ދިރާގު މާލެ އޯޕަން ފެތުންތެރިންނަށް އިނާމު ދީފި

Aug 31, 2026, 10:50 AM
ދިރާގު މާލެ އޯޕަން 2026 ގެ  ފެތުންތެރިންނަށް އިނާމު ދީފި

ދިރާގު މާލެ އޯޕަން 2026 ގެ ފެތުންތެރިންނަށް އިނާމު ދީފި


ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު މި މުބާރާތުގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު ހަވާލުކޮށްފިއެވެ. 420 އަށްވުރެ ގިނަ ފެތުންތެރިންނާއެކު ކުރިއަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ ހަރަކާތެވެ.

Advertisement
ދިރާގު މާލެ އޯޕަން 2026 ގެ  ފެތުންތެރިންނަށް އިނާމު ދީފި
ދިރާގު މާލެ އޯޕަން 2026 ގެ ފެތުންތެރިންނަށް އިނާމު ދީފި

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވައިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

އުމުރުން 6 އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ. މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ ރަހުމަތްތެރިންނާއި، އާއިލާއާއެކު، އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރުސަތަކަށެވެ.

މި ގޮތުން، ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:

މުޅި މުބާރާތުން:

·       އެންމެ މޮޅު އަންހެން އެތުލީޓް: އަޔެޝާ ޒާޔާ ހުސައިން

·       އެންމެ މޮޅު ފިރިހެން އެތުލީޓް: އިބްރާހަމް ޔުއާން ޝަމީމް

·       އެންމެ މޮޅު ސްވިމިންގ ކްލަބް: މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމް.އެލް.އޭ)

1 ކިލޯމީޓަރުގެ ކެޓަގަރީ:

·       އަންހެން އެއްވަނަ: މެރަލް އައިން ލަތީފް

·       އަންހެން ދެވަނަ: އަލްޔާ އަޝްރަފް

·       އަންހެން ތިންވަނަ: އައިޝަތު އަލީނާ ޝާހިދު

·       ފިރިހެން އެއްވަނަ: އިބްރާހިމް ޔުއާން ޝަމީމް

·       ފިރިހެން ދެވަނަ: ޔޫސުފް ޒިޔާން ޒާހިދު

·       ފިރިހެން ތިންވަނަ: އިޒްޔާން ނާޒިމް

500 މީޓަރުގެ ކެޓަގަރީ:

·       އަންހެން އެއްވަނަ: އަޔެޝާ ޒާޔާ ހުސައިން

·       އަންހެން ދެވަނަ: ފާތިމަތު ލައްޔާހް ޝާހިދު

·       އަންހެން ތިންވަނަ: އާއިޝަތު އައިޝްކާ ސަމީރު

·       ފިރިހެން އެއްވަނަ: އިބްރާހީމް ޔުއާން ޝަމީމް

·       ފިރިހެން ދެވަނަ: މުހައްމަދު އަރާން ޝަމީމް

·       ފިރިހެން ތިންވަނަ: ނޫމާން މުހައްމަދު ނަސީފް

މި އަހަރުގެ މުބާރާތުން ވެސް ރާއްޖޭގައި އޯޕަން ވޯޓަރ ފެތުމަށް އޮތް ޝައުގުވެރިކަމާއި ތަރުހީބު އިތުރުވަމުންދާ މިންވަރު ވަނީ ފެނިގެންގޮސްފައެވެ. މި ގޮތުން، ވޭތުވެ ދިޔަ އަހަރު 350 ފެތުންތެރިން ބައިވެރިވި މި މުބާރާތުގައި މި އަހަރު 420 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި އުންމީދީ ޒުވާން ފެތުންތެރިންނާއި ތަޖުރިބާކާރު ފެތުންތެރިން ހިމެނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox