މެޑްރިޑް އޯޕަންގައި އަލްކަރާޒް އާއި ޖޮކޮވިޗް ނުކުޅޭނެ

Apr 18, 2026, 9:54 AM
މެޗެއްގެ ތެރެއިން ކާލޯސް އަކްލަރާޒް (ކ) އާއި ނޯވަކް ޖޮކޮވިޗް: ދެ ކުޅުންތެރިން ވެސް އަންނަނީ އަނިޔާގެ މައްސަލަ އަކަށް ފަރުވާ ހޯދަމުން

މެޗެއްގެ ތެރެއިން ކާލޯސް އަކްލަރާޒް (ކ) އާއި ނޯވަކް ޖޮކޮވިޗް: ދެ ކުޅުންތެރިން ވެސް އަންނަނީ އަނިޔާގެ މައްސަލަ އަކަށް ފަރުވާ ހޯދަމުން

މެޑްރިޑް (އޭޕްރީލް 18) - އަނިޔާގެ މައްސަލަ އަކަށް ފަރުވާ ހޯދަމުން އަންނާތީވެ، މަޝްހޫރު ދެ ތަރިން ކަމަށްވާ، ކާލޯސް އަލްކަރާޒް އާއި ނޮވަކް ޖޮކޮވިޗް، އަންނަ ހަފްތާގައި ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ނުކުޅެން ނިންމައިފި އެވެ. 

ދުނިޔޭގެ ދެ ވަނައިގައި އޮތް އަލްކަރާޒް، 22، ވަނީ މި ހަފްތާގައި އޮތް ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުން ވެސް ނަން ނަގައިފަ އެވެ. އަލްކަރާޒްގެ އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނައިރު، އެއްކޮށް ފިޓްނުވަނިސް ކުޅެން ބޭނުންނުވާ ކަމަށް އޭނާގެ މެޑިކަލް ޓީމުން ވަނީ އަންގައިފަ އެވެ. 

އަލްކަރާޒް ބުނީ، އަންނަ އަންގާރަ ދުވަހު ފަށާ މެޑްރިޑް އޯޕަން އަކީ މި އަހަރު ވަރަށް ބޮޑު އަމާޒެއް ކަނޑައެޅި މުބާރާތެއް ކަމަށާއި އެ މުބާރާތުގައި ބައިވެރިނުވެވުމަކީ ލިބުނު ދެރައެއްގެ އިތުރުން ހިތާމަ ކުރާނެ ކަމެއް ކަމަށެވެ. 

"މެޑްރިޑަކީ އަހަރެންގެ ގެ. މުޅި ޓެނިސް ކަލަންޑަރަށް ބެލިޔަސް އަހަރެން އެންމެ ޝައުގުވެރިވާ އެއް މުބާރާތް. އެހެންވެ، އަހަންނަށް ލިބޭ ބޮޑު ހިތާމައެއް އެއީ ޖެހިޖެހިގެން ދެ އަހަރު މި މުބާރާތް ނުކުޅެ ހުންނަން ޖެހުމަކީ. ހާއްސަ ގޮތެއްގައި، އަހަރެންގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެލަން ފުރުސަތު ނުލިބި މި ގޮތަށް ވާތީ ވެސް ވަރަށް ދެރަވޭ،" ގްރޭންޑް ސްލޭމް ހަތް މުބާރާތް ކާމިޔާބުކޮށްފައިވާ އަލްކަރާޒް ބުންޏެވެ. 

އަލްކަރާޒް މަސައްކަތް ކުރަމުން އަންނަނީ، އަންނަ މަހުގެ 18 އިން ޖޫން 7 އަށް ކުރިއަށްދާ ފްރެންޗް އޯޕަން އަށް ފިޓްވުމަށެވެ. މިދިޔަ ދެ ފަހަރު ވެސް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަލްކަރާޒް އެވެ. 

މިދިޔަ މަހު، އިންޑިއަން ވެލްސްގެ ހަތަރު ވަނަ ބުރުގައި ޖޭކް ޑްރެޕާ އަތުން ބަލިވި ފަހުން ޖޮކޮވިޗް އަދި ރަސްމީ މެޗެއްގައި ކުޅެފައިނުވެ އެވެ. ގްރޭންޑް ސްލޭމް 24 މުބާރާތުގެ ތަށި ހޯދާފައިވާ އުމުރުން 38 އަހަރުގެ ޖޮކޮވިޗަށް އެންމެ ފަހުން ކުރިއަށްދިޔަ ޓެނިހުގެ މާސްޓާސް 1000 ގެ ދެ މުބާރާތް، މިއާމީ އާއި މޮންޓެކާލޯގައި ނުކުޅެވުނީ ކޮނޑަށް ލިބިފައިވާ އަނިޔާއަކާ ހެދި އެވެ.

ރޭންކިންގެ ހަތަރު ވަނައިގައި އޮތް ޖޮކޮވިޗް ބުނީ، އަންނަ ހަފްތާގައި އޮތް މެޑްރިޑް އޯޕަންގައި ވެސް ނުކުޅެވޭނެ ކަމަށާއި އަދިވެސް ކުރިއަށްދަނީ، އަނިޔާ އިން ރިކަވާވުމުގެ މަރުހަލާ ކަމަށެވެ. އަދި، އުންމީދަކީ އެއްކޮށް ފިޓްވެގެން އަނބުރާ ކުޅުމަށް ނުކުތުމަށް ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox