އާސިއާން ކަޕާއި ބްރެޒިލް މެޗަށް ވަކި ސްކޮޑުތަކެއް ބޭނުންކުރަން އިންޑިއާ އިން ފީފާގެ ހުއްދަ ހޯދައިފި

Aug 9, 2026, 10:23 AM
ބެންގަލޫރުގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ބެންގަލޫރުގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 9) - ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި، އާސިއާން ކަޕާއި ބްރެޒިލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި، އިންޑިއާގެ ތަފާތު ދެ ސްކޮޑެއް ބޭނުންކުރުމަށް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ފީފާގެ ހުއްދަ ހޯދައިފި އެވެ. 

 އަންނަ އޮކްޓޫބަރު ތިން ވަނަ ދުވަހު ބްރެޒިލާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅެން ހުރިހާ ކަމެއް މިހާރު އޮތީ ހަމަޖައްސައިފަ އެވެ. އަދި، ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި އިންޑިއާ ހިމެނުނީ، ޕްްރިމިއާ ޑިވިޝަނުގަ އެވެ. ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭ މި ޑިވިޝަނުގައި އިންޑިއާ ހިމެނެނީ، ގްރޫޕް އޭގަ އެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި އޮތީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ.

ފީފާގެ އެއް ބްރޭކުގެ ތެރޭގައި، ގައުމީ ޓީމު ތަމްސީލްކުރަން ދެ ޓީމެއް ބޭނުންކުރުމުގައި ހުރަސްތަކެއް ހުރުމުން، އިންޑިއާ އިން އާސިއާން ކަޕުން ނަން ނަގަން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.

އެކަމަކު، އެއާ ދެކޮޅަށް އިންޑިއާގެ ގިނަ ފުޓްބޯޅަ ލެޖެންޑުން ވަނީ ތެދުވެފަ އެވެ. އެ ގޮތުން، އިންޑިއާގެ ކުރީގެ ކެޕްޓަން، ބައިޗުން ބުޓިއާ ބުނެފައިވަނީ، އާސިއާން ކަޕްގައި މުބާރާތެއްގެ ސިފައިގައި ޔަގީނުން ވެސް ތިން މެޗެެއް ކުޅެން ލިބޭއިރު، އެ ފުރުސަތު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އާސިއާން ކަޕްގައި ބައިވެރިވާއިރު ވެސް ފީއެއް ދޭން ނިންމާފައިވާއިރު، މިއީ، މާ ބޮޑު ހަރަދެއް ނުކޮށް، އޭއައިއެފްއެފް އަށް ރަނގަޅު މެޗުތަކެއް ލިބޭ ފުރުސަތެއް ކަމަށްވާތީވެ، އޭގެ ބޭނުން ހިފުން ކޮންމެ ހެން ވެސް މުހިންމުކަން ބުޓިއާ ފާހަގަކުރި އެވެ. 

ފީފާ އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮޮތުގައި، ނޮވެމްބަރު މަހުގެ ތެރޭގައި އޮތް ފީފާ ބްރޭކުގެ ތެރޭގައި، ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ތާވަލުކޮށްފައިވާއިރު، އެ މުބާރާތަށް އިންޑިއާގެ ޒުވާން ޓީމެއް ފޮނުވުމުގެ ފުުރުސަތު އެބައޮތެވެ. 

 ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ކުރިއަށްގެންދަން ނިންމާފައިވާ، 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާ އިން ޒުވާން ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑުވީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަަގަކުރުމަށްޓަކައި ނޮވެމްބަރު މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާތީ އެވެ. 

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު ފީފާ ބްރޭކްގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗެއް ކުޅޭނެ އެވެ. މި މެޗުތައް ތާވަލުކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޝެޑިއުލާ ދިމާވާ ގޮތަށެވެ.  އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox