި އެއްވަރުކުރަން ކުރި މަސައްކަތުގައި ކާމިޔާބެއް ނުލިބުނެވެ. ބުރުގެ ގޯލު ބެލެހެއްޓުމުގައި ކުރިން އީގަލްސް އަށް ކުޅުނު ގޯލްކީޕަރު، ޝައިހާން އަލީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސްގެ ޒައިން ޒަފަރު ފޮނުވާލި ބޯޅައެއް ވަނީ ގޯލާ ސީދާނުވެ ގޮސްފަ އެވެ. އަދި، ޒަޔާން ނަސީރު (ޒައްޔު) ވެސް އެޓޭކަށް ގޮސް ފުރުސަތުތަކެއް ހޯދޭތޯ ބެލި އެވެ. 

މި މެޗުގެ ކުރިން، މި ސީޒަނުގައި ބުރުން މޮޅުވީ ހަމައެކަނި ގައްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ބުރުން މި ސީޒަނުގައި ޖުމްލަ އެކު، ކަޕް ވިނާސް ކަޕް ހިމަނައިގެން، 10 މެޗު ވަނީ ކުޅެފަ އެވެ. އަނެއްކޮޅުން، ލީގުގައި ދެ ވަނަ މެޗަކުން ބަލިވި އީގަލްސް އޮތީ ހަ ވަނައިގަ އެވެ. އެއީ، ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އިން ބުރު ބަލިކުރިނަމަ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox