އަށް އަހަރަށް ފަހު ޕްރިމިއާ ލީގަށް އައި ހަލް އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

Aug 22, 2026, 6:24 PM
އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

ހަލް، އިންގްލެންޑް (އޮގަސްޓް 22) - އަށް އަހަރަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރި އައި ހަލް ސިޓީން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ. 

މިއީ، ހަލްގެ ތާރީހުގައި ވެސް އެ ޓީމުން އިނގިރޭސި ފުރަތަމަ ޑިވިޝަން ނޫނީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް އަތުން މޮޅުވި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން މި ދެ ޓީމު ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ޔުނައިޓެޑް މޮޅުވިއިރު، ދެ މެޗު ވީ އެއްވަރެވެ. ހަލް އިން ވަނީ 2017 ވަަނަ އަހަރު ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ޔުނައިޓެޑް ބަލިކޮށްފަ އެެވެ. އެކަމަކު، ދެ ލެގަށް ބަލާއިރު، އެގްރިގޭޓުން ކުރި ލިބުނީ ޔުނައިޓެޑަށެވެ. 

ހަލް އިން ޕްރިމިއާ ލީގަށް މި އައީ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. އެ ޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2016/17 ވަނަ އަހަރު އެވެ. މި ފަހަރުގެ ޕްރިމިއާ ލީގަށް ހަލް ޕްރޮމޯޓްވީ ފުޓްބޯޅައިގެ އެންމެ އަގުބޮޑު މެޗުން މޮޅުވެގެންނެވެ. އެއީ، އިނގިރޭސި ޕްލޭއޮފް ފައިނަލް އެވެ. ޕްލޭއޮފް ބުރުގައި ކުޅެނީ ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ އިން ފެށިގެން ހަ ވަނައާ ދެމެދުގައި ނިންމާ ހަތަރު ޓީމެވެ. އެ ގޮތުން، ހަލް އަކީ 2010ގެ ކާޑިފް ސިޓީ އަށް ފަހު، ލީގުގެ ހަ ވަނަ ހޯދުމަށް ފަހު، ޕްލޭއޮފް ފައިނަލުން މޮޅުވި ފުރަތަމަ ޓީމެވެ.

Advertisement

ހަލްގެ އެމްކޭއެމް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، ހަލް އިން ލީޑުނެގީ 17 ވަނަ މިނިޓްގައި ސެމީ އަޖާޔީ ޖެހި ގޯލުންނެވެ. މިއީ، ކޯނަރަކުން ހުރަސްވި ބޯޅައަކުން ހަލްގެ ފޯވާޑް، އޮލީ މެކްބާނީ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފައި ބޭރަށް ނުކުތް ވަގުުތު އަޖާޔީ ޖެހި ގޯލެކެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.
އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

ލީޑުލިބުމާ އެކު އިތުބާރު ހޯދައިގެން ކުޅެން ފެށި، ހަލް އިން ވަނީ 38 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ހިލޭ ޖެހުމަކުން، ރޭގަން ސްލޭޓާ ނެގި ހުރަހަކުން ނޯބެލް މެންޑީ ބޮލުން ޖެހި ގޯލެކެވެ. 

ޔުނައިޓެޑުން ދެ ވަނަ ހާފަށް ނުކުތީ ޕެޓްރިކް ޑޯގޫގެ ބަދަލުގައި މާކަސް ރެޝްފޯޑް ކުޅެން އަރުވައިގެންނެވެ. ފުރަތަމަ ހާފުގަައި ޔުނައިޓެޑަށް ލަނޑު ޖަހައިދޭން ޑޯގޫ އަށް ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ޔުނައިޓެޑްގެ ހެރީ މެގުއާ ނެގި ހުރަހަކަށް އޭރިއާތެރެއިން އަރައި. ޑޯގޫ ފޮނުވާލަން އުޅުނު ބޯޅަ ރަަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. 

ރެޝްފޯޑް ކުޅެން އަރައި ޔުނައިޓެޑުން އެޓޭކަށް ދާ ބޯޅަތައް އަވަސްކޮށްގެން ކުޅެ، ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އޭގެ ތެރެއިން އެއް ބޯޅަ، ހަލްގެ ކީޕަރު، ކޮންސްޓަންޓީނޯސް ޒޮލާކިސް ވަނީ މަތަކޮށްފަ އެވެ. ހަލްގެ ޑިފެންސް ފަހަތުން ޔުނައިޓެޑްގެ ބްރަޔަން އެމްބެއުމޯ އަށް ހުސް ފުރުސަތެއް ލިިބިގެން ގޯލަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ވެސް ހުއްޓުވީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކީޕަރު ޒޮލާކިސް އެވެ. 

ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން ވަނީ 3-0 އިން ކަވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. ފަންސަވީސް އަހަރަށް ފަހު ޕްރިމިއާ ލީގަށް އެނބުރި އައި، ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ކަވެންޓްރީ އަކީ މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox