ރެއާލްގެ އޮފާ ރަނގަޅު ވިޔަސް ރޮޑްރީ ނިންމީ ބާސެލޯނާ އަށް ދާން

Aug 17, 2026, 7:29 PM
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ އެކު ރޮޑްރީ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ އެކު ރޮޑްރީ.

ބާސެލޯނާ (އޮގަސްޓް 17) - ރެއާލް މެޑްރިޑުން ލިބުނު އޮފާ ރަނގަޅު ނަަމަވެސް، ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށް މި ފަހަރުގެ ފީފާ  ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ރޮޑްރީގޯ (ރޮޑްރީ)، ބާސެލޯނާ އަށް ސޮއިކުރަން އެއްބަސްވެއްޖެ އެވެ. 

ފްރާންސް ފުޓްބޯލް އިން 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ރޮޑްރީ އަށް ބާސެލޯނާ އިން ފުރަތަމަ ކުރި ދެ ބިޑް މެންޗެސްޓާ ސިޓީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި، ރެއާލުން ވަނީ ސިޓީން ރޮޑްރީ ވިއްކާލަން ކިޔާ އަގު ދޭން ތައްޔާރަށްހުރި ކަމަށް ބުނެ، ބޮޑު މުސާރަ ކޮންޓްރެކްޓެއް ވެސް ހުށަހަޅައިފަ އެެވެ. 

އެކަމަކު، އެންމެ ފުރަތަމަ ވެސް ކުރިން އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލަށް ކުޅުނު ރޮޑްރީގެ ވިސްނުމުގައި ހުރީ ބާސެލޯނާ އަށް ބަދަލުވުމަށް ކަމަށްވާތީވެ، އޭނާ މަޑުކުރީ އެވެ. ބާސެލޯނާ އިން ރޮޑްރީ ގަންނަން ހުށަހެޅި ތިން ވަނަ ބިޑް ކަމަށްވާ 88 މިލިއަަން ޑޮލަރުގެ އޮފާ، ސިޓީން ވަނީ ގަބޫލުކޮށްފަ އެެވެ. އަދި، މިހާރު ރޮޑްރީ އަަންނަނީ ބާސެލޯނާގެ މެޑިކަލްގައި ބައިވެރިވެ، ކޮންޓްރެކްޓްގައި ސޮއިކުރަން ތައްޔާރުވަމުން ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އިނގިރޭސި މީޑިއާ ސްކަައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި، ބާސެލޯނާއާ އެކު، ރޮޑްރީ، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ވަނީ އެއްބަސްވެފަ އެވެ. 

އުމުރުން 30 އަހަރުގެ ރޮޑްރީ، 2019 ވަނަ އަހަރު ސިޓީ އަށް ސޮއިކުރީ، އޭރު އެތުލެޓިކޯއާ އެކު ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. މެންޗެސްޓާ ސިޓީގެ ކުރީޣެ ކޯޗު ޕެޕް ގާޑިއޯލާގެ އެދުމަށް ސިޓީން ރޮޑްރީގެ ސޮއި ހޯދީ 80 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ސިޓީއާ އެކު ރޮޑްރީ ވަނީ 12 ތަށި އުފުލާލަައިފަ އެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރާއި، ދެ އެފްއޭ ކަޕާއި، ތިން ލީގު ކަޕާއި، ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް އެވެ. ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި އެ ޓީމަށް 298 މެޗު ކުޅެދީފައިވެ އެވެ.

ވޯލްޑް ކަޕަށް ފަހު ބުރަކަށީގެ އޮޕަރޭޝަނެއް ކޮށްގެން ހުރި ރޮޑްރީ އަށް އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ މަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox