މަލާގާ ބަލިކޮށް ރެއާލްގެ ވަރުގަދަ ފެށުމަށް މަޑުޖެހުމެއް ނެތް

Aug 30, 2026, 11:56 PM
ރެއާލަށް ލަނޑު ޖަހައިދިނުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ.

ރެއާލަށް ލަނޑު ޖަހައިދިނުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ.

މެޑްރިޑް (އޮގަސްޓް 30) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 4-0 އިން މަލާގާ ބަލިކޮށް މި ފަހަރުގެ ލީގު ސީޒަނުގައި ސައްތަ އިން ސައްތަ ރެކޯޑާ އެކު ކުރިއަށް އިތުރު ފިޔަވަޅެއް އަޅައިފި އެވެ. 

ރެއާލްގެ ކޯޗަކަށް ދެ ވަނަ ފަހަރަށް ހަވާލުވި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ނުކުމެ، މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ވެސް ރެއާލް ވަނީ މޮޅުވެފަ އެވެ. މެޗުން މެޗަށް ބަލާއިރު، ރެއާލުން އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ. އެ ގޮތުން، ލީގުގައި ރެއާލުން ފުރަތަމަ މެޗުގައި ފަހު ވަގުތު ލަނޑު ޖަހައި، 2-1 އިން އެސްޕަންޔޯލް އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން މޮޅުވީ 4-1 އިންނެވެ. 

ސަންޓިއާގޯ ބާނަބެއުގައި ކުޅުނު މެޗުގައި ރެއާލުން ވަނީ މަލާގާ ކައިިރިން ފުރަތަމަ 30 މިނިޓް ތެރޭ ތިން ގޯލު ޖަހައި ރަނގަޅު ލީޑަކާ އެކު މެޗުގެ ފުރިހަމަ  ކޮންޓްރޯލް ނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 19 ވަނަ މިނިޓްގައި ރެއާލަށް ލީޑު ހޯދައިދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ. މިއީ، ބެލިންހަމް ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އޭނާ ވަނީ ލީގުގެ ފުރަތަމަ މެޗުގައި އެސްޕަންޔޯލް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. 

މެޗުގެ 26 ވަނަ މިނިޓްގައި ރެއާލުން ލީޑުފުޅާކުރި ގޯލަކީ މަލާގާގެ އަލްފަންސޯ ހެރޭރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ވެސް ބެލިންހަމްގެ ދައުރު އޮވެގެން ރެއާލުން ޖެހި ގޯލެކެވެ. ރެއާލުން ތިން ވަނަ ލަނޑު ޖެހީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުން، ކީލިއަން އެމްބާޕޭ އެވެ. އާނޯލްޑް ނެގި ހުރަހުން އެމްބާޕޭ މި ލަނޑު ޖެހީ ވޮލީއަކުން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. 

ތިން ގޯލުގެ ލީޑެއް ލިބުމުން ރެއާލުން ހަމަޖެހިލައިގެން ކުޅެ، ދެ ވަނަ ހާފުގައި އެ ޓީމުން ބޭނުންވާ ކޮންޓްރޯލްގައި އޮވެގެން މެޗުގައި ބޭނުންވި ކްލީންޝީޓް ވެސް ފުރިހަމަ ކުރި އެވެ. އަދި، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ވަގުތުގެ ތެރޭގައި ހަތަރު ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ލަނޑަކީ ވިނީޝިއުސް ޖޫނިއާގެ މޮޅު ކުޅުމަކަށް ފަހު، ހުސްކޮށް ލިބުނު ފުުރުސަތަކުން ތުރުކީގެ މިޑްފީލްޑަރު، އާޑާ ގުލާ ޖެހި ގޯލެކެވެ. 

މޮރީނިއޯ ވަނީ ރެއާލްގެ ކުރިއަށް ކުޅޭ ބެލިންހަމް، އެމްބާޕޭ އަދި  ވިނީޝިއުސްގެ ކޮމްބިނޭޝަން މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުންދާ ކަމަށާއި މިއީ ސީޒަނުގައި ކުރިއަށްދާއިރު، ރެއާލުގައި ފެންނާނެ އެންމެ ބޮޑު ތަފާތަށްވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox