އެތުލެޓިކޯ އިން ރުހުނަސް އަލްވަރޭޒް އާސެނަލަށް ދާން ބޭނުމެއްނުވި: ރިޕޯޓް

Aug 22, 2026, 11:48 AM
މިދިޔަ ސީޒަނުގައި އެތުލެޓިކޯގެ މެޗެއްގެ ތެރެއިން އަލްވަރޭޒް.

މިދިޔަ ސީޒަނުގައި އެތުލެޓިކޯގެ މެޗެއްގެ ތެރެއިން އަލްވަރޭޒް.

މެޑްރިޑް (އޮގަސްޓް 22) - އެތުލެޓިކޯ މެޑްރިޑުން ރުހުނު ކަމުގައި ވިޔަސް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލަށް ބަދަލުވާން އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް ބޭނުމެއް ނުވި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި، އަލްވަރޭޒް ބުނެފައިވަނީ، އެންމެ ރަނގަޅު ގޮތަކަށްވާނީ އޭނާ އެދޭ ގޮތަށް ޓްރާންސްފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދިނުމަށް ކަމަށް ބުނެފަ އެވެ. އަލްވަރޭޒް، މިހެން ބުނެފައިވަނީ، ބާސެލޯނާ އިން އޭނާގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގަ އެެވެ. 

ރިޕޯޓްތައް ބުނާގޮތުން، އުމުރުން 26 އަހަރުގެ އަލްވަރޭޒް ހޯދަން ބާސެލޯނާ އިން އެކި ގޮތްގޮތުން މަސައްކަތްކުރަަމުން އަންނައިރު، ތަކުރާރުކޮށް އެތުލެޓިކޯ އިން އަންނަނީ އަންނަ ސީޒަނުގައި އަލްވަރޭޒް ފެންނާނީ އެ ކްލަބުން ކަމަށް ބުނަމުންނެވެ. އެކަމަކު، އެތުލެޓިކޯގެ ސަޕޯޓަރުންގެ އަލްޓްރާސް ގްރޫޕުން އަންނަނީ އަލްވަރޭޒް އެ ކްލަބުން ފޮނުވާލަން ޑިމާންޑް ކުރަމުންނެވެ. އެއާ އެކު، އެތުލެޓިކޯ މެނޭޖްމަންޓުން އަންނަނީ ސްޕެއިނުގެ ކްލަބެއް ނޫން ޓީމަކަށް އަލްވަރޭޒް ދޫކޮށްލުމަށް މަޝްވަރާ ކުރަމުންނެވެ.  

Advertisement

މި ފަަހަރުގެ ޓްރާންސްފާގައި އާސެނަލުން އަލްވަރޭޒް ހޯދަން މަސައްކަތްކުރި އެވެ. އަދި، ސްވިޑެންގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް އާއި ފައިސާ ހިމެނޭ އޮފާއެއް އަލްވަރޭޒް ހޯދަން ކުރަން ވެސް ތައްޔާރަށް އޮތް ކަމަަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. 

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާސެނަލަށް އަލްވަރޭޒް ދޫކޮށްލުމަށް އެތުލެޓިކޯގެ މެނޭޖްމަންޓުން ބޭނުންވިޔަސް، އެ އަށް އޮތް ހުރަހަކީ، އަލްވަރޭޒް އެ ޑީލަށް ދެކޮޅު ހެދުމެވެ. އެއީ، އަލްވަރޭޒްގެ މައިގަނޑު ޓާގެޓަކަށް އޮތީ ބާސެލޯނާ އަށް ބަދަލުވުން ކަމަށްވާތީ އެވެ. 

މިދިޔަ ޖޫން މަހު، އެތުލެޓިކޯ އިން ވަނީ ރެއާލް މެޑްރިޑުން އަލްވަރޭޒް ގަންނަން ހުށަހެޅި 172 މިލިއަން ޑޮލަރުގެ އޮފާއެއް އަނބުރާ ފޮނުވާލައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ވެސް އަލްވަރޭޒަށް ވަނީ ޝަައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި، އާސެނަލުން އޮތީ އެ ޓީމަށް ކުޅޭ ސްވިޑެންގެ ފޯވާޑްް، ވިކްޓަ ޔޯކެރޭޝް ހިމެނޭހެން، އަލްވަރޭޒް ގަންނަން ޓްރާންސްފާ ފީއެއް ދޭ ގޮތަށް ޑީލެއް ހުށަހަޅަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު، މެންޗެސްޓާ ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. މީގެ ދެ އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް އަގު އަރާ ޓްރާންސްފާ ޕެކޭޖެއްގައި އެތުލެޓިކޯ އަށް ބަދަލުވި އަލްވަރޭޒް އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

އެތުލެޓިކޯ އަށް ކުޅުނު ދެ ސީޒަނުގައި އަލްވަރޭޒް ވަނީ 106 މެޗުން 49 ލަނޑު ޖަހައި، 17 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox