އަލްވަރޭޒްގެ ޑީލް ކުރިއަށްނުދާތީ ބާސެލޯނާ އިން ލައުޓާރޯ މާޓީނޭޒް އަށް ފާރަލަނީ

Aug 20, 2026, 10:33 AM
އިންޓަގެ ފޯވާޑް ލައުޓާރޯ މާޓީނޭޒް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިންޓަގެ ފޯވާޑް ލައުޓާރޯ މާޓީނޭޒް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (އޮގަސްޓް 20) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން ބާސެލޯނާ އިން ކުރާ މަސައްކަތް ކާމިޔާބުވާގޮތެއް ނުވާތީވެ، އެ ކްލަބުން އިންޓަ މިލާންގެ އާޖެންޓީނާ ފޯވާޑް، ލަައުޓާރޯ މާޓީނޭޒް ގެނެވޭތޯ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އެތުލެޓިކޯގެ މެނޭޖްމަންޓުން ވަނީ އެއްވެސް އަަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަލްވަރޭޒް ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެެ.  ރޮބަޓް ލެވަންޑޯސްކީ އާއި ފެރަން ޓޮރޭސް، ބާސެލޯނާ އިން ގޮސްފައިވާއިރު، އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ވަނީ ކްލަބްގެ މެނޭޖްމަންޓުގައި ފޯވާޑެއް ގެންނަން އެދިފަ އެވެ. 

އިންޓަގެ ކެޕްޓަން، މާޓީނޭޒް އަކީ އެ ޓީމުން މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މިހާތަނަށް މާޓީނޭޒް އަށް އެއްވެސް ބިޑެއް ބާސެލޯނާ އިން ކޮށްފައިނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން މި ވަގުތު ދެނެގަންނަން މަސައްކަތް ކުރަނީ، އެ ކްލަބަށް ބަދަލުވާން މާޓީނޭޒްގެ ޝައުގުވެރިކަން ހުރި މިންވަރެވެ. އަދި، މާޓީނޭޒް، ބާސެލޯނާގެ އޮފާ ގަބޫލުކުރަން ތައްޔާރުނަމަ، ރަސްމީކޮށް އިންޓައާ އެކު މަޝްވަރާގެ މޭޒަށް ދިއުމަށް ބާސެލޯނާގެ ލީޑަޝިޕުން ނިންމާނެ އެވެ. 

Advertisement

އެކަމަކު، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޓަގެ ވިސްނުމަކީ އެއްވެސް އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޓީނޭޒް ދޫކޮށް ނުލުމެވެ. އަދި، އިންޓަގެ ކޯޗު، ކްރިސްޓިއަން ކީވޫ ވެސް ވަނީ މާޓީނޭޒަކީ ކުރިއަށް އޮތް ސީޒަނަށް އޭނާގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. 

އާޖެންޓީނާގެ ރޭސިން ކްލަބްގެ ޔޫތު ޓީމުން ފަށައި ފަހުން އެ ކްލަބްގެ ސީނިއާ ޓީމަށް ތިން އަހަރު ކުޅުމަށް ފަހު މާޓީނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު 27 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ އިން މީގެ ދެ އަހަރު ކުރިން ވެސް މާޓީނޭޒްގެ ސޮއި ހޯދަން މަސައްކަތްކުރި އެވެ. އެކަމަކު، އެ ފަހަރު ވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. 

އިންޓައާ އެކު، މާޓީނޭޒް މި ވަގުތު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މާޓީނޭޒް ވަނީ އިންޓަ އަށް މިހާތަނަށް ކުޅެދިން، 376 މެޗުން 175 ލަނޑު ޖަހައި، 56 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މާޓީނޭޒް ވަނީ އިންޓައާ އެކު، އިޓާލިއަން ލީގާއި އިޓާލިއަން ކަޕް، ކޮންމެ މުބާރާތެއް ތިން ފަހަރު ކާމިޔާބުކުރުމުގެ އިތުރުން، އިޓާލިއަން ސުޕަ ކަޕް ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު އަދި ޔޫރޮޕާ ލީގުގެ ފައިނަލަށް އެއް ފަހަރު ދަތުރުުކުރިއިރު، ކާމިޔާބު ލިބޭ ގޮތެއްނުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox