ބްރެޒިލް މެޗުގެ ކުރިން އިންޑިއާ އިން ޕެނަމާއާ ދެކޮޅަށް ނުކުންނަނީ

Aug 26, 2026, 8:32 AM
2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ނިއު ދިއްލީ، އިންޑިއާ (އޮަގަސްޓް 26) - އަންނަ މަހުގެ ފީފާ އިންޓަނޭޝަަނަލް ބްރޭކުގައި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންޑިއާ އިން ޕެނަމާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފަައިވާ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއުލާނުކޮށްފި އެވެ. 

ކަލްކަތާގަައި އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފޯކަސް ކުރުމަށްޓަކައި، އިންޑިއާ އިން ވަނީ އަންނަ މަހު ފަށާ ފީފާ އާސިއަން ކަޕުން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައިފަ އެވެ. އަދި، އާސިއާން ކަޕްގައި ކުޅެން ލިބޭ މެޗުތަކަށް ވުރެން ރަނގަޅު މެޗުތަކެއް އިންޑިއާ އަށް ހަމަޖައްސައިދޭން އޭއައިއެފްއެފް އިން މަސައްކަތްކުރާ ކަމަށް ވަނީ އެ ފެޑެރޭޝަންގެ އޮފިޝަލަކު ބުނެފަ އެވެ. 

އެ ގޮތުން، މިހާރު ހަމަޖައްސާފައިވަނީ، އަންނަ މަހުގެ 26 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. މިއީ، މި ދެ ގަައުމުގެ މެދުގައި ކުޅެވޭ ފުރަތަމަ މެޗެވެ. ޕެނަމާ ވެގެންދާނީ އިންޑިއާ އިން ކުޅޭ ކޮންކަކަފް ސަރަހައްދަށް ނިސްބަތްވާ ނުވަ ވަނަ ޓީމަަށެވެ. ފީފާގެ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާ އަކީ، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ވެސް ވާދަކުރި ޓީމެކެވެ. 

ވޯލްޑް ކަޕްގައި ގާނާ އަތުން 1-0 އިން ބަލިވި ޕެނަމާ އިން ކްރޮއޭޝިއާ އަތުން ވެސް ބަލިވީ ހަމަ އެ ނަތީޖާ އިންނެވެ. އިންގްލެންޑުން ޕެނަމާ އަތުން މޮޅުވީ 2-0 އިންނެވެ. 

އިންޑިއާ އިން އަންނަނީ، ކޭޕް ވާޑް އާއި އުުރުގުއޭއާ އެކު ވެސް މި އަހަރު މެޗުތަކެއް ކުޅެވޭތޯ މަަސައްކަތް ކުރަމުންނެވެ. އަދި، އެ ދެ ޓީމާ އެކު، މެޗު ކުޅޭ ގޮތަށް ރޭވިއްޖެނަމަ، މި އަހަރުގެ ބާކީ ބައިގައި އިންޑިއާ އިން ވޯލްޑް ކަޕްގައި ކުޅުނު ފަސް ޓީމަކާ ދެކޮޅަށް މެޗު ކުޅޭނެ އެވެ. އެއީ، ޕެނަމާ އާއި ބްރެޒިލްގެ އިތުރުން، ކޭޕް ވާޑް އާއި އުރުގުއޭ އަދި ނިއު ޒީލެންޑް އެވެ. 

އޭއައިއެފްއެފް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު ފީފާ ބްރޭކްގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗެއް ކުޅޭނެ އެވެ. މި މެޗުތައް ތާވަލުކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޝެޑިއުލާ ދިމާވާ ގޮތަށެވެ.  

އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ. މިއީ، އިންޑިއާ ގައުމީ ޓީމުން  ނިއު ޒީލެންޑުގައި ކުޅޭ ފުރަތަަމަ މެޗުތަކެވެ. މީގެ ކުރިން، އޯޝެނިއާ ސަރަހައްދުގައި އިންޑިއާ އިން ކުޅުނު ހަމައެކަނި މެޗަކީ، 2005 ވަނަ އަހަރު ފިޖީއާ ދެކޮޅަށް ކުޅުނު މެެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox