ފުލަމް ބަލިކޮށް އަލޮންސޯއާ އެކު ޗެލްސީން މޮޅަކުން ފަށަައިފި

Aug 25, 2026, 1:54 AM
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން، ޗެލްސީގެ ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން، ޗެލްސީގެ ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 25) - އިނގިރޭސި. ޕްރިމިއާ ލީގުގައި މިރޭ ފުލަމް 3-2 އިން ބަލިކޮށް ޗެލްސީން މޮޅަކުން ލީގު ސީޒަން ފަށައިފި އެވެ. 

މި މެޗަކީ މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ކޯޗު، ޒަބީ އަލޮންސޯ އާއި ފުލަމްގެ ކޯޗަކަށް ގެނައި އަލްވާރޯ އާބެލޯގެ ފުރަތަމަ މެޗެވެ. އަލޮންސޯ އާއި އާބެލޯއާ އަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުންނެވެ. ރެއާލުން ސީޒަން ފެށީ އަލޮންސޯއާ އެކު އެވެ. އެހެން ނަމަވެސް އޭނާ ވަކިކޮށް، ޓީމު ހަވާލުކުރީ އާބެލޯއާއާ އެވެ. 

ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗު ފަށައިގެން، 31 ސިކުންތު ތެރޭގައި ޗެލްސީން ލީޑުނެގި އެވެ. މިއީ، ޗެލްސީގެ ކޯލް ޕާމާ. ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ޖެހި ގޯލެކެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ފުލަމް ކީޕަރު، ބާން ލޭނޯ ގައިމަތިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، މިހާތަނަށް ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އާ ސީޒަނެއް ފަށައިގެން ޓީމަކުން ޖެހި އެންމެ އަވަސް ގޯލެވެ. 

މަޑުމަޑުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އައި ފުލަމް އިން ވަނީ، 23 ވަނަ މިނިޓްގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އޭރިއާތެރެއިން، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލަައިގެން، ޖޯޝް ކިންގް ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް އަތްދަށުންނެވެ. އޭގެ ފަހުން، ފުލަމް އަށް ލީޑުނަގައިދޭން ސްޕެއިނުގެ ފޯވާޑް، ގޮންޒާލޯ ގާސިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މޯގަން ރޮޖާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މޯގަން ރޮޖާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗެލްސީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އަލުން ލީޑުނަަގައިފަ އެވެ. މި ގޯލުގައި ފެނިގެންދިޔައީ، މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ގެނައި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނެކެެވެ. އެ ގޮތުން، ކްރިސްޓަލް ޕެލަސް އިން ގެނައި ފްރާންސްގެ ޑިފެންޑަރު، މެކްސެންސް ލަކްރޮއާ ދިން ބޯޅައަކުން މި ލަނޑު ޖެހީ އެސްޓަން ވިލާ އަށް ރެކޯޑް އަގެއް ދީފައި ސޮއިކުރި އިނގިރޭސި މިޑްފީލްޑަރު، މޯގަން ރޮޖާސް އެވެ. 

ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ، ޗެލްސީން ތިން ވަނަ ލަނޑެއް ޖަހައި، ލީޑުފުޅާކުރި އެވެ. މެޗުގެ 49 ވަނަ މިނިޓްގައި، ޖޮއާއޯ ޕެޑްރޯ ދިން ބޯޅައަކުން އޭރިއާތެރެއިން ޕާމާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިގެން ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ. މި ލަނޑު ޖެހުމުގެ ކުރިން، ޕާމާ ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ޗެލްސީން ދެ ގޯލުގެ ލީޑެއް ނެގިތާ މާ ލަސްތަކެއް ނުވެ، ފުލަމް އިން ލަނޑު ޖަހައި ފަރަގު ކުޑަކުރި އެވެ. އެ ގޮތުން، 54 ވަނަ މިނިޓްގައި ފުލަމްގެ ފުލްބެކް، ޓިމޮތީ ކަސްޓާންޏާ ޖެހި ޝޮޓެއް ކީޕަރު ސަންޗޭޒް އަތުގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު ގާސިއާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ފުލަމް އަށް އެއްވަރުކޮށްދޭން މެޗުގެ 76 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، އެންޓޮނީ ރޮބިންސަން އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ބޭރަށް ދިޔައިރު، ބަދަލަކަށް އެރި ރަޔާން ސެސެންޔޯން ޖެހި ޝޮޓެއް ކީޕަރު ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. 

މެޗުގެ 90 ވަނަ މިނިޓްގައި ޗެލްސީގެ ޖޮއާއޯ ޕެޑްރޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox