ކަވެންޓްރީ ބަލިކޮށް އާސެނަލުން ވަރުގަދަކޮށް އާ ސީޒަން ފަށައިފި

Aug 22, 2026, 1:52 AM
އާސެނަލްގެ ކައި ހަވާޓްޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލްގެ ކައި ހަވާޓްޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން އާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން 25 އަހަރަށް ފަހު ޕްރިމިއާ ލީގަށް އެނބުރި އައި ކަވެންޓްރީ ސިޓީ 3-0 އިން ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ. 

ބާވީސް އަހަރަށް ފަހު މިދިޔަ ސީޒަނު، ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި އާސެނަލުން އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރި ކަވެންޓްރީ އަކީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމެވެ. އެ ޓީމުން ދެ ވަނަ ޑިވިޝަން ތަށި މިދިޔަ ސީޒަނުގައި، ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ހޯދިއިރު، މިއީ، އެ ޓީމަށް މި ޑިވިޝަނުގެ ތަށި 59 އަަހަރު ތެރޭ ލިބުނު ފުރަތަމަ ފަހަރެވެ. 

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކަވެންޓްރީއާ ދެކޮޅަށް ފަށައިގެން ފުރަތަމަ ކޮޅުގައި، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބްރޫޖަށް 50 މިިލިއަން ޑޮަލަރު ދީފައި އާސެނަލުން ގެނައި ކްރިސްޓޯސް ޒޯލިސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، ޒޯލިސް ފޮނުވާލި އެހެން ޝޮޓެއް ގޯލުގެ ތިރީ ކަނަށް ވަންނަން ދަނިކޮށް، ކަވެންޓްރީ ޑިފެންޑަރުން އެ ބޯޅަ ސަލާމަތްކުރި އެވެ. 

އާސެނަލުން ލީޑުނެގީ 15 ވަނަ މިނިޓްގަ އެވެ. މިއީ، އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ދިން ބޯޅައަކުން ކައި ހަވާޓްޒް ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މިއީ، އާސެނަލަށް އެންމެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން، ހަވާޓްޒް ކުޅުނު ހަތަރު މެޗުގައި ޖެހި ހަތަރު ވަނަ ގޯލެވެ. މިއީ، ކުރިން ޗެލްސީ އަށް ކުޅުނު ހަވާޓްޒް އަށް އިނގިރޭސި ފުޓްބޯޅައިގައި މިކަން ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. 

އާސެނަލްގެ ސަކާ، ކަވެންޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އާސެނަލްގެ ސަކާ، ކަވެންޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލީޑުނެގިތާ އަށް މިނިޓް ފަހުން، އާސެނަލުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ޑެކްލަން ރައިސް ދިން ބޯޅައަކުން ޒޯލިސް ނެގި ހުރަަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކަވެންޓްރީގެ ކީޕަރު، ކާލް ރަޝްވޯތު އަތުގަައި ޖެހިފައި އާސެނަލްގެ ބުކާޔޯ ސަކާ އަށް ލިބުމުން ޖެހި ގޯލެކެވެ. 

މެޗުގެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ އާސެނަލުން އެ ޓީމުގެ ތިން ވަނަ ލަނޑު ވަނީ ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. މިއީ، އާސެނަލްގެ ފުލްބެކް، ބެން ވައިޓް، އޭރިއާތެރެއަށް ވަދެ ނެގި ހުރަހަކަށް އަރައި އޮޑެގާޑް ޖެހި ގޯލެކެވެ. އެ ބޯޅަ އޮޑެގާޑް ފަޔަށް އެންމެ ރަނގަޅަށް ނޭރި ކަމުގައި ވިޔަސް، ޖެހި ޝޮޓް ގޯލަށް ވަނީ ކީޕަރު ރަޝްވޯތު އަތުގައި ޖެހިފަ އެވެ. 

އޭގެ ފަހުން، ޒޯލިސް ޖެހި ޝޮޓެއް ކީޕަރު ރަޝްވޯތު ވަނީ މަތަަކޮށްފަ އެވެ. އަދި، މެޗުގެ ފަހު ކޮޅުގައި، މިކޭލް މެރީނޯގެ ހަމަލާއެއް ވެސް ރަޝްވޯތު ވަނީ ހުއްޓުވައިފަ އެވެ. 

ބަދަލުތަކެއް ގެނެސްގެން ކަވެންޓްރީން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. އެ ގޮތުން، ލަމްޕާޑް ވަނީ މި ފަހަރުގެ ޓްރާންސްފާގައި ފަހުން އެ ޓީމާ ގުޅުނު ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. ކަވެންޓްރީ އަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ، 85 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް އަރައި، ޖެކް ރުޑޯނީ ބޮލުން ޖެހި ބޯޅަ އަމާޒުވީ އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ އަތަށެެވެ. 

އާސެނަލުން މި ވަނީ ޕްރިމިއާ ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ފަސް ފަހަރު ކާމިޔާބު ހޯދައިފަ އެވެ. މިއީ، ކޯޗިން ކެރިއަރުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ 150 ވަނަ މޮޅެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox