ބީއެމްއެލް ވީރަން-ކޯޕަރޭޓު ދުވުމުގައި ފިރިހެން 11 ޓީމް، އަންހެން 7 ޓީމް

Aug 6, 2026, 2:32 PM
ބީއެމްއެލް ވީރަން- ކޯޕަރޭޓަށް ބޮޑު ތަރުހީބެއް

ބީއެމްއެލް ވީރަން- ކޯޕަރޭޓަށް ބޮޑު ތަރުހީބެއް

ވިޔަފާރި ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ޓީމް ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ދުވުމުގައި ފިރިހެން 11 ޓީމާއި އަންހެން 7 ޓީމް ބައިވެރިވެއްޖެ އެވެ. 

މި ދުވުމަށް ހުޅުވާލި މަދު ދުވަސްކޮޅާ ބަލާފައި ލިބުނު ތަރުހީބު ރަނގަޅު ކަމަށް ވީރަންއިން ބުންޏެވެ. 

ކްރޮސްރޯޑްސް މޯލްޑިވްސްގައި މާދަމާ ބާއްވާ މި ދުވުމަކީ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ، އަދި ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު ދުވަންޖެހޭ (ޖުމްލަ 5 ކިލޯމީޓަރުގެ) ރިލޭ ރޭހެކެވެ.

Advertisement

ފިރިހެން ކެޓަގަރީގައި ބައިވެރިވި ޓީމު:

  1. ބޭންކް އޮފް މޯލްޑިވްސް
  2. މޯލްޑިވްސް އިސްލާމިކް ބޭންކް
  3. ރީޖަނަލް އެއާޕޯޓްސް
  4. އޭޑީކޭ ސައިނަޖީ
  5. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
  6. އެލީޓް ރަނާސް
  7. ރަނިންމޯޑް އެތުލެޓިކްސް
  8. ކްރޮސްރޯޑްސް (4 ޓީމް)

އަންހެން ކެޓަގަރީގައި ބައިވެރިވި  ޓީމު:

  1. މޯލްޑިވްސް އިސްލާމިކް ބޭންކް
  2. އޭޑީކޭ ސައިނަޖީ
  3. ރަނިންމޯޑް އެތުލެޓިކްސް
  4. ރީޖަނަލް އެއާޕޯޓްސް
  5. ކްރޮސްރޯޑްސް (3 ޓީމް)

ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ތިބެންޖެހޭނީ އެ ކުންފުންޏެއްގެ ފުލްޓައިމް މުވައްޒަފުންނެވެ.

އަންހެން އަދި ފިރިހެން ދެ ކެޓަގަރީންވެސް އެންމެ މޮޅު ތިން ޓީމަށް ފައިސާގެ އިނާމާއި ތަށި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުވުމުގެ އެއްވަނަ ޓީމަށް 20،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓީމަށް 15،000ރ. އަދި ތިންވަނަ ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރޭސް ފުރިހަމަކުރާ ކޮންމެ ދުވުންތެރިޔަކަށް ފިނިޝާ މެޑަލްއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތް ކުރިއަށް ދާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެވުނު ދެ އަހަރު ދުވަހުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުންނެވެ. މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއެކު ކޯޕަރޭޓް އިޖުތިމާއީ ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox