ސިޓީ ފަހު ވަގުތު މޮޅު، ލިވަޕޫލް އެއްވަރު

Aug 23, 2026, 10:56 PM
އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލާ އެއްވަރުކުރުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލާ އެއްވަރުކުރުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ފަހު ވަގުތު ފަހަތުން އަރައި 2-1 އިން ބޯންމައުތު އަތުން މޮޅުވިއިރު، އިތުރު ވަގުުތުގެ ތެރޭގައި ލަނޑު ޖަހައި، ލިވަޕޫލުން 2-2 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުކޮށްފި އެވެ. 

ޕެޕް ގާޑިއޯލާ 10 ވަރަކަށް އަހަރަށް ފަހު ސިޓީ ދޫކޮށްލުމުން އެ ޓީމާ ހަވާލުވި ކޯޗު އެންޒޯ މަރެސްކާއާ އެކު ސިޓީ ވަނީ ފުރަތަމަ މެޗުގައި ޗެރިޓީ ޝީލްޑްގައި އާސެނަލް އަތުން ބަލިވެފަ އެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސިޓީ އޮތީ 84 ވަނަ މިނިޓާ ހަމައަށް އެއް ގޯލު ފަހަތުގަ އެވެ. އެކަމަކު، ފަހު ވަގުތު ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލީ އެވެ. 

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން ވަނީ ލީޑުަނަގައިފަ އެެވެ. ސިޓީ އެކޭ އެއްގޮތަށް ބޯންމައުތުން ވެސް ލީގުގައި އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ފުރަތަމަ މެޗުގައި ކުޅުނުއިރު، މާކޯ ރޯސްގެ ކޯޗުކަމުގައި ބޯންމައުތަށް މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނެގީ މާކަސް ޓަވެނިއާ އެވެ. މިއީ، އެވަނިލްސަން ދިން ބޯޅައަކުން ޓަވެނިއާ ޖެހި ގޯލެކެވެ. 

މެޗުގެ 84 ވަނަ މިިނިޓްގައި ސިޓީން އެއްވަރުކުރީ ކޯނަރަކުން ރަޔާން ޗާކީ ހުރަސްކުރި ބޯޅަކުން، މާކް ގޭހީ ބޮލުން ޖެހި ގޯލުންނެވެ. ގޭހީ އެ ބޯޅަ ގޯލަށް ފޮނުވާލީ އޭރިއާތެރެއިން ހުސްކޮށްއަރަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ސިޓީ މޮޅުކޮށްދިން ލަނޑު ޖެހީ ޖޮސްކޯ ގްވާޑިއޯލް އެވެ. ޗާކީ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލައި ތިރިތިރިން ގޯލަށް ވައްދާލައިގެން، ގްވާޑިއޯލް މި ޖެހި ގޯލު ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލެއް ކަމަށެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ ގްވާޑިއޯލް އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ ގްވާޑިއޯލް އުފާފާޅުކުރަނީ.

ސިޓީ އާއި ބޯންމައުތެކޭ އެއްގޮތަށް ލީގުގަައި މިރޭ ނިއުކާސަލް އާއި ލިވަޕޫލް ކުޅުނު މެޗަކީ ވެސް ދެ ޓީމަށް ވެސް އާ ކޯޗަކާ އެކު ފުރަތަަމަ ރަސްމީ މެޗެވެ. ބޯންމައުތުގެ ކުރީގެ ކޯޗު އަންޑޯނީ އިރައޯލާ ލިވަޕޫލްގައި ހުރިއިރު، ނިއުކާސަލްގައި ހުރީ ސައުދީ ޕްރޯ ލީގުގެ އަލް އަހްލީގައި ކުރިން ހުރި ޖަރުމަނުގެ މަޓިއަސް ޖައިސްލާ އެވެ. 

ނިއުކާސަލް ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން އެ ޓީމުން ލީޑުނެގި އެެވެ. މިއީ، ވިލިއަން އޮސޫލާ ދިން ބޯޅައަކަށް އަރައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އެންތަނީ އެލަންގާ ޖެހި ގޯލެކެވެ. މިއީ، ޕްރިމިއާ ލީގުގައި އެލަންގާ، ނިއުކާސަލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ލަނޑާ އެކު، ލީޑުގައި އޮވެގެން ނިއުކާސަލް އިން ފުރަތަަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ލިވަޕޫލުން އެއްވަރުކުރި އެވެ. މިއީ، އޭރިއާބޭރުން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ކޯޑީ ގަކްޕޯ ޖެހި ގޯލެކެވެ. 

ލިވަޕޫލުން އެއްވަރުކުރިތާ ދޮޅުމިނިޓެއްހާއިރު ތެރޭ ނިއުކާސަލް އިން އަނެއްކާ ވެސް ލީޑުނެގި އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި ޖޯ ވިލޮކް ޖެހި ގޯލެކެވެ. މި ލަނޑަކީ ވެސް ނިއުކާސަލް އިން ކައުންޓަ އެޓޭކުގައި ޖެހި ގޯލެކެވެ. ނިއުކާސަލް އަށް ލީޑުފުޅާކޮށްދޭން ޖޮއާން ވިއްސާ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. 

ދިހަ އަހަރު ތެރޭ ލީގުގައި ނިއުކާސަލުން ލިވަޕޫލް ބަލިކުރުމާ ގާތުގައި ވަނިކޮށް ހުރިހާ ކަމެއް ބަދަލުވީ އިތުރު ވަގުތުގެ ވެސް ފަހު ވަގުތުގަ އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި، ލިވަޕޫލްގެ ޑެނިއަލް މުނޯޒަށް ނިއުކާސަލްގެ ލެވިސް ހޯލް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއި ވަނީ ކާމިޔާބުކޮށްފަ އެވެ. 

ލީގުގައި މިރޭ އެސްޓަން ވިލާ އަތުން ބްރައިޓަން ވަނީ 4-0 އިން މޮޅުވެފަ އެވެ. މެޗުގެ ބޮޑުބައިގައި ވިލާ އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ބްރައިޓަން އިން ހަތަރު ގޯލު ޖެހި ފަހުން، ވިލާގެ ޖޮއާއޯ ގޯމޭސަށް ދެއްކި ރަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox