އަމޮރިމްގެ ފުރަތަމަ މެޗުން މިލާނަަށް މޮޅެއް

Aug 24, 2026, 10:57 AM
ޓޮރީނޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މިލާންގެ ރަބިއޯ އުފާފާޅުކުރަނީ

ޓޮރީނޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މިލާންގެ ރަބިއޯ އުފާފާޅުކުރަނީ

މިލާން (އޮގަސްޓް 24) - މި ސީޒަނުގައި އޭސީ މިލާންގެ ކޯޗުކަމާ ހަވާލުވި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަަމަ މެޗުން އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 2-1 އިން މޮޅުވެއްޖެ އެވެ. 

ރޭގެ މެޗުގައި މިލާނަށް ނަތީޖާ ނެރެދިނުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކުރީ ބެންޗުން އެރި ފްރާންސްގެ މިޑްފީލްޑަރު، އެޑްރިއަން ރަބިއޯ އެވެ. އެ ގޮތުން، އާޑޮން ޖަޝާރީގެ ބަދަލުގައި ކުޅެން އެރިތާ އަށް މިނިޓް ތެރޭ ރަބިއޯ ދިން ބޯޅައަކުން އަލްފަޑްްޖޯ ސީސޭ ވަނީ މިލާނަށް ލީޑުނަގައިދީފަ އެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ވެސް މިލާނަށް ލަނޑު ޖަހަން ފުރުސަތު ލިބި ދިޔައީ ބޭނުމެއް ނުކުރެވި އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި ގޯލު ޖަހަން ލިބުުނު ފުރުސަތުތަކުގައި މިލާނުން ވަނީ ތަފާތު ދައްކައިފަ އެވެ. ސީސޭ އަށް ލަަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިންތާ ތިން މިނިޓަށް ފަހު، ރަބިއޯ ވަނީ  މިލާނަށް ދެ ވަނަ ލަނޑެއް ޖަހައިދީ ލީޑުފުޅާކޮށްދީފަ އެވެ. މި ލަނޑު ޖަހަން ރަބިއޯ އަށް ފުރުސަތު ހޯދައިިދިނީ ސެމުއެލް ޗުކުވޭޒީ އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ޓޮރިނޯ އިން ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޗޭ އެޑަމްސް އެވެ. 

އަމޮރިމް އަކީ 2009 ވަނަ އަހަރުގެ ފަހުން މިލާންއާ ހަވާލުވި ކޯޗުންގެ ތެރެއިން، އިޓަލީ އަށް ނިސްބަތްނުވާ ކޯޗުންނަށް ބަލާއިރު، މިލާނާ އެކު ލީގުގެ ފެށުން މޮޅަކުން ފާހަގަކުރި ފުރަތަމަ ކޯޗެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ 2009 ވަނަ އަހަރު މިލާންގެ ކޯޗަކަށް ހުރި ލިއޮނާޑޯ އެވެ. އެ ފަހަރު މިލާން ވަނީ 2-1 އިން ސިއޭނާ ބަލިކޮށްފަ އެވެ. 

ލީގުގައި ރޭ ޔުވެންޓަސް އިން ކުޅުނު މެޗުން ވަނީ ޖެލްސަން ބްރެއިމާގެ ހަމައެކަނި ގޯލުން 1-0 އިން ފްރޮސިނޯނޭ ބަލިކޮށްފަ އެވެ. އެޓަލަންޓާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ 2-1 އިން ސަސުއޯލޯ އަތުން ކުރިހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox