ރެއާލްގެ ޑީލާ ބެހޭގޮތުން މޮރީނިއޯ އަށް ރޮޑްރީ ދޭނެ ރައްދެއް ނެތް

Aug 26, 2026, 2:23 PM
ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ރޮޑްރީ ތައާރަފްކުރުމުގެ ތެރެއިން.

ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ރޮޑްރީ ތައާރަފްކުރުމުގެ ތެރެއިން.

މެޑްރިޑް (އޮގަސްޓް 26) - ރެއާލް މެޑްރިޑާ މަޝްވަރާ ކުރުމަށް ފަހު ބާސެލޯނާ އަށް ދާން ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) ނިންމި ނިންމުމާ ބެހޭގޮތުން، ރެއާލްގެ ކޯޗު، ހޯސޭ މޮރީނިއޯ ދެއްކި ވާހަކަ އަށް ރައްދު ދޭން ރޮޑްރީ ދެކޮޅު ހަދައިފި އެވެ. 

ފްރާންސް ފުޓްބޯލް އިން 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ރޮޑްރީ، 30، އަށް ބާސެލޯނާ އިން ފުރަތަމަ ކުރި ދެ ބިޑް މެންޗެސްޓާ ސިޓީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި، ރެއާލުން ވަނީ ސިޓީން ރޮޑްރީ ވިއްކާލަން ކިޔާ އަގު ދޭން ތައްޔާރަށްހުރި ކަމަށް ބުނެ، ބޮޑު މުސާރަ ކޮންޓްރެކްޓެއް ވެސް ހުށަހަޅައިފަ އެެވެ. 

އެކަމަކު، އެންމެ ފުރަތަމަ ވެސް ކުރިން އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލަށް ކުޅުނު ރޮޑްރީގެ ވިސްނުމުގައި ހުރީ ބާސެލޯނާ އަށް ބަދަލުވުމަށް ކަމަށްވާތީވެ، އޭނާ މަޑުކުރީ އެވެ. ބާސެލޯނާ އިން ރޮޑްރީ ގަންނަން ހުށަހެޅި ތިން ވަނަ ބިޑް ކަމަށްވާ 88 މިލިއަަން ޑޮލަރުގެ އޮފާ، ސިޓީން ގަބޫލުކުރުމާ އެކު، އޭނާ ވަނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. 

ރެއާލްގެ އޮފާ ރަނގަޅު ވިޔަސް ރޮޑްރީ ނިންމީ ބާސެލޯނާ އަށް ދާން

ރެއާލް މެޑްރިޑުން ބޮޑު މުސާރައަކާއެކު ރަނގަޅު ހުށަހެޅުމެއް ލިބުނު ނަމަވެސް، މެންޗެސްޓާ ސިޓީގެ ތަރި ރޮޑްރީ ނިންމީ 88 މިލިއަން ޑޮލަރުގެ ފީއަކަށް ބާސެލޯނާއަށް ބަދަލުވުމަށް. ބާސެލޯނާއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންދާ ރޮޑްރީ މިހާރު އަންނަނީ އެ ކްލަބުގެ މެޑިކަލް ފުރިހަމަކުރަމުން.

އޭގެ ފަހުން، ސްޕެއިންގެ ނޫސްވެރިން ވަނީ ރޮޑްރީގެ ޑީލާ ބެހޭގޮތުން، މޮރީނިއޯއާ ސުވާލުކޮށްފަ އެވެ. މޮރީނިއޯ ބުނީ، ރެއާލަށް ގެންނަ ކުޅުންތެރިއަކީ އެ ކްލަބަށް ދެ ވަނަ ވިސްނުމެއްގައި ހުރެގެން އަންނަ ކުޅުންތެރިއަކަށް ވެގެންނުވާނެ ކަމަށެެވެ. ރެއާލުން ކުޅުންތެރިއަކަށް ގުޅާލުމާ އެކު، އެ ކުޅުންތެރިއަކު ހުންނަން ޖެހޭނީ އޮފާ ގަބޫލުކުރަން ތައްޔާރަށް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. 

"އަހަރެން އަމިއްލަ އަށް ވެސް ރޮޑްރީއާ ދެތިން ފަހަރަކު ވާހަކަ ދެއްކިން. ރެއާލް މެޑްރިޑުން އޭނަ އަށް މުހިންމު ޕްރޮޕޯސަލެއް ހުށަހެޅި. އެކަމަކު، ފަހުން ރޮޑްރީ އަށް ޝައްކުތަކެއް ވީ. އޭނަ އަށް ޝައްކުވާ ކަންތައްތަކެއް ހުރީމަ، އަހަންނަށް އޭނަ ސޮއިކުރުމާ މެދު ޝައްކުވީ،" މޮރީނިއޯ ބުންޏެވެ. 

ރޮޑްރީ، 2019 ވަނަ އަހަރު ސިޓީ އަށް ސޮއިކުރީ، އޭރު އެތުލެޓިކޯއާ އެކު ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. މެންޗެސްޓާ ސިޓީގެ ކުރީޣެ ކޯޗު ޕެޕް ގާޑިއޯލާގެ އެދުމަށް ސިޓީން ރޮޑްރީގެ ސޮއި ހޯދީ 80 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. 

ބާސެލޯނާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރޮޑްރީ ޖޯޒީ ދައްކާލަނީ
ބާސެލޯނާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރޮޑްރީ ޖޯޒީ ދައްކާލަނީ

ސްޕެއިނަށް މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން، ރޮޑްރީ، ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރިއިރު، ގިނަ ނޫސްވެރިންތަކެއް ވަނީ މޮރީނިއޯގެ އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެކަމަކު، އެ ވާހަކަތަކަށް ސީދާ ޖަވާބެއް ނުދީ ރޮޑްރީ ވާހަކަ ދެއްކީ ސިޓީ ދޫކޮށްލުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި ބާސެލޯނާއާ ގުޅެން ނިންމުމަކީ ހިތްހަމަޖެހޭ ޗެޕްޓަރެއް ކެރިއަރުގައި ފެށުން ކަމަށް ބުނެފަ އެވެ. 

"އަހަރެން ކްލަބް ދޫކޮށްލަން އެދުނު ގޮތަށް ބާސެލޯނާ އިން ކަންކަން ކޮށްދިނީތީވެ ސިޓީ އަށް ޝުކުރު އަދާކުރަން. ބާސެލޯނާ އަކީ އަބަދުވެސް އަހަންނަށް ގްލޯބަލް ބެންޗްމާކް، ބާސެލޯނާ އިން ފުޓްބޯޅައިގެ ކަންކަން ކުރާ ގޮތާއި ފުޓްބޯޅައިގެ އެ މީހުންގެ ގަބޫލުުކުރުންތައް އަަހަންނާ ވަރަށް ގުޅޭ. ތެެދެއް، އަހަންނަށް އެހެން ޕްރޮޕޯސަލްތައް ލިބުނު. އަހަރެންގެ ފުރަތަަމަ އިހުތިޔާރަކީ ބާސެލޯނާކަން އެންމެ ފުރަތަމަ ވެސް އެންގިން،" ރޮޑްރީ ބުންޏެވެ. 

ސިޓީއާ އެކު ރޮޑްރީ ވަނީ 12 ތަށި އުފުލާލަައިފަ އެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރާއި، ދެ އެފްއޭ ކަޕާއި، ތިން ލީގު ކަޕާއި، ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް އެވެ. ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި އެ ޓީމަށް 298 މެޗު ކުޅެދީފައިވެ އެވެ. ރޮޑްރީ ވަނީ ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox