ނަޕޯލީ ދޫކޮށް ލުކާކޫ ފެނަބާޗޭ އަށް

Aug 13, 2026, 7:07 AM
ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.

ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 13) - ނަޕޯލީ ދޫކޮށް ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، ރޮމެލޫ ލުކާކޫ، ތުރުކީގެ ސުޕަ ލީގުގެ ގަދަބާރު، ފެނަބާޗޭ އަށް ސޮއިކޮށްފި އެެވެ. 

އުމުރުން 33 އަހަރުގެ ލުކާކޫ، ފެނަބާޗޭ އަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ފެނަބާޗޭ އިން ބޭނުންވެއްޖެނަމަ، ތިން ވަނަ އަހަރަކަށް ވެސް ލުކާކޫ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު އެބައޮތެވެ.

ލުކާކޫގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މި ވަގުތު ދެއްކީ އަށް މިިލިއަން ޑޮލަރެވެ. އެކަމަކު، އެ ކްލަބްގައި ހޭދަކުރާ މުއްދަތުގައި ލުކާކޫ ހާސިލްކުރާ ކަންތައްތަކެއްގެ މައްޗަށް އިތުރު ޕޭމަންޓްތަކެއް މި ޑީލުގެ ތެރެއިން ނަޕޯލީ އަށް ދޭން ޖެހޭނެ އެވެ. އެ ގޮތުން ބަލާއިރު، ލުކާކޫގެ ޖުމްލަ ފީ 15 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ. 

Advertisement

ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކުޅެފައިވާ ލުކާކޫ ބުނީ، ފެނަބާޗޭ ކަހަލަ މުއްސަނދި ތާރީހެއް އޮތް ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުނީތީވެ، ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި، ފެނަބާޗޭ ހާސިލްކުރަން ކަނޑައަޅާފައިވާ ޓާގެޓްތަކާ ހަމައަށް އެ ކްލަބް ގެންގޮސްދިނުމަށްޓަކައި، ކޮންމެ ޓްރެއިނިން އަކާއި މެޗެއްގައި ވެސް ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ. 

މިދިޔަ ސީޒަނަކީ ކްލަބް ކެރިއަރުގައި ލުކާކޫ އަށް ޗެލެންޖިން އަހަރެކެވެ. އެ ގޮތުން، އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ލުކާކޫ އަށް އިޓާލިއަން ލީގުގައި ކުޅުނު ހަތް މެޗުން ޖެހުނީ އެންމެ ގޯލެކެވެ. އަނިޔާ އިން ކޮންމެ ވެސް ވަރަކަށް ރިކަވާވެގެން، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގައި ޖުމްލަކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުކާކޫ ވަނީ ބެލްޖިއަމް އަށް ތިން ގޯލު ޖަހައިދީފަ އެވެ. 

ފެނަބާޗޭ އަކީ ލުކާކޫ، އޭނާގެ ކެރިއަރުގައި ކުޅޭ ނުވަ ވަނަ ކްލަބް އެވެ. އެ ގޮތުން، މީގެ ކުރިން، އަންޑަލެކްޓް، ޗެލްސީ، ވެސްޓް ބްރޮމްވިޗް އަލްބިއަން، އެވަޓަން، މެންޗެސްޓާ ޔުނައިޓެޑް، އިންޓަ މިލާން، ރޯމާ އަދި ނަޕޯލީ އަށް ކުޅެފައިވެ އެވެ. މީގެ ތެރެއިން، ޗެލްސީ އާއި އިންޓަ އަށް ދެ ފަަހަރެއްގެ މަތިން ކުޅެފައިވެ އެވެ. 

ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ލުކާކޫ ވަނީ، 132 މެޗުން 93 ލަނޑު ޖަހައިފަ އެވެ. މުޅި ޖުމްލަ ކެރިއަރަށް ބަލާއިރު، ކްލަބްތަކަށް ކުޅެދިން، 692 މެޗުން 324 ލަނޑު ޖަހައި، 100 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox