އަލްވަރޭޒްގެ ޑީލް ކުރިއަށްނުދާތީ ބާސެލޯނާ އިން ޖީސޫސް ގަންނަނީ

Aug 31, 2026, 12:11 AM
މި ފަހަރުގެ ޕްރީ ސީޒަންގެ މެޗެއްގެ ތެރެއިން ގަބްރިއެލް ޖީސޫސް.

މި ފަހަރުގެ ޕްރީ ސީޒަންގެ މެޗެއްގެ ތެރެއިން ގަބްރިއެލް ޖީސޫސް.

ބާސެލޯނާ (އޮގަސްޓް 30) - އެތުލެޓިކޯ މެޑްރިޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެއްވެސް ގޮތަކަށް ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނަމުންދިއުމާ އެކު، އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަ ބާސެލޯނާ އިން އާސެނަލްގެ ބްރެޒިލް ފޯވާޑް، ގަބްރިއެލް ޖީސޫސް ގަންނަން މަަސައްކަތް ފަށައިފި އެވެ. 

އެތުލެޓިކޯ މެޑްރިޑުން އަންނަނީ ބާސެލޯނާ އަށް މި ފަހަރުގެ ޓްރާންސްފާގައި އަދި ކުރިއަށް އޮތްތަނުގައި ވެސް އަލްވަރޭޒް ނުވިއްކާނެ ކަމަށް ބުނަމުންނެވެ. ރޮބަޓް ލެވަންޑޯސްކ ީ އާއި ފެރާން ޓޮރޭޒް، ބާސެލޯނާ އިން ދިއުމާ އެކު، އާ ފޯވާޑެއް ގެންނަން ބާސެލޯނާ އިން ކުރާ މަސައްކަތުގައި އެންމެ ގެންނަން ބޭނުންވީ އަލްވަރޭޒް އެވެ. އޭނާ ނުލިބޭތީ، އިންޓަގެ ފޯވާޑް، ލައުޓާރޯ މާޓީނޭޒް ގެންނަން ކުރި މަސައްކަތް ވެސް ކުރިއަށްނުދިޔަ އެެވެ. 

ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ޖީސޫސް، 29، ގަންނަން ބާސެލޯނާ އިން 12 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، އެ އަގަށް އާސެނަލުން ވެސް އެއްބަސްވެފައިވާތީވެ، އަންގާރަ ދުވަހުގެ ނިޔަލަށް އޮތް ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ޖީސޫސްގެ ޑީލުގެ ކޮންޓްރެކްޓް ވެސް ނިމެނޭނެ ކަމަށް ބެލެވެ އެވެ. 

Advertisement

ޖީސޫސް ވެގެންދާނީ މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން ގެންދާނެ ތިން ވަނަ ކުޅުންތެރިޔާ އަށެވެ. އެ ގޮތުން، ބާސެލޯނާ އިން ވަނީ ނިއުކާސަލްގެ ވިންގް، އެންތަނީ ގޯޑަން އާއި މެންޗެސްޓާ ސިޓީގެ ރޮޑްރީގޯ (ރޮޑްރީ)ގެ ޑީލް ވެސް ނިންމައިފަ އެވެ. 

މީގެ ހަތަރު އަހަރު ކުރިން، ސިޓީން 55 މިލިއަން ޑޮލަރު (45 މިލިއަން ޕައުންޑް) އަށް އާސެނަލަށް ޖީސޫސް ވިއްކާލިއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 123 މެޗުން 32 ލަނޑު ޖަހައި، 22 ލަނޑު ޖަަހަން ފުރުސަތު ހޯދައިދީފަ އެވެ. މިދިޔަ ސީޒަނުގައި އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ލިބުނު ފުރުސަތުތަކުގައި ޖީސޫސް ވަނީ ތަޖުރިބާގެ ބޭނުންކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. 

ބްރެޒިލްގެ ޕަލްމެއިރާސް އިން ކެރިއަރު ފަށައި މޮޅު ކުޅުމެއް ދެއްކި، ޖީސޫސް، 2016 ވަނަ އަހަރު އެ ޓީމު ދޫކޮށްލައި ޔޫރަޕަށް މިސްރާބު ޖެހި އެވެ. ޕަލްމެއިރާސް ދޫކޮށް އޭނާ ސިޓީ އަށް ސޮއިކުރީ 40 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox