ސަކާގެ ގޯލުން ވިލާ ބަލިކޮށް ޗެމްޕިއަން އާސެނަލުން ފޯމު ދަމަހައްޓައިފި

Sep 1, 2026, 7:50 AM
އާސެނަލްގެ ސަކާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލްގެ ސަކާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބުކާޔޯ ސަކާ ޖެހި ހަމައެކަނި ގޯލުން 1-0 އިން އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަން، އާސެނަލުން އެ ޓީމުގެ މޮޅުވުމުގެ ފޯމު ދަމަހައްޓައިފި އެވެ. 

މިދިޔަ ސީޒަނުގައި ފަހު ވަގުތު އެސްޓަން ވިލާ ދަނޑުގައި އާސެނަލް ބަލިވިއިރު، ރޭގެ މެޗުގައި އެ ޓީމުން ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އާސެނަލުން ވަނީ މި ފަހަރު ލީގުގެ ފުރަތަމަ މެޗުގައި ކަވެންޓްރީ ސިޓީ އަތުން 3-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި އާސެނަލުން ރަނގަޅަށް ފަށައި ފުރުސަތުތައް ހޯދަން ވެސް ފެށި އެވެ. 

ވިލާ ޕާކުގައި ރޭ ކުުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ އެމީ ބުއެންޑީއާ އޭރިއާބޭރުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑި އަށް އަމާޒުވެފަ އެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ވަން ކަމުގައި ވިޔަސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ބަލައިނުގަތުމުގެ ފުރުސަތު އެބައޮތެވެ. އެއީ، އެ ޓޭކުގައި ފައުލެއް ހިނގާފައިވާތީ އެވެ. 

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލުން ޖެހީ 59 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން އާސެނަލްގެ އިޓަލީ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަރައި ނަގައިދިން ހުރަހަކުން ސަކާ ޖެހި ގޯލެކެވެ. މިއީ، ކެރިއަރުގައި ސަކާ، ވިލާ ޕާކުގައި ޖެހި ތިން ވަނަ ގޯލެވެ. 

އާސެނަލުން މި ގޯލު ޖެހުމުގެ އިރުކޮޅެއް ކުރިން، އާސެނަލަށް ޕެނަލްޓީއެއް ދިނުމަށް ފަހު، ފަހުން ވީއޭއާރް އިން ބަލާފައި ފައުލު ހިނގީ އޭރިއާބޭރުން ކަމަށްވާތީވެ، ހިލޭ ޖެހުމަކަށް ބަދަލުކުރި އެވެ. މިއީ، ސަކާ އަށް ވިލާގެ އިއަން މާޓްސެން ކުރި ފައުލެކެވެ. 

އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، ކައި ހަވާޓްޒް އަށް ލިބުނު ބޯޅައަކުން ފޮނުވާލި ޝޮޓް، އެސްޓަން ވިލާގެ ގޯލުގައި ފުރަތަމަ ފަހަރަށް ކުޅުނު ޖަޕާންގެ ކީޕަރު، ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފަ އެވެ. 

މި މެޗުގައި އެސްޓަން ވިލާ އަށް އާސެނަލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވެ އެވެ. މިއީ، މި ފަދަ ރެކޯޑަކާ އެކު، މިދިޔަ 10 އަހަރު ތެރޭ ވިލާ އިން ނިންމާލި ފުރަތަމަ މެޗެވެ. އެ ޓީމަށް އެންމެ ފަހުން އަމިއްލަ ދަނޑުގައި ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވަނީ، 2016 ވަނަ އަހަރުގެ މެއި މަހު ނިއުކާސަލް ޔުނައިޓެޑާ ކުޅުނު މެޗުގަ އެވެ. މި ފަަހަރުގެ ލީގުަގައި އެސްޓަން ވިލާ ކުޅުނު ދެ މެޗުން ބަލިވިއިރު، ގޯލެއް ވެސް ނުޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox