ދިރާގު މާލެ އޯޕަން ފެތުންތެރިންނަށް އިނާމު ދީފި
ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2025" ފެތުމުގެ މުބާރާތް 420 އަށްވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައި، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފިއެވެ. ތަފާތު އުމުރުފުރާތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ މުޅި މުބާރާތުން އެންމެ މޮޅު އަންހެން އެތުލީޓަކަށް އަޔެޝާ ޒާޔާ ހުސައިން އަދި ފިރިހެން އެތުލީޓަކަށް އިބްރާހަމް ޔުއާން ޝަމީމް ވަނީ ހޮވިފައެވެ.