ބްރެޒިލް މެޗާ ދިމާކޮށް އިންޑިއާ އިން އުރުގުއޭ އާއި ކޭޕް ވާޑްއާ އެކު މެޗުތަކެއް ކުޅެވޭތޯ ބަލަނީ

Aug 17, 2026, 11:18 AM
ވޯލްޑް ކަޕްގައި އުރުގުއޭ އާއި ކޭޕް ވާޑް ކުޅުނު މެޗުގެ ތެރެއިން.

ވޯލްޑް ކަޕްގައި އުރުގުއޭ އާއި ކޭޕް ވާޑް ކުޅުނު މެޗުގެ ތެރެއިން.

މުމްބާއި، އިންޑިއާ (އޮގަސްޓް 17) -  އިންޑިއާ އިން ކުރިއަށް އޮތް ފީފާ ބްރޭކުގެ ތެރޭގައި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ދެ ގައުމު ކަމަށްވާ އުރުގުއޭ އާއި ކޭޕް ވާޑްއާ ދެކޮޅަށް މެޗުތަކެއް ކުޅެވޭތޯ މަސައްކަަތް ކުރަމުން އަންނަ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

 އޮކްޓޫބަރު މަހު ކުރީކޮޅުގައި ކަލްކަތާގަައި ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފޯކަސް ކުރުމަށްޓަކައި، އިންޑިއާ އިން އަންނަ މަހު ފަށާ ފީފާ އާސިއަން ކަޕުން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައިފަ އެެވެ.

އިންޑިއާ އިން މި ފުރުސަތު ދޫކޮށްލުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެއީ، ހަމައެކަނި އޮކްޓޫބަރު ތިން ވަނަ ދުވަހު، ބްރެޒިލާ ކުޅެން އޮތް މެޗަށް އާސިއާން ކަޕުން ލިބޭ ތިން މެޗާއި މުބާރާތުގެ ތަޖުރިބާގެ ފުރުސަތު ދޫކޮށްލުމުންނެވެ. 

Advertisement

ބްރެޒިލް މެޗަށް ފޯކަސް ކުރަން އިންޑިއާ އިން އާސިއާން ކަޕުން ވަކިވެއްޖެ

އޮކްޓޫބަރު މަހު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކުރުމުގެ ގޮތުން، އަންނަ މަހު ބާއްވާ ފީފާ އާސިއާން ކަޕުން ވަކިވާން އިންޑިއާ އިން ނިންމައިފި. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން މިގޮތަށް ނިންމީ އެއްފަހަރާ ގައުމީ ދެ ސްކޮޑެއް ގެންގުޅުމުގެ ބަދަލުގައި ބްރެޒިލް މެޗަށް އިސްކަންދިނުމަށް

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ، ސަތުޔަނާރާޔަނަން ވިދާޅުވީ، އާސިއާން ކަޕްގައި ކުޅެވެން ނެތްކަން ފީފާ އަށް އަންގާފައިވާނެ ކަމަށެވެ. އެއީ، މި ވަގުތަށް ބަލާއިރު، ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށާއި އާސިއާން ކަޕަށް އެއްކޮށް ފޯކަސް ކޮށްގެން ކުރިއަށްދެވޭނެ ގޮތެއް ނެތުމުން ކަމަށް ސަތުނާރާނަން ފާހަގަކުރެއްވި އެވެ. 

ބްރެޒިލާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅެން ހުރިހާ ކަމެއް މިހާރު އޮތީ ހަމަޖައްސައިފަ އެވެ. ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އޭއައިއެފްއެފް އިން މިހާރު މަސައްކަތްކުރަމުން އަންނަނީ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އިތުރު ދެ މެޗު ކުޅުމަށެވެ. އެ ގޮތުން، އެ ދެ މެޗު، އުރުގުއޭ އާއި ކޭޕް ވާޑްއާ ކުޅެން އިންޑިއާ އިން ވަނީ މަަސައްކަތް ފަށައިފަ އެވެ. 

ފެންވަރު ސާބިތުކޮށްދޭން އުރުގުއޭގެ ކޯޗުކަން ފޯލާން އަށް

އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗުކަން ކުރީގެ މަޝްހޫރު ފޯވާޑް ޑިއޭގޯ ފޯލާންއާ ހަވާލުކުރަން އެ ގައުމުގެ ފެޑެރޭޝަނުން ނިންމައިފި. އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަވާލުކުރި މި މަގާމުގައި ފޯލާން ރަނގަޅު ނަތީޖާއެއް ދައްކައިފިނަމަ، އޭނާއަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭނެ

އިންޑިއާ އިން މި ކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ހޯދަމުން އަންނަނީ، ދާދި ފަހުން، އުރުގުއޭގެ ކޯޗުކަމާ ހަވާލުވި ކުރީގެ އެއް ވަނަ ފޯވާޑް، ޑިއޭގޯ ފޯލާންގެ ފަރާތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް އަދި ވިޔަރެއާލަށް ވެސް ކުޅުނު ފޯލާން ވަނީ ކެރިއަރުގެ ފަހުކޮޅުގައި އިންޑިއާ ސުޕަ ލީގުގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރު މުމްބާއި ސިޓީ އަށެެވެ. 

އުރުގުއޭ އާއި ކޭޕް ވާޑް، މި ފަހަރުގެ ވޯލްްޑް ކަޕްގައި ކުޅެފައިވަނީ، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނާ އެއް ގްރޫޕްގަ އެވެ. މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކޭޕް ވާޑުން ފުރަތަމަ މެޗުގައި ސްޕެއިނާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެން ކުޅުނު ދެ މެޗުގައި ވެސް ވަނީ އެއްވަރުވެފަ އެވެ. އެއީ، އުރުގުއޭ އާއި 2-2 އިން އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް 0-0 އިންނެވެ. ކޭޕް ވާޑް ކެޓީ، ވޯލްޑް ކަޕްގެ ފައިނަލުން ނާކާމިޔާބުވި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އާޖެންޓީނާ އިން 120 މިނިޓް ކުޅެެގެން، ކޭޕް ވާޑް ބަލިކުރީ 3-2 އިންނެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި އުރުގުއޭ އަށް ލިބުނީ ދެ ޕޮއިންޓެވެ. މިއީ، އުރުގުއޭ ފުޓްބޯޅަ އަށް ބޮޑު ވެއްޓުމެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު އުރުގުއޭ މި ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްެގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox