ފަހު ވަގުތު އެސްޕީ ޖެހި ގޯލުން ރެއާލް ފެށީ މޮޅަކުން

Aug 23, 2026, 8:46 AM
އެސްޕަންޔޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެސްޕީ އުފާފާޅުކުރަނީ.

އެސްޕަންޔޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެސްޕީ އުފާފާޅުކުރަނީ.

ބާސެލޯނާ (އޮގަސްޓް 23) - މެޗުގެ ފަހު ވަގުތު، ކާލޯސް އެސްޕީ ޖެހި ގޯލުން 2-1 އިން އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ. 

ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ތައްޔާރުވި، ރެއާލުން ރޭގެ މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ ލީޑުނެގި އެވެ. އެ ގޮތުން، އެސްޕަންޔޯލް ދަނޑުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިން ލަނޑު ޖެހީ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ. މިއީ، ރެއާލަށް ކުޅޭ ތުރުކީގެ ތަރި، އާޑާ ގުލާ، ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ބެލިންހަމް ބޮލުން ޖެހި ގޯލެކެވެ. 

އެކަމަކު، ރެއާލަށް ފުރަތަމަ ހާފު ނިމެންދެން ވެސް ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. މެޗުގެ 30 ވަނަ މިނިޓްގައި އެސްޕަންޔޯލުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ކާލާ އެެވެ. ރެއާލް އޭރިއާތެރެއިން ހުސްކޮށް އަރައި، އޭނާ މި ލަނޑު ޖެހިއިރު، ރެއާލްގެ ޑިފެންޑަރުން ތިބީ ބަލަހައްޓައިގެންނެވެ. ކާލާ، މި ލަނޑު ޖަހަން ފުރުސަތު ތަނަަަސްކޮށްދިނީ ޖަވީ ހެނާންޑޭޒް އެވެ. 

ރެއާލުން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، ދެ ވަނަ ފަހަރަށް ލީޑުނެގޭތޯ ކުރި މަސައްކަތުގައި ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އެއީ، ބެލިންހަމް ބޮލުން ފޮނުވާލި ބޯޅައަކާއި ފެޑެރީކޯ ވަލްވޭޑޭ ޖެހި ޝޮޓެކެވެ. 

ރެއާލް މޮޅުވި ލަނޑު ޖެހި ގޯލަކީ، އޭރިއާތެރެއިން އެސްޕީ އަށް ލިބުނު ފުރުަސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ. އެންމެ އަގުބޮޑު އެފްރިކާ ކުޅުންތެރިޔާގެ ގޮތުގައި ރެއާލުން ގަތް، ޔަން ޑިއޮމަންޑޭ، އެ ޓީމުގެ ކީލިއަން އެމްބާޕޭ އަށް ދިން ބޯޅައަކުން، ތަނަވަސްވި ފުރުސަތެއްގައި، އެސްޕީ އަށް ލިބުމާ އެކު، އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. އެސްޕީ އަކީ، ރެއާލުން، 24 މިލިއަން ޑޮލަރަށް ލެވަންޓޭ އިން ގަތް ސްޕެއިނުގެ ފޯވާޑެކެވެ. 

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލާ ހަވާލުވި މޮރީނިއޯ އެ ޓީމާ އެކު މޮޅަކުން ސީޒަން ފެށިއިރު، ރޭގެ މެޗަށް ފަހު އޭނާ ވަނީ ވަރަށް ގިނަ ކަންކަން ރެއާލުން ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. މޮރީނިއޯ ވަނީ މީގެ ކުރިން، 2010 އިން 2013 އަށް ރެއާލަށް އިރުޝާދުދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox