ލަޔަންސް ބަލިކޮށް އެޗްޑީސީ ވީއޭއެމް ކަޕްގެ ސެމީގެ ފުރުސަތު ބޮޑުކޮށްފި

Aug 15, 2026, 5:33 AM
ވީއޭއެމް ކަޕްގައި ލަޔަންސް ސްޕޯޓްސް ކްލަބާއި ކްލަބް އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވީއޭއެމް ކަޕްގައި ލަޔަންސް ސްޕޯޓްސް ކްލަބާއި ކްލަބް އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ދެ ވަނަ މެޗުން ކްލަބް އެޗްޑީސީން ލަަޔަންސް ރެކްރިއޭޝަން ކްލަބް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު، ގްރޫޕް އޭގައި އެޗްޑީސީ އާއި ލަޔަންސް އިން ކުޅުނު ފުރަތަމަ މެޗުތަކުން ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުން ބޭއްވި ވީއޭއެމް ކަޕްގެ ރަނަރަޕް އެޗްޑީސީން ލަޔަންސްގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ. 

ގްރޫޕްގެ ތާވަލަށް ބަލާއިރު، އެޗްޑީސީ އޮތީ ދެ މެޗުން ފަސް ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ލަޔަންސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޕޮލިސް ކްލަބް އޮތީ އިއްޔެ ހަވީރު ޔުނައިޓެޑް ހެންވޭރިއަންސް ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޔުނައިޓެޑް ހެންވޭރިއަންސް އަށް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ލިބިފައި ނުވެ އެވެ. 

އެޗްޑީސީ އަށް ބާކީ އޮތް މެޗަކީ ދެ މެޗުން ވެސް ބަލިވެފައި އޮތް ޔުނައިޓެޑް ހެންވޭރިއަންސްއާ ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން ޕޮލިހާއި ލަޔަންސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، އެޗްޑީސީ ދެން އޮތް މެޗު ކުޅުމުގެ ކުރިން ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. 

އަލީ ހުޒާމް (ހުޒަންޓެ)ގެ ކެޕްޓަންކަމުގައި ކުޅޭ ލަޔަންސް އިން ރޭ ފުރަތަމަ ދެ ސެޓު ގެންދިޔައީ، 20-25، 22-25 އިންނެވެ. އެކަމަކު، ވަރުގަދަ ސްކޮޑަކާ އެކު، މި ފަހަރު ނުކުތް އެޗްޑީސީން މޮޅުވީ ފަހަތުން އަރަ އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ޝަމާއިލް ހުސެއިންގެ އިތުރުން ދާދި ފަހުން ނިމުނު ރާއްޖެ ސުޕަ ލީގުގެ މޮޅު ކުޅުންތެރިޔާ، ހަސަން ނިލާމް (ޕާޓޭ) ވެސް ކުޅޭ އެޗްޑީސީ ވަނީ ފުރަތަމަ ދެ ސެޓު ގެއްލުމުން، ދެން ކުޅުނު ތިން ސެޓު ނަގައި، މެޗުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 25-17، 25-17 އަދި 15-7 އިންނެވެ. 

މި ގްރޫޕްގައި އިއްޔެ ހަވީރު، ޔުނައިޓެޑް ހެންވޭރިއަންސް އަތުން ޕޮލިސް މޮޅުވިިއިރު، ސެޓުތައް ގެންދިޔައީ، 25-16، 25-16 އަދި 25-21 އިންނެވެ. 

މުބާރާތުގައި މިއަދު އޮތީ ގްރޫޕް ބީގެ މެޗުތަކެވެ. ހަވީރު ކުޅޭނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އެމްޓީސީސީ އެވެ. އަދި، މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ކުޅޭނީ ސަން ސްޕޯޓްސް ކްލަބާ އެވެ. ސިފައިން ފުރަތަމަ މެޗުން ފަސް ސެޓަށް ގޮސްގެން ދަޑިމަގު ބަލިކުރިއިރު، އެމްޓީސީސީން ވަނީ ސަން ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox