ޖޮކޮވިޗް ކަޓުވާލައި 19 އަހަރުގެ ފޮންސޭކާ ފްރެންޗް އޯޕަން ގަދަ 16 އަށް

May 30, 2026, 7:58 AM
ފްރެންޗް އޯޕަންގެ މެޗުގެ ތެރެއިން ފޮންސޭކާ (ކ) އާއި ޖޮކޮވިޗް މެޗަށް ފަހު

ފްރެންޗް އޯޕަންގެ މެޗުގެ ތެރެއިން ފޮންސޭކާ (ކ) އާއި ޖޮކޮވިޗް މެޗަށް ފަހު

ޕެރިސް (މެއި 30) - ސާބިއާގެ ލެޖެންޑަރީ ތަރި، ނޮވަކް ޖޮކޮވިޗް ކަޓުވާލައި، 19 އަހަރުގެ ބްރެޒިލްގެ ކުޅުންތެރިޔާ، ޖޮއާއޯ ފޮންސޭކާ، މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަންގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 

މުބާރާތުގެ ކުރީގެ ޗެމްޕިއަން، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، އަނިޔާގެ ސަބަބުން މި ފަހަރު ފްރެންޗް އޯޕަންގައި ނުކުޅޭއިރު، ދުނިޔޭގެ އެއް ވަނަ، އިޓަލީގެ ޖަނިކް ސިނާ ވަނީ ފްރެންޗް އޯޕަންގެ ދެ ވަނަ ބުރުން ކަޓައިފަ އެވެ.

އެހެންވެ، މުބާރާތުގެ ފޭވަރިޓެއް ކަމަށް ވެފައި އޮތީ، ތިން ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށްފައިވާ، 39 އަހަރުގެ ޖޮކޮވިޗް އެވެ. އެކަމަކު، ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދިގު ދެމިގެންދިޔަ މެޗަކަށް ފަހު، ފޮންސޭކާ އަތުން ބަލިވެ، ޖޮކޮވިޗް މި ވަނީ މުބާރާތުން ކަޓައިފަ އެވެ. 

ފޮންސޭކާ، މި މެޗުން މޮޅުވީ ފަހަތުން އަރަ އެވެ. އެއީ، ޖޮކޮވިޗް ފުރަތަމަ ދެ ސެޓު ގެންގޮސްފައި ވަނިކޮށެެވެ. ހަތަރު ގަޑިއިރާއި 53 މިނިޓް ވަންދެން ކުޅުނު މި މެޗުގައި ފަސް ސެޓު ކުޅުނުއިރު، ސެޓުތައް ދިޔައީ، 4-6 4-6 6-3 7-5 7-5 އިންނެވެ. މިއީ، މި ފަހަރުގެ ފްރެންޗް އޯޕަންގައި އެންމެ ދިގު މެޗެވެ. މެޗު ކުޅުނުއިރު، ހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގަ އެވެ. 

މެޗަށް ފަހު، ފޮންސޭކާ ބުނީ، ޔަގީނުން ވެސް މިއީ ކެރިއަރުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށާއި މެޗުގައި އެއްވެސް ވަރަކަށް އޭނާ އަށް މޮޅުވެވޭނެ ކަަމަށް ގަބޫލު ނުކުރެވޭ ކަމަށެެވެ. އަދި، އެންމެ ހައިރާންވާ ކަަމަކީ އެހާ ދިގުކޮށް ދިޔަ މި މެޗަށް ފަހު، އޭނާ އަށް ވުރެން ބޮޑަށް ފިޓްކޮށް ފެންނަނީ ޖޮކޮވިޗް ކަމަށާއި އެހެންކަމުން، މި ކާމިޔާބީ ހޯދަން އޭނާ ކުރަން ޖެހުނު ތަޖުރިބާ ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށެވެ. 

ފޮންސޭކާ އަކީ ދެ ސެޓު ފަހަތުން އަރައި، ޖޮކޮވިޗް އަތުން މޮޅުވި ދެ ވަަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ޖޮކޮވިޗް މި ގޮތަށް ބަލިވީ މީގެ 16 އަހަރު ކުރިން، 2010 ވަނަ އަހަރުގެ ފްރެންޗް އޯޕަންގަ އެެވެ. 

ޖޮކޮވިޗް ވަނީ މި މެޗުގައި ފޮންސޭކާގެ ފަރާތުން ފެނުނު ހިތްވަރާއި ދެއްކި ކުޅުމުގެ ސަބަބުން ޔަގީންވާ ކަމަކީ މިއީ، އޭނާ އަށް ކާމިޔާބުވުން ހައްގު މެޗެއް ކަމަށް ބުނެފަ އެވެ. އަދި، މިހާރު އުމުރު ހުރި ގޮތުން، އަންނަ އަހަރުގެ ފްރެންޗް އޯޕަން ކުޅެން އެނބުރި އާދެވޭނެ ކަމުގެ ސީދާ ޔަގީންކަމެއް ނުދެވޭނެ ކަމަށް ވެސް ޖޮކޮވިޗް ވަނީ ބުނެފަ އެވެ. 

ސައުވީސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި ހޯދާފައިވާ ޖޮކޮވިޗް ބުނީ، ކެރިއަރުގައި މަދު ފަހަަރަކު ނޫނީ ދެ ސެޓު ކުރީގައި އޮވެފައި މެޗަކުން ބަލިނުވާ ކަަމަށެވެ. އަދި، މިހާރު ކަންކަން ކުރިއަށްދާ ގޮތުން ކެރިއަރު ކުރިއަށްގެންދާއިރު، އިތުރު ޗެލެންޖުތަކާ ދިމާވާނެ ކަމަށާއި ފިޓްކޮށް ހުރެގެން ވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން ޔަގީންވެފައިވާ ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox