ޓީޓީއަށް ޑޮލަރު އިތުރުކުރަން ނިންމީ އެންމެ ތިން ހަފުތާއަށް

"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ ބޮޑު ބަޔެއް ބޭރުވަނީ އީކޮމާސް ސައިޓުތަކަށް --- ފޮޓޯ: ބީއެމްއެލް

"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ ބޮޑު ބަޔެއް ބޭރުވަނީ އީކޮމާސް ސައިޓުތަކަށް --- ފޮޓޯ: ބީއެމްއެލް

ޑޮލަރު ލިބުމުގެ ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރިކޯޑު މިންވަރަކަށް އުފުލިފައި ވަނިކޮށް، ތިން ހަފުތާގެ މުއްދަތަކަށް ޓެލެގްރެފިކް ޓްރާސްފާ (ޓީޓީ) ތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލްއިން ރޭ ބުނީ އެ ނިންމުން ނިންމީ މަަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފުތާގެ މުއްތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރު ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފުތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބޭންކުން މި ވަނީ ނިންމައިފަ އެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

Advertisement

ނަމަވެސް ޑޮލަރު ސަޕޯޓު އިތުރުކުރަނީ ކިހާ ވަރަކަށް ކަން ބީއެމްއެލްއިން ހާމައެއް ނުކުރެ އެވެ. 

އެ ބޭންކުން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އެއީ މަހެއްގެ މައްޗަށް އެވަރެޖުކޮށް 27 މިލިއަން ޑޮލަރެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ މަހެއްގެ އެވަރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޓީޓީގެ އިތުރުން، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޑޮލަރު ތާށިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 ޕަސެންޓަށް އިތުރުކުރުމަށް އެމްއެމްއޭއިން ނިންމީ އިއްޔެ އެވެ. އެ ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން މި ފިޔަވަޅު އެޅީ ޑޮލަރު ތާށިކަން ބޮޑުވެ، ތާރީހުގައި ނުވެއްޓޭ ވަރަށް ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން ރަސްމީ ރޭޓު 15.42ރ. ގައި ހިފެހެއްޓިފައި ހުއްޓަސް، ކަޅު ބާޒާރުން ޑޮލަރު ލިބޭ ރޭޓު އުޅެނީ 22.25ރ. ގައި އެވެ.

އެމްއެމްއޭއިން ވަނީ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު އިތުރުކުރަން ބޭރު ފައިސާގެ ގާނޫނަށް ބަދަލުތަކެއް ވެސް ހުށަހަޅާފަ އެވެ.

އެ އިދާރާއިން އިއުލާންކުރި ބަދަލުތަކުގައި ހުށަހަޅަނީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އިހުތިޔާރު އުވާލާށެވެ. މި ބަދަލު ގެނައުމުން ހުރިހާ ރިސޯޓުތަކުން ވެސް ޖެހޭނީ ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox