ބްރެޒިލާ ދެކޮޅަށް އިންޑިއާ އިން ކުޅޭ މެޗު ބޮއިކޮޓްކުރަން ބުޓިއާ ގޮވާލައިފި

Aug 22, 2026, 11:34 AM
އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް، ބައިޗުން ބުޓިއާ.

އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް، ބައިޗުން ބުޓިއާ.

ކަލްކަތާ، އިންޑިއާ (އޮގަސްޓް 22) - އަންނަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު، ބްރެޒިލާ ދެކޮޅަށް އިންޑިއާ އިން ކުޅޭ މެޗު، އިންޑިއާ ސަޕޯޓަރުން ބޮއިކޮޓްކުރަން، އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، ބައިޗުން ބުޓިއާ ގޮވާލައިފި އެވެ. 

ކަލްކަތާގަައި ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފޯކަސް ކުރުމަށްޓަކައި، އިންޑިއާ އިން ވަނީ އަންނަ މަހު ފަށާ ފީފާ އާސިއަން ކަޕުން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައިފަ އެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ މި ނިންމުމަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަނީ ބުޓިއާ އެވެ. އަދި، އާސިއާން ކަޕްގެ ފުރުސަތު ދޫކޮށްލުމަކީ "މޮޔަ" ނިންމުމެއް ކަމަށް ބުޓިއާ ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. 

ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލުންގެ ޓީމެއް މި ވަގުތު އިންޑިއާގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އެއީ، ބްރެޒިލް ޓީމުން މެޗަށް އަންނައިރު އިންތިޒާމްތަައް ހަމަޖެހިފައި ހުރި ގޮތް ބެލުމަށާއި އިންސްޕެކްޝަން އަށެވެ. 

Advertisement

މި ކަންކަމާ ބެހޭގޮތުން، ދިން އިންޓަވިއުއެއްގައި ބުޓިއާ ބުނީ، އިންޑިއާ ފުޓްބޯޅަ އަށް މި ވަގުތު ބޭނުންވަނީ ބްރެޒިލް ގެނެސްގެން މެޗެއް ކުޅުމަށް ވުރެން، އިންފްރާސްޓްރަކްޗާ އާއި ޑިވެލޮޕްމަންޓަށް ކުރަން ޖެހޭ މަސައްކަތަށް ފޯކަސްކޮށް އެ އަށް ހަރަދުކުރުމަށް ކަމަށެވެ. އެކަމަކު، އޭއައިއެފްއެފް މި ވަގުތު ބޭނުންވަނީ ވަކި މަގުސަދުތަކެއް ހާސިލްކޮށް، އެހެން މަންޒަރެއް ދެއްކުމަށް ކަމަށާއި އެ ފަަދަ ކަންކަމަށް އިންޑިއާ ފުޓްބޯޅަ ސަޕޯޓަރުން ތަރުހީބު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުޓިއާގެ ވާހަކައިގައި ފާހަގަކުރި އެވެ. 

"މި ބްރެޒިލް މެޗު ބޮއިކޮޓް ކުރަންވީ. އެއީ، ދެވޭނެ ބޮޑު މެސެޖެއް. އޭރުން މި ފަދަ ކަންކަން އޮގަނައިޒްކުރަން އުޅޭ ކޮންމެ ބަޔަކާ، ކޮންމެ ފެޑެރޭޝަނެއް މި ކަންކަން ކުރުމުގެ ކުރިން ދެ ފަހަރަށް ވިސްނާނެ،" ބުޓިއާ ބުންޏެވެ. 

"ބެންގޯލް (ސްޓޭޓް) ސަރުކާރުން މި އިވެންޓަށް (ބްރެޒިލް މެޗަށް) ފަންޑް ހޯދުމަށް ގިނަ ހަރަކާތްތަކެއް ރާވައިގެން މަސައްކަތް ކުރަންޏާ. ހަގީގަތުގައި ކުރަންވީ ކަމަކީ، ބެންގޯލްގެ ކުޅިވަރަށް ހޭދަކުރަން މި ފައިސާ ބަހައްޓަންވީ، އޭރުން ދެން އޮތް ކޮމަންވެލްތު ގޭމްސްއެއްގައި ގައުމަށް މެޑަލް ވެސް ލިބޭނެ،" 

އާސިއާން ކަޕާއި ބްރެޒިލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި، އިންޑިއާގެ ތަފާތު ދެ ސްކޮޑެއް ބޭނުންކުރުމަށް، އޭއައިއެފްއެފް އިން ފީފާގެ ހުއްދަ ވެސް ހޯދި އެވެ. އެކަމަކު، ފަހުން ނިންމާފައިވަނީ އެއް ފަހަރާ ގައުމީ ދެ ސްކޮޑެއް ގެންގުޅުމަށް ވުރެން މި ވަގުތު، އޮކްޓޫބަރު ތިން ވަނަ ދުވަހު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކުރުމަށެވެ. 

ބުޓިއާ ބުނީ، އެންމެ މެޗެއް ކުޅެން އެ ހޭދަވާ ވަގުތު ކޮޅަކަށްޓަކައި އިންޑިއާ ފުޓްބޯޅަ އެތައް އަހަރެއް ފަހަތަށް ވައްޓާލުމަކީ ގޯހެއް ކަމަށެވެ. 

"ދެން އެ މެޗު (ބްރެޒިލް މެޗު) ކުޅެގެން އެންމެން އުފާވީ. ސަޕޯޓަރުން ވެސް ދިޔައީ. މީޑިއާގައި ވެސް މި ވާހަކަތައް އައީ. ސަރުކާރު ވެސް ހިތްހަަަމަ ޖެހުނީ، އެންމެނަށް ވެސް ރަނގަޅުވީ. އެކަމަކު، އެ މެޗު ނިމިގެން ދިއުމާ އެކީ ގިނަ އަދަދެއްގެ ފައިސާތަކެއް އެ ބޭކާރުވީ، މި ގައުމުގެ ފުޓްބޯޅަ 20 އަހަރު ފަހަތަށް އެ ދިޔައީ،" ބުޓިއާ ބުންޏެވެ. 

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ބްރެޒިލް މެޗަށް އިންޑިއާ އިން ގާތްގަނޑަކަށް 3-5 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހެ އެވެ. 

ބުޓިއާ ބުނީ، މާނައެއް މެޗުތަކެއް ކުޅުމަށް ވުރެން، ފުޓްބޯޅަ އާއި ފުޓްސަލް އަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި ޒުވާން ކުޅުންތެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓްތަކަށް މި ފައިސާ ބޭނުންކުރުން މާ ބުއްދިވެރިވާނެ ކަމަށެވެ. 

ފީފާ އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި އިންޑިއާ ހިމެނުނީ، ޕްްރިމިއާ ޑިވިޝަނުގަ އެވެ. ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭ މި ޑިވިޝަނުގައި އިންޑިއާ ހިމެނެނީ، ގްރޫޕް އޭގަ އެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި އޮތީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ. އިންޑިއާ ވަކިވުމުން، އެ ޖާގަ ލިބުނީ ބަންގްލަދޭޝް އަށެވެ. އާސިއާން ކަޕްގެ ޕްރިމިއާ ޑިވިޝަނުގެ ޗެމްޕިއަނަށް އެއް މިިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް އޮތީ ކަނޑައަޅައިފަ އެވެ. 

އިންޑިއާ އިން އަންނަނީ ބްރެޒިލް މެޗު ކުޅެން ހަމަޖައްސާފައި އޮތް ފީފާ ބްރޭކުގެ ތެރޭގައި، ކޭޕް ވާޑް އާއި އުރުގުއޭއާ އެކު މެޗު ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox