ތިލަމާލެ ބްރިޖު މަތިން ފައިމަގުގައި މުއިއްޒު ވިލިމާލެއަށް ވަޑައިގެންފި

Aug 30, 2026, 6:39 PM
ބްރިޖުގައި މުއިއްޒު ހިންގަވަނީ

ބްރިޖުގައި މުއިއްޒު ހިންގަވަނީ

މާލެއިން ތިލަފުށްޓާ ދެމެދު ގުޅާލާ، ތިލަމާލެ ބްރިޖުގެ، ވިލިމާލެ އާއި މާލެއާ ދެމެދުގެ މައި އޮނިގަނޑު ގުޅާލުން ފާހަގަކުރުމުގެ ގޮތުން ބޮޑު ވަފުދަކާއެކު މާލެއިން ވިލިމާލެއަށް ހިންގަވާފައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންފި އެވެ.

މިއަދު ހަވީރު މުއިއްޒުއާއެކު ވިލިމާލެއަށް ހިންގެވި މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެކި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ.  

މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ މައިގަނޑު އެއްކޮށް ފުރިހަމަކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ބްރިޖު މަތީގައި ހުންނަވައި މީޑިއާތަކާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއުއިން ސަރުކާރުން ބާރު ސްޕީޑުގައި މަޝްރޫއުތައް ނިންމަން އިސްކަންދޭކަން ހާމަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ބްރިޖުން އާންމުނަށް ދަތުރުކުރަން ފެށޭނީ ބްރިޖުގެ ދެފަރާތުގައި ރެއިލިން ޖެހުމާއި ލައިޓުތައް ހަރުކުރުން ފަދަ ފިނިޝިން މަސައްކަތްތައް ނިމުމުން ކަމަށް އެފްކޮންސްއިން ބުނެފައިވެ އެވެ. 

އެމްޑީޕީގެ ސަރުކާރުން ތިލަމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 16، 2021 ގަ އެވެ. ފުރަތަމަ އެއްބަސްވީ މެއި 17، 2024 ގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަށެވެ. ނަމަވެސް ފަހުން ތާރީހު ބަދަލުކޮށް، ސެޕްޓެމްބަރު 30، 2026 ގައި މަސައްކަތް ނިންމަން އޮތީ އެއްބަސްވެފަ އެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ބްރިޖުގެ ކަނޑުއަޑީގެ ޖިއޯޓެކްނިކަލް ސަވޭތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް 2022 ގައި ކުރިއަށް ދިޔައެވެ. އަދި ގުޅީފަޅުގައި ބްރިޖުގެ ސެގްމަންޓްތައް ހަދާނެ ސަރަހައްދު ގާއިމުކުރި އެވެ. 

 ގުޅީފަޅު ސައިޓްގައި ސްޕަ-ސްޓްރަކްޗާ އަދި ޕްރީކާސްޓް ސެގްމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔައެވެ. ތިލަމާލެ ބްރިޖު ހަދަން ކަނޑުގައި ޖަހާ ތަނބުތައް ފެއްތުމުގެ މަސައްކަތް ފެށީ އޮގަސްޓް 18، 2023 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވިލިމާލޭ ސަރަހައްދުގައި މަސައްކަތްތަކާއި މާލޭ ކޮޅުން ބުރިޖުގެ މަސައްކަތްތައް އޮތީ ފަށާފަ އެވެ. އޭގެއިތުރުން ބްރިޖުގެ އެއްގަމުގައި ޖަހާ ހަތަރު ތަނބެއް ޕައިލްކޮށް ކެޕް އެޅުމުގެ މަސައްކަތް ފެށީވެސް އެމްޑީޕީގެ ވެރިކަމުގައި ފެބްރުއަރީ 2023، ގަ އެވެ.  

ނަމަވެސް، ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ހަގީގަތް އޮޅުވާލަން އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން އައިސް ފެށީ ގާތްގަނޑަކަށް ސުމަކުންނެވެ. އެގޮތުން ބްރިޖުގެ އެއްވެސް ތަނބެއްވެސް އެމްޑީޕީގެ ސަރުކާރުގައި ޖެހިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"މާލެ އާއި ވިލިގިއްޔާ ދޭތެރޭގައި މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ. ތަނބުތަކެއްވެސް ޖެހި އެކަހަލަ ކަމެއްވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑު ދަންނަވަންޏާ ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެކޭވެސް ދެންނެވިދާނެ އަމަލީ މަސައްކަތް. އޭގެކުރިން އެކަމަކު ދިޔަ އެތައް ދުވަސްތަކެއް ދެ އަހަރަށްވުރެ ގިނަ ދުވަސް މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނުފަހުން."

ނަމަވެސް، ރެކޯޑްތަކާއި، ސަރުކާރުގެ ބަޔާންތަކާއި، މީޑިއާތަކުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ފެށިގެން ކުރިއަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox