ޗެމްޕިއަން އިންޓަ ކުރިއަށް، ކޯމޯ އިން ނަޕޯލީ ބަލިކޮށްފި

Aug 31, 2026, 6:33 AM
ކަލިއަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޓަގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ކަލިއަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޓަގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ނޭޕްލްސް، އިޓަލީ (އޮގަސްޓް 31) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނުން ރޭ ކަލިއަރީ އަތުން 1-0 އިން މޮޅުވެ، މި ފަހަރުގެ ސީޒަނުގައި ލީގުގެ ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، ކޯމޯ އިން 2-1 އިން ނަޕޯލީ ބަލިކޮށްފި އެވެ. 

ކަލިއަރީ އަތުން އިންޓަ އިން މި ވަނީ އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުގައި ކަލިއަރީ ދަނޑުގައި އިންޓަ އަށް މޮޅެއް ހޯދުނީ ޖުމްލަކޮށް ބަލާއިރު މުޅި މެޗުގައި ވެސް ވަރަށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކޮށްގެންނެވެ.

ރޭގެ މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ނުވަ ވަނަ މިނިޓްގައި ޖެހީ ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ އެވެ. މިއީ، ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޗަނޮނޯލޫ ޖެހި ގޯލެކެވެ. ލީގުގައި އިންޓަ އިން ކުޅުނު ފުރަތަަމަ މެޗުގައި މޮންޒާ ކޮޅަށް ވެސް އިންޓަ އަށް ލީޑުނަގައިދިނީ ޗަނޮނޯލޫ އެވެ. 

Advertisement

މެޗުގެ 28 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުފުޅާކޮށްދޭން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ފެޑެރީކޯ ޑި މާކޯ ފޮނުވާލި ބޯޅަ ކަލިއަރީގެ ކީޕަރު، އެލިއާ ކަޕީލޭ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ބަރޭލާ ޖެހި ބޯޅަ ކަލިއަރީ ޑިފެންޑަރު، ރޮޑްރިގޭޒް ވަނީ ސަލާމަތްކޮށްފަ އެވެ. މި މެޗުގައި އިންޓަގެ ފޯވާޑް، ޕިއޯ އެސްޕޮސީޓޯ ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު ކަޕީލޭ ވަނީ މަތަކޮށްފަ އެވެ. އަދި، އިންޓަގެ ލައުޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. 

ރޭގެ މެޗަށް ނުކުތްއިރު، ކޯމޯ ވަނީ މި ފަހަރު ލީގުގައި ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ. އަނެއްކޮޅުން، މަސިމޯ އަލެގްރީ ކޯޗުކަމުގައި މި ފަހަރު ކުޅޭ ނަޕޯލީން ފުރަތަމަ މެޗުން މޮޅުވި އެވެ. ރޭގެ މެޗަކީ ނަޕޯލީ ދަނޑުގައި އަލެގްރީގެ ފުރަތަމަ މެޗު ނަމަވެސް، އޭނާ އަތުން، ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ އިން މޮޅުވެ، މި ފަހަރުގެ ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދި އެވެ. 

ނޭޕްލްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި ކޯމޯ އިން ލީޑުނެގީ އޭރިއާތެެރެއިން ކްރޮއޭޝިއާގެ މިޑްފީލްޑަރު، މާޓިން ބަޓުރީނާ ޖެހި ގޯލުންނެވެ. ބަޓުރީނާ ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ތިރީ ކަަނަށް ފޮނުވާލައިފަ އެވެ. 

ނަޕޯލީ އަށް އެއްވަރުކޮށްދޭން ނޯވޭގެ ނޯއާ ލާންގް އަށް ލިބުނު ފުރުސަތުގައި ބޮލުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އެ ޓީމުގެ ޑެންމާކް ފޯވާޑް، ރަސްމުސް ހޮއިލަންޑަށް ލިބުނު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ނަޕޯލީން އެއްވަރުކުރިތާ މާ ލަސްތަކެއް ނުވެ، ކޯމޯ އިން އަނެއްކާ ލަނޑު ޖަހައި ލީޑުނެގި އެވެ، މިއީ، ނަޕޯލީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ބަޓުރީނާ ދިން ބޯޅައަކުން އަނަސްޓަސިއޯސް ޑުވީކާސް ޖެހި ގޯލެކެވެ. 

އިޓާލިއަން ލީގުގެ އާ ސީޒަނުގައި، މިހާތަނަށް، އިންޓަ، އޭސީ މިލާން، ޔުވެންޓަސް އަދި ލާޒިއޯ އިން ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox