މީގެ ދެ އަހަރުކުރިން ފެށި ކަމަށް ބުނި ހަންކެޑެއަށް އާ ޕްލޭނެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އަމީން ވިދާޅުވެއްޖެ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް މިނިސްޓަރު، އަމީން ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް މިނިސްޓަރު، އަމީން ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަމީން ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓަކީ ދެކުނުގެ، އަދި ވަކީން ހާއްސަކޮށް އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހަންކެޑެ ޕްރޮޖެކްޓު ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް ކުރަމުން އެބަ ގެންދަން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވެ، ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ވަރަށް ޑީޓެއިލްޑް ޕްރޮޖެކްޓެއް އިއުލާނުކުރެވި މަސައްކަތް ހަމަ ފެށޭނެ ގޮތަށް މި އިންތިޒާމު ކުރެވިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓަކީ ދެކުނުގެ، އަދި ވަކީން ހާއްސަކޮށް އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

Advertisement

"މިހާރު އަޅުގަނޑުމެން ހަންކެޑެ ޕްރޮޖެކްޓު ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް ކުރަމުން އެބަ ގެންދަން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވެ، ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ވަރަށް ޑީޓެއިލްޑް ޕްރޮޖެކްޓެއް އިއުލާނުކުރެވި މަސައްކަތް ހަމަ ފެށޭނެ ގޮތަށް މި އިންތިޒާމު ކުރެވިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

މީގެ ދެ އަހަރުކުރިން ބަޑިބޭހުގެ ކުޅިވަރާއެކު ފެށި ކަމަށް އިއުލާނުކުރި ހަންކެޑެއަށް އަނެއްކާވެސް މުޅީން އައު ޕްލޭނެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓަކީ ދެކުނުގެ، އަދި ވަކީން ހާއްސަކޮށް އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހަންކެޑެ ޕްރޮޖެކްޓު ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް ކުރަމުން އެބަ ގެންދަން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވެ، ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ވަރަށް ޑީޓެއިލްޑް ޕްރޮޖެކްޓެއް އިއުލާނުކުރެވި މަސައްކަތް ހަމަ ފެށޭނެ ގޮތަށް މި އިންތިޒާމު ކުރެވިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

ވަރަށް އަވަހަށް އައު ޕްލޭނެއް އިއުލާނުކުރާނެ ކަމަށް ބުނި ހަންކެޑެއަކީ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021 ގަ އެވެ.

މާޗު 2023, ގައި ސޮއިކުރި ހަންކެޑެ މަޝްރޫއުގެ ފައިނޭންސިންއަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ބޭންކް އޮފް ޗައިނާއާއެކު ސޮއިކޮށްފައިވަނީ ނޮވެމްބަރު 6، 2023 ގަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއްހެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތީ ނިމިފަ އެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށް ސޮއި ކުރީ މާޗު 30، 2023 ގަ އެވެ. އެ މަޝްރޫއު ހިންގަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ވެރިކަން ބަދަލުވުމަށްފަހު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ޑުބާއީގެ ދު ކުންފުންޏަކާ އޮކްޓޫބަރު 2، 2024، ގައި މި ސަރުކާރުން ހަވާލުކުރި އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ކަމަށް ބުނެ 2024 ގައި އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ހަވާބަޑިބޭހުގެ ކުޅިވަރާއެކު ސަރުކާރުގެ އިސްވެރިން ގޮސް ކުލަގަދަ ރަސްމިއްޔާތެއް ވެސް އެ ތަނުގައި ބޭއްވި އެވެ.

ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށްފަހު، ޖޫން 29، 2025، ގައި ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ހަލާލް ޓޫރިޒަމަށް ތަރައްގީ ކުރާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފަ އެވެ. ސަރުކާރުން މިކަން ނިންމިއިރު، ކުރީގެ ޕްރޮޖެކްޓަށް ވީގޮތެއް ރަސްމީކޮށް ނުބުނެ އެވެ.

މި ނިންމުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ވިސްނުން ބަދަލުކޮށް، އައްޑޫގައި ރިސޯޓު ހަދަން ހިއްކި ތިން ރަށުގެ ތެރެއިން ދޮންހެރައަށް މި ޕްރޮޖެކްޓު ބަދަލުކުރި އެވެ. ފަހުން މުއިއްޒު ވަނީ މި ރަށަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

މި ކަމަށް ޓަކައި ނެރުނު ގަރާރުގައި މުއިއްޒު ވަނީ މި ތަން އެމްއެފްއެމްސީއަށް ދީފައި އޮތުން ވެސް ނިމުމަކަށް ގެނެސްފަ އެވެ. އޭރު މި ތަނުގައި ސީއެންއީސީން ތަރައްގީކުރާ ހޮޓާތައް ހިންގަން، ކުންފުނިތަކާ އެކީ ހުރީ އެއްބަސްވުންތައް ހަދާފަ އެވެ. މި އެއްބަސްވުންތަކަށް ހެދި ގޮތާއި، މި ޕްރޮޖެކްޓު ކުރިއަށް ނުގެންދަން ނިންމި ސަބަބެއް މިއަދާ ހަމައަށް ވެސް ސަރުކާރުން ނުބުނެ އެވެ.

އޭގެ ފަހުން މިދިޔަ އޮކްޓޫބަރު 12، ގައި އަނެއްކާ ވެސް ސަރުކާރުން ވަނީ އިންޓަގްރޭޓެޑް ރިސޯޓު ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެޗެ.

ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox