ޑޮލަރު ކާރިސާ: އާންމުންނަށް ދަތިވާ ސިޔާސަތުތައް އެކުލަވައިލާތީ މުއިއްޒުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވަނީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވާން ފެށީ ޑޮލަރުގެ ތާށިކަން އިތުރުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރު ނުކުޅެދުމުން -- އާޓްވޯކް: އިސްމާއިލް އިމްދާދު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވާން ފެށީ ޑޮލަރުގެ ތާށިކަން އިތުރުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރު ނުކުޅެދުމުން -- އާޓްވޯކް: އިސްމާއިލް އިމްދާދު

ޑޮލަރުގެ ތާށިކަން ކުރިމަތިވެ ކާރިސާއަކަށް ބަދަލުވެފައިވާއިރު، އާންމު ރައްޔިތުންނަށް ދަތިވާ ސިޔާސަތުތައް ސަރުކާރުން އެކުލަވައިލާތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވާން ފަށައިފި އެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ވެސް ޑޮލަރުގެ ތާށިކަމާއި މުދަލުގެ އަގުބޮޑުވާ މައްސަލައަށް އެއްވެސް ލުޔެއް ނުލިބޭ މައްސައިގައި ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރި ގިނަ ބަޔަކު ދަނީ މުއިއްޒުގެ އިސްތިއުފާއަށް ގޮވައި ޕޯސްޓުތައް ކުރަމުންނެވެ.

އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުވެއްޖެ ކަމަށާއި މިހާރު ފުދިއްޖެ ކަމަށެވެ.

Advertisement

އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ރިސޯޓުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލުމަށް ވިސްނަމުންދާ ކަމަށް ސަރުކާރުން ހާމަކުރުމުންނެވެ.

"ވެރިކަން ދިނީ ވެސް އަހަރުމެން، ވެރިކަމުން ބާލާނީވެސް އަހަރުމެން،" މުސާރަތަކާ ނުކުޅުމަށް ސަރުކާރަށް އިންޒާރުކޮށް ފޭސްބުކްގައި އާތިފް ނަމަކަށް ކިޔާ މީހަކު ލިޔެފައިވެ އެވެ.

އެކަމާ ގުޅިގެން ހިޔާލުފާޅުކުރި އެހެން މީހަކު ބުނެފައި ވަނީ ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނާން ޖެހޭނެ ކަމަށާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ ރަސްމީ ރޭޓުގައި ބޭންކަށް މާރުކުރާނަމަ، އާންމު ރައްޔިތުން ބޭނުންވީމާ ރަސްމީ ރޭޓުގައި ޑޮލަރު ގަންނަން ވެސް ލިބެންޖެހޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވަނީ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމެއް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. ރާއްޖޭގައި ޑޮލަރުން ބައިވަރު މާލީ މުއާމަލާތް ކުރާ ކަމަށް އެމްއެމްއޭއިން ބޭނުންވަނީ 2030 ވަނަ އަހަރާ ހަމައަށް މި ބަދަލުތައް ގެނައުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މުސާރަތައް ވެސް މިހާރު އެ ދެއްވަނީ، މިސާލަކަށް ޓީއެމްްއޭއިން ބެލިކަމުގައި ވިޔަސް، އެގޮތަށް ރިސޯޓުތަކަށް ބެލިކަމުގައިވިޔަސް ޑޮލަރުން އިނގޭތޯ، އެހެންވީމާ މި ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންްޑު އިތުރުވެގެންދާނީ،" މުނައްވަރު ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ ބޭރު ފައިސާއިން މުސާރަ ލިބޭ އާންމު ރައްޔިތުން ވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކައި މަނީ ލޯންޑާ ކުރާކަމަށް ބުނެ ރައްޔިތުން ބަދުނާމުކޮށްފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވަނީ ހުއްދަ ނުނަގައި ޑޮލަރު އެކްސްޗޭންޖް ކުރާ ފަރާތްތަކުން އާމްދަނީ ހޯދުމާއި އެ އާމްދަނީން އެއްވެސް ބޭނުމެއް ކުރުމަކީ މަނީ ލޯންޑާ ކުރުން ކަމަށެވެ. 

ރިސޯޓުތަކާއި ބޮޑެތި ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ރިޕޯޓު ކުރުމާއި އެ ވާހަކަދެއްކުމަކީ ވެސް ކުށެއްކަމަށް ކަނޑައަޅަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox