ހިލޭ ޓްރާންސްފާއެއްގައި ސްޓޯންސް އިންޓަ އަށް ސޮއިކޮށްފި

Jul 31, 2026, 10:33 AM
އިނގިރޭސި ޑިފެންޑަރު، ސްޓޯންސް އިންޓަ އަށް ސޮއިކުރަނީ

އިނގިރޭސި ޑިފެންޑަރު، ސްޓޯންސް އިންޓަ އަށް ސޮއިކުރަނީ

މިލާން (ޖުލައި 31) - ހިލޭ ޓްރާންސްފާއެއްގައި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު، ޖޯން ސްޓޯންސް، އިޓާލިއަން ލީގުގެ ޗެމްޕިއަން، އިންޓަ މިލާނަށް ސޮއިކޮށްފި އެވެ. 

މެންޗެސްޓާ ސިޓީ އަށް 10  އަހަރު ކުޅެދިން ސްޓޯންސް، 32، އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ.

ސިޓީ ދޫކޮށްލުމާ ގުޅޭގޮތުން ސްޓޯންސް ބުނީ، އެ ކްލަބްގައި ހުރެ އޭނާ ދެކުނު ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހެދުނު ކަމަށާއި ޕްރިމިއާ ލީގު ހަ ފަހަރު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ފަސް ފަހަރު، ތިން ކޮމިނިއުޓީ ޝީލްޑް، ކްލަބް ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ހޯދުމަކީ ހުރިހާ ކަމެއް ހާސިލްވުން ކަމަށެވެ.

އެވަޓަން ދޫކޮށް، 55 މިލިއަން ޑޮލަރުގެ ޑީލެއްގައި ސިޓީއާ ގުޅުނު ސްޓޯންސް ވަނީ އެ ޓީމަށް 19 ލަނޑު ޖަހަައިދީފަ އެވެ.

ކުރިން ބާންސްލީ އަށް ވެސް ކުޅުނު ސްޓޯންސް، ސިޓީއާ އެކު  ހަދާފައި އޮތް އެއްބަސްވުން އާ ނުކުރަން ނިންމުމުން، އޭނާ އަށް ގިނަ ކްލަބްތަކެއްގެ އޮފާ ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި، ޗެލްސީ އާއި ޔުވެންޓަސް ވެސް ހިމެނެ އެވެ. އެެހެން ނަމަވެސް، ސްޓޯންސް ނިންމީ އާ ޗެލެންޖެއް ނެގުމުގެ ގޮތުން، އިންޓަ އަށް ބަދަލުވުމަށެވެ. 

އިންޓައާ އެކު، ސްޓޯންސް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އިޓާލިއަން ލީގުގެ އާ ސީޒަން ފަށަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ޓީމުގައި ސްޓޯންސް ހިމެނެ އެވެ. ސްޓޯންސް، އިންގްލެންޑް ޓީމަށް ޖުމްލަ އެކު މިހާތަނަށް 93 މެޗު ކުޅެދީފައިވާއިރު، އޭގެ ތެރޭގައި، ވޯލްޑް ކަޕްގެ ކުއާާޓާ ފައިނަލުގައި ނޯވޭ އަތުން މޮޅުވި މެޗާއި ސެމީ ފައިނަލްގައި އާޖެންޓީނާ އަތުން ބަަލިވި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުން ހިމެނެ އެެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox