ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ބިލަށް އެމްޑީޕީގެ ތާއީދު، އެދުނީ އަވަސް އަރުވާނުލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން

އެމްޑީޕީގެ މަޖިލިސް މެންބަރުން، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އެމްޑީޕީގެ މަޖިލިސް މެންބަރުން، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ ގާނޫނަށް) ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާކަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއަކީ ޒަމާނަށް އަންނަ ބަދަލުތަކާއެކު އަބަދުވެސް މުރާޖާކޮށް އިސްލާހުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޓެކުހުން މަކަރު ހެދުމުގެ ފުރުސަތު ހަނިކުރުމަށް ގާނޫނުތަކަށް އިސްލާހުތައް ވެސް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، އެފަދަ ގާނޫނުތައް ހަދައި، ގާނޫނުތައް އިސްލާހު ކުރާއިރު، އެކަމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްކުރުމާއެކު ވެސް ގިނަ ވިޔަފާރިތަކަކަށް އޭގެ ސަބަބުން ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޮޑެތި ބަދަލުތަކެއް ގެންނައިރުގައި އޭގެ ސަބަބުން އަސަރަުކުރަނީ ކޮން ފަރާތްތަކަކަށްކަން، ކޮން ވިޔަފާރިތަކަކަށްކަން އެ ވިޔަފާރިތަކަށް އިއްޒަތްތެރި ރައީސް އެގެންޖެހޭ، އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމަށްވާ ނަމަ ކުދި، އަދި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް. އެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އޭގެ ޖޫރިމަނާ ނުވަތަ އޭގެ ގެއްލުމާ ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނައިން އާދޭ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުތައް ސާފުވާން ނެތުން ކަމަށެވެ. އެގޮތުން، އެ ބަދަލުތަކުގެ ސަބަބުން ވިފާރިތަަކަށް ކުރިމަތިވާނެ ބަދަލުތައް ތަފުސީލުކޮށް އެނގެންޖެހޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މި ބިލަށް އަޅުގަނޑު ތާއީދުކުރަން، އެހެންނަމަވެސް މި ދެންނެވި ކަންކަމަށް ރިއާޔަތްކޮށް ކޮމިޓީ މަރުހަލާގައި ކަމާބެހޭ ފަރާތްތަކާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާއެއްކޮށް އާންމު ފަރާތްތަކަށް މީގެން އަންނަ ބަދަލު، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް މީގެން އަންނާނެ ބަދަލު އެނގޭނެ ނިޒާމެއްގެ ތެރެއިން އެ ބަދަލުތައް އޮޅުންފިލުވައިދިނުމަށްފަހު، މި ބިލު ފާސްކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެން،" މައުރޫފް ވިދާޅުވި އެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު، ހުސައިން ސަމީރު ވިދާޅުވީ ގެސްޓުހައުސްތަކާއި ރިސޯޓުތަކަށް މިހާރު އަންނަ ފަތުރުވެރިންނަކީ މީގެ އެތައް ދުވަހެއް ކުރިން ވިއްކާފައިވާ ބުކިންއަށް އަންނަ ފަތުރުވެރިން ކަމަށެވެ.

އެހެންކަމުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކޮށް، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށައި، މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފަށައިފި ނަމަ، އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަން ބޭނުންވާ ކަމުގައިވާނަމަ، އަޅުގަނޑުމެން އެބަޖެހޭ އެކަށީގެންވާ ވަގުތު ދޭން، އެކަށީގެންވާ ވަގުތު ނުދީފިނަމަ، އަޅުގަނޑުމެންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، މިއަދު ޑޮލަރު އެ ހުރީ 22.40 ނޫނީ 22.60 ގައި، މި އަދަދު އެތައް ގުނައަކުން އަރައިގެން ދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް އެބަ އޮތް އިއްޒަތްތެރި ރައީސް،" ސަމީރު ވިދާޅުވި އެވެ.

ޖީއެސްޓީ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ސަމީރުގެ އިތުރުން ވެސް އެމްޑީޕީގެ މެންބަރުން ތާއީދުކުރެއްވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ، ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފައެވެ. ހަމައެހެންމެ، ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުންކަން ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ވަނީ ހިމަނާފައެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ ގާނޫނަށް) ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާކަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއަކީ ޒަމާނަށް އަންނަ ބަދަލުތަކާއެކު އަބަދުވެސް މުރާޖާކޮށް އިސްލާހުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޓެކުހުން މަކަރު ހެދުމުގެ ފުރުސަތު ހަނިކުރުމަށް ގާނޫނުތަކަށް އިސްލާހުތައް ވެސް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، އެފަދަ ގާނޫނުތައް ހަދައި، ގާނޫނުތައް އިސްލާހު ކުރާއިރު، އެކަމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްކުރުމާއެކު ވެސް ގިނަ ވިޔަފާރިތަކަކަށް އޭގެ ސަބަބުން ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޮޑެތި ބަދަލުތަކެއް ގެންނައިރުގައި އޭގެ ސަބަބުން އަސަރަުކުރަނީ ކޮން ފަރާތްތަކަކަށްކަން، ކޮން ވިޔަފާރިތަކަކަށްކަން އެ ވިޔަފާރިތަކަށް އިއްޒަތްތެރި ރައީސް އެގެންޖެހޭ، އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމަށްވާ ނަމަ ކުދި، އަދި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް. އެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އޭގެ ޖޫރިމަނާ ނުވަތަ އޭގެ ގެއްލުމާ ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނައިން އާދޭ،" މައުރޫފް ވިދާޅުވި އެވެ.

Changed

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox