ޑޮލަރުގެ ތާށިކަން ބޮޑުވެ ޑޮލަރު އެކައުންޓަށް މުސާރަ ޖަމާކުރަން ބީއެމްއެލްގެ ޕްރޮމޯޝަނެއް

ބީއެމްއެލްގެ ސީއީއޯ ޝަރީފް: ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް މުސާރަ ޖަމާކުރުމުން މުސާރަ ދެގުނަވާ ޕްރޮމޯޝަނެއް ވަނީ ފަށާފައި --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ ޝަރީފް: ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް މުސާރަ ޖަމާކުރުމުން މުސާރަ ދެގުނަވާ ޕްރޮމޯޝަނެއް ވަނީ ފަށާފައި --- ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޑޮލަރު އެކައުންޓަށް މުސާރަ ޖަމާކުރަން ބާރު އަޅައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮމޯޝަނެއް ފަށައިފި އެވެ. 

ބީއެމްއެލް އިން ބުނީ އޮގަސްޓް 1، ގައި ފަށާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހެއްގައި ޑޮލަރުން މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ކަސްޓަމަރަކަށް މުސާރަ ދެގުނަކޮށްދޭނެ ކަމަށެވެ. 

ބީއެމްއެލް އިން މި ޕްރޮމޯޝަން ފެށިއިރު ޑޮލަރުގެ އަގު މިވަގުތު ހުރީ 21.70 ގަ އެވެ. އޭގެއިތުރުން ޑޮލަރުގެ ތަށިކަން ބޮޑުވެ، ޑޮލަރު ގަންނަން ލިބޭ މިންވަރުވެސް ދަށްކަން ފާހަގަކުރެވެ އެވެ. 

Advertisement

ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުމުގެ ބޭނުމުގައި ބީއެމްއެލް އިން  "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށް، ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން މިދިޔަ ޖޫން 30، ގައި ހުޅުވާލި އެވެ. 

ބީއެމްއެލްގެ މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. މި ފައިސާ ބީއެމްއެލްއިން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރާށެވެ. މި މުއާމަލާތްތައް ފުރިހަމަކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ޖަމާކޮށްދެ އެވެ.

ބީއެމްއެލްއިން އިންވެސްޓުކުރާ ޑޮލަރުތަކަށް ދިވެހި ރުފިޔާއިން އަގު ދިނުމަށްފަހު، ފައިދާގެ ގޮތުގައި 25 ޕަސެެންޓު ދިނުމުން ޑޮލަރަކަށް ޖެހޭ އަގަކީ 19.30ރ. އެވެ. ނަމަވެސް ކަޅު ބާޒާރުގައި މިވަގުތު ޑޮލަރު ހުރީ 21.70 އަށްކަން ފާހަގަކުރެވެ އެވެ. 

ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި، ޑޮލަރުގެ އިސްރާފު ގިނަވުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ އިތުރުން ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.

މި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކުރި ނަމަވެސް، އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.

ޑޮލަރުގެ އަގު 15.42ރ. އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވާއިރު، މިފަހުން ސައީދު ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ. 

ޑޮލަރުގެ އަގު އުފުލެމުންދިޔަ ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ދަނީ އެކަން އޮޅުވާލަމުންނެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިފަހުން ވިދާޅުވީ މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ ކަމަށާއި، މިވަރަށް ޑޮލަރު ތިޔާގިވި ޒަމާނެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox