ބްރެޒިލް މެޗަށް ފޯކަސް ކުރަން އިންޑިއާ އިން އާސިއާން ކަޕުން ވަކިވެއްޖެ

Aug 13, 2026, 10:42 PM
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ކުވެއިތު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ކުވެއިތު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 13) - އޮކްޓޫބަރު މަހު ކުރީކޮޅުގައި ކަލްކަތާގަައި ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފޯކަސް ކުރުމަށްޓަކައި، އިންޑިއާ އިން އަންނަ މަހު ފަށާ ފީފާ އާސިއަން ކަޕުން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައިފި އެވެ. 

އާސިއާން ކަޕާއި ބްރެޒިލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި، އިންޑިއާގެ ތަފާތު ދެ ސްކޮޑެއް ބޭނުންކުރުމަށް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ފީފާގެ ހުއްދަ ވެސް ހޯދި އެވެ. އެކަމަކު، ފަހުން ނިންމާފައިވަނީ އެއް ފަހަރާ ގައުމީ ދެ ސްކޮޑެއް ގެންގުޅުމަށް ވުރެން މި ވަގުތު، އޮކްޓޫބަރު ތިން ވަނަ ދުވަހު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކުރުމަށެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ، ސަތުޔަނާރާޔަނަން ވިދާޅުވީ، އާސިއާން ކަޕްގައި ކުޅެވެން ނެތްކަން ފީފާ އަށް އަންގާފައިވާނެ ކަމަށެވެ. އެއީ، މި ވަގުތަށް ބަލާއިރު، ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށާއި އާސިއާން ކަޕަށް އެއްކޮށް ފޯކަސް ކޮށްގެން ކުރިއަށްދެވޭނެ ގޮތެއް ނެތުމުން ކަމަށް ސަތުނާރާނަން ފާހަގަކުރެއްވި އެވެ. 

ބްރެޒިލާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅެން ހުރިހާ ކަމެއް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.

ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި އިންޑިއާ ހިމެނުނީ، ޕްްރިމިއާ ޑިވިޝަނުގަ އެވެ. ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭ މި ޑިވިޝަނުގައި އިންޑިއާ ހިމެނެނީ، ގްރޫޕް އޭގަ އެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި އޮތީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ. އިންޑިއާ ވަކިވުމުން، ފީފާ އިން އަންނަނީ އާސިއާން ކަޕަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޓީމެއް ގެންނަން މަޝްވަރާ ކުރަމުންނެވެ. 

ފީފާ އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮޮތުގައި، ނޮވެމްބަރު މަހުގެ ތެރޭގައި އޮތް ފީފާ ބްރޭކުގެ ތެރޭގައި، ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ތާވަލުކޮށްފައިވާއިރު، އެ މުބާރާތަށް އިންޑިއާގެ ޒުވާން ޓީމެއް ފޮނުވުމުގެ ފުުރުސަތު އެބައޮތެވެ. 

 ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ކުރިއަށްގެންދަން ނިންމާފައިވާ، 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާ އިން ޒުވާން ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑުވީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަަގަކުރުމަށްޓަކައި ނޮވެމްބަރު މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާތީ އެވެ. 

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު ފީފާ ބްރޭކްގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗެއް ކުޅޭނެ އެވެ. މި މެޗުތައް ތާވަލުކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޝެޑިއުލާ ދިމާވާ ގޮތަށެވެ.  އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox