ދިވެހިން ނިކަމެތިވުމުގެ ޒިންމާ ނަގަންޖެހޭނީ ރިސޯޓު އޯނަރުން ކަމަށް ދޭހަވާ މޭރުމަކުން މުއިއްޒު ވާހަކަ ދައްކަވައިފި

Aug 31, 2026, 7:34 PM
ރައީސް މުއިއްޒު: ވިދާޅުވީ ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ވިދާޅުވީ ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިން ނިކަމެތިކަމުގައި އުޅެންޖެހުމުގެ ޒިންމާ ނަގަންޖެހޭނީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ރިސޯޓުތަކުގެ ވެރިން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ. 

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓް މާރުކުރަންޖެހޭ ގޮތަށް ފާސް ކުރި ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ވަރަށް ނުރުހުމާއެކު މުއިއްޒު ވިދާޅުވީ، ރިސޯޓުތަކުގެ އޯނަރުން މުއްސަނދިވެފައި އެހެން އެންމެން ނިކަމެތިކަމުގައި އުޅެން ނުޖެހޭނެ ކަމަށެވެ. 

"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން [ނިކަމެތިކަމުގައި އުޅެން] ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް، އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ،" ރައީސް ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ، ރިސޯޓުތަކުން 40 ޕަސެންޓު މާރު ކުރަން މަޖުބޫރު ކުރުމުގެ ބަދަލުގައި ހަރަދާއި އިސްރާފު މަޑުޖައްސާލަން އެމަނިކުފާނަށް ބައެއް ބޭފުޅުން ނަސޭހަތްދެއްވި ކަމަށެވެ. 

"އަޅުގަނޑު ވީ ވައުދުތައްތޯ ހުއްޓާލަންވީ ނޫނިއްޔާ ތިމަންނަމެން ރިސޯޓު ހިންގައިގެން ލިބޭ ޑޮލަރުން ރައްޔިތުންނަށް ހައްގު މިންވަރު ދޭންވީތޯ، މިއީ ކުރަންވީ ސުވާލަކީ ތި ބޭފުޅުން ނޫސްވެރިން ވެސް. ކާކަށްތޯ އޮޅުވާލަނީ، އަމިއްލަ ނަފްސަށް އޮޅުވާލަނީ ކީއްކުރަންތޯ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށް ވިދާޅުވެ، މުއިއްޒު މިއަދު ވަނީ ރިސޯޓު އޯނަރުންނަށް އިންޒާރެއް ވެސް ދެއްވައިފަ އެވެ. 

"ރައްޔިތުންގެ ހައްގު އެބައޮތޭ، ރާއްޖޭގައޭ މި ހިންގަނީ މި ރިސޯޓުތައް. މިއީ ދައުލަތުގެ އެއްޗެއްސޭ. ދައުލަތުގެ އެއްޗެހި މިއީ. އެހެންވީމާ އަޅުގަނޑުމެން ކަންކަން ކުރަނީ ޒިންމާދާރުކަމާއެކީގައި،" މުއިއްޒު ވިދާޅުވި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސިއިރު، ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ރިސޯޓު ސަޕްލައި އާއި ތެޔޮ ބިލާއި ޓީޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި އާއި ރަށު ކުއްޔާއި ލޯނުތައް މިހާރު ވެސް ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox