ޗެމްޕިއަން އިންޓަ ފެށީ ގަދަކޮށް، ނަޕޯލީ އަށް ވެސް މޮޅެއް

Aug 23, 2026, 9:18 AM
އިންޓަގެ ފުރަތަމަ ލަނޑު ޖެހި ތުރުކީގެ މިޑްފީލްޑަރު، ޗަނޮނޯލޫ އުފާފާޅުކުރަނީ.

އިންޓަގެ ފުރަތަމަ ލަނޑު ޖެހި ތުރުކީގެ މިޑްފީލްޑަރު، ޗަނޮނޯލޫ އުފާފާޅުކުރަނީ.

މިލާން (އޮގަސްޓް 23) - އިޓާލިއަން ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނުން ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން މޮންޒާ ބަލިކޮށް ގަދަކޮށް ފެށިއިރު، ޖެނޯއާ އަތުން 2-0 އިން ނަޕޯލީ މޮޅުވެއްޖެ އެވެ. 

މިދިޔަ ސީޒަނުގެ ޗެމްޕިއަން، އިންޓަ އިން އާ ސީޒަނުގެ ލީގުގެ ފުރަތަމަ މެޗު ފަށައިގެން ހަ މިނިޓް ތެރޭ ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ އެވެ. އޭރިއާ ކައިރިން ލިބުނު ފުރުސަތުގައި ޗަނަނޯލޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އިންޓަގެ ނިކޯލޯ ބަރޭލާ އަށް އެ ޓީމުގެ ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. 

މެޗުގެ 29 ވަނަ މިނިޓްގައި މޮންޒާ އިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގުސްޓާވޯ ވަރޭލާ އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ވަރޭލާ ވަނީ ތިރިތިިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. 

އިންޓަ އިން މެޗު ކާމިޔާބުކުރީ ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ދެވަނަ ހާފު ފަށައިގެން ތިން ވަަނަ މިނިޓްގައި، ޕޮލެންޑްގެ މިޑްފީލްޑަރު، ޕިއޮޓްރޭ ޒިއެލިންސްކީ ވަނީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ލަނޑު ޖެހިތާ މާ ލަސްތަކެއް ނުވެ، އިންޓަ އިން މި ފަހަރު ލީޑުފުޅާކުރި އެވެ. މިއީ، މެޗުގެ 55 ވަނަ މިނިޓްގައި، ޕިއޯ އެސްޕޮސީޓޯ ޖެހި ގޯލެކެވެ. 

މެޗުގެ ތިން ޕޮއިންޓް އިންޓަ އިން ކަށަވަރުކުރި ލަނޑު ޖަހާފައިވަނީ، 63 ވަނަ މިނިޓްގަ އެވެ. މި ލަނޑު ކާމިޔާބުކުރީ ޔެން ބިސެކް އެވެ. މިއީ، އެސްޕޮސީޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ބިސެކް ކާމިޔާބުކުރި ގޯލެކެވެ.  އިންޓަ އަށް ފަސް ވަނަ ލަނޑެއް ޖަހައިދޭން މެނުއަލް އަކަންޖީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. 

މެޗަށް ފަހު، އިންޓަގެ ކޯޗު ކްރިސްޓިއަން ކީވޫ ބުނީ، ފުރަތަމަ ހާފު ދިޔައީ ބޭނުންވި ގޮތަށް ނޫން ނަމަވެސް، ދެ ވަނަ ހާފުގައި ގިނަ ކަންކަން ރަނގަޅުކޮށްގެން މޮޅަކުން ސީޒަން ފެށުމަކީ ކޮންފިޑެންސަށް ރަނގަޅު ކަމެއް ކަމަށެވެ. 

މިދިޔަ ސީޒަނުގައި ލީގުގެ ރަނަރަޕް، ނަޕޯލީން މި ސީޒަނުގައި ކުޅެމުން އަންނަނީ، މެސިމޯ އަލެގްރީގެ ކޯޗުކަމުގަ އެވެ. ފުރަތަމަ ހާފުގައި ނަޕޯލީ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ޖެނޯއާ އިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވެ އެވެ. ނަޕޯލީން މެޗު ބަދަލުކޮށްލީ ދެ ވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކު އެެވެ. އެ ގޮތުން، ކެވިން ޑި ބްރޭނާ، ވާގާރާ އަދި ނޯއާ ލޭންގް ކުޅެން ނުކުތެވެ. 

ނަޕޯލީން ލީޑުނެގީ ޑި ބްރޭނާ ޖެހި ގޯލުންނެވެ. ދެ ވަނަ ލަނޑުގައި ވެސް ޑިބްރޭނާގެ ދައުރު އެބައޮތެވެ. އޭނާ ދިން ބޯޅައަކުން ވާގާރާ ފޮނުވާލި ޝޮޓް ގޯލަށް ވަނީ ޖެނޯއާގެ ޑިފެންޑަރު، ސަބެސްޓިއަން އޮޓޯއާ ފައިގައި ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox